އެޕަލް އައިފޯން 8 ގެ ލަފާކުރެވޭ ޑިޒައިންތަކެއް: މިފަހަރު ފޯނުގައި ތަފާތު ފީޗާތަކެއް ހުންނާނެ ކަމަށް ވަނީ ބެލެވިފައި.
15 އޯގަސްޓް 2017 - 06:09
އެޕަލް 8 ގެ ބައެއް ކޯޑުތައް ލީކުވެފައި ވާއިރު ވަރަށް ޝައުގުވެރި ބައެއް ކަންކަން އަންނަނީ ހާމަވަމުންނެވެ. މި ފޯނުގައި ސްމާޓް ކެމެރާއެއް އިންނާނެ ކަމަށް ވެސް، ލީކުވެފައިވާ ކޯޑުތަކުން ވަނީ އެނގިފަ އެވެ.
ޑިވެލޮޕަރުންނާއި ޕްރޮގްރާމަރުން ކޯޑުތައް ހާވައި އޭގެ ހަގީގަތް ބަލަމުން އަންނައިރު މިހާރު ވަނީ، ފޯނާ ދިމާލަށް ބަލަން އިންނަ ވަގުތު ފޯނު ރިންގު ނުވާނެ ގޮތެއް ހެދުމަށް ލިޔެފައިވާ ކޯޑެއް ފާހަގަވެފަ އެވެ. މީގެ މާނަ އަކީ ފޯނުގެ ރިންގު އޮންކޮށްފައި އޮތް ކަމުގައި ވިޔަސް ފޯނާ ދިމާލަށް ބަލަން އިނިއްޔާ ރިންގު ނުވުމެވެ.
ސެމްސަންގުން އެޕަލްގެ އުފެއްދުންތައް ކޮޕީކުރާ ކަމަށް މަޝްހޫރުވެފައި ވިޔަސް، މިފަހަރު އަޑު އަރާފައި ވަނީ ސެމްސަންގު ފޯނުތަކުގައި މިހާރު ހިމަނަމުން އަންނަ ފަދަ ފޭޝަލް ރިކޮގްނިޝަން ފީޗާތައް އައިފޯނުގައި ހިމަނާނެ ކަމަށެވެ. އެކަމަކު މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން އެޕަލް އިން ވާހަކައެއް ނުދައްކަ އެވެ. މީގެ ކުރިން ވެސް އެޕަލް އިން އެ މީހުންގެ އުފެއްދުންތައް ތައާރަފްކުރުމުގެ ކުރިން އެ އެއްޗިއްސާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އެޕަލް އަށް މި އަހަރު 10 އަހަރު ފުރޭއިރު މިފަހަރު ނެރޭ ފޯނު ވަރަށް ހާއްސަވާނެ ކަމަށް އެޕަލްގެ ސަޕޯޓަރުން އުންމީދުކުރެ އެވެ.
ހާއްސަވާނެ ކަމަށް ބެލެވޭ މި ފޯނު ނެރޭނެ ދުވަހެއް ވެސް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އެޕަލް އިން އައިފޯނު ނެރުން އާންމުކޮށް އޮންނަނީ ސެޕްޓެމްބަރު މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައިވެރިބެ
15 August 2017
ބަލަހައްޓައިގެން ހުއްޓާ ޑިސްޕްލޭ ނުނިވޭ ޓެކްނޮލޮޖީ ގާއިމްކުރީމާ އޭގެ ފަހުން އެއާގުޅޭ އެކި ކަންކަން ތާރަފްކުރިއަކަސް އެއީކީ ޓެކްނޮލޮޖީގެ މާ ބޮޑު ފިޔަވަޅެއް ހުރަސްކުރެވުނީ ކަމަކަށް ނުބެލެވޭ.
ޅަބީ
15 August 2017
ޢެޕަލް އަކަށް ނޫން 10 އަހަރު ފުރެނީ!!!!!!! ޢައިފޯނަށް!!