ގޫގުލް އެސިސްޓޭންޓް: ގޫގުލް އިން ގޫގުލް އެސިސްޓޭންޓް ހެޑްފޯނެއް އުފައްދާ ކަމަށް ރިޕޯޓްތައް ބުނޭ
23 އޯގަސްޓް 2017 - 06:30
ހެޑްފޯންތައް ވާހަކަދައްކާ ހިސާބަށް އައީ އެވެ. މި ކަހަލަ ވާހަކައެއް އަޑުއެހިން ހެއްޔެވެ؟ ގޫގުލް އިން އުފައްދަން މަސައްކަތްކުރާ ހެޑްފޯނަކީ ސުވާލަށް ޖަވާބުދޭ އާލާތެއް ކަމަށް ބުނާތީ އިވިއްޖެ އެވެ.
އެ ބުނާ ހެޑްފޯނެއް މަސައްކަތްކުރާނެ ކަމަށް ބެލެވެނީ މި ކަހަލަ ގޮތަކަށެވެ. އޭގެ މައިގަނޑު އިންޖީނަކީ ގޫގުލް އެސިސްޓެންޓެވެ. އެއީ އެޕަލް ސިރީ ކަލަ ސޮފްޓްވެއާ މޮޑިއުލް އެކެވެ.
އައިފޯން ބޭނުންކުރާ މީހުންނަށް ސިރީ މަތިން ހަނދާން ނައްތާލަން ދަތިވާނެ އެވެ. އެއީ ނުހަނު ބޭނުންތެރި އާލާތެކެވެ.
އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންނަށް ގޫގުލް އެސިސްޓޭންޓް ވެސް އެހީތެރިވެ ދެ އެވެ. ގޫގުލްގެ ހެޑްފޯން ބާޒާރަށް ނެރޭނެ ކަމަށް ބުނަނީ ގޫގުލް އެސިސްޓޭންޓް އަޅައިގެންނެވެ. އެ ހެޑްފޯނެއް އެއިރު އިންނާނީ، ވައިފައި ނުވަތަ ބްލޫޓޫތު ފަދަ މާނައަކުން އިންޓަނެޓާ ގުޅިފަ އެވެ. އެ ގޮތުގައި ހެޑްފޯން އަޅައިގެން ހުރެ ދައްކާ ވާހަތައް އަޑުއަހައި، އެކަށީގެންވާ ޖަވާބު ދޭނެ ކަމަށް އުންމީދުކުރެވެ އެވެ.
މި ބުނި ފަސޭހަ އަށް ވުރެ ބޮޑު ލުުޔެއް ވެސް ހެޑްފޯނުގައި ގާއިމުކުރާނެ ކަމަށް ވެ އެވެ. އެއީ ފޯން ކޯލް ނުވަތަ މެސެޖް އަދި އިވެންޓްތައް އަންގައިދޭ ނޮޓިފިކޭޝަންތައް ކިޔައިދިނުމެވެ. މިސާލަކަށް އިންޓަނެޓާ ގުޅުން ކެނޑިއްޖެ ނަމަ "ތިޔަ ހެޑްފޯނަށް މި ވަގުތު ޚިދުމަތްދެވޭކަށް ނެތް" އަދި "ހެޑްފޯން ނިއްވާލާފައި އަލުން އޮންކޮށްލައްވާ" ފަދަ މެސެޖް ނޮޓިފިކޭޝަންތައް ހިމެނެ އެވެ.
ގޫގުލް އިން މި ހެޑްފޯން މާކެޓަށް ނެރޭ ދުވަހެއް އަދި ނޭނގެ އެވެ. އެހެން ނަމަވެސް މިއީ ވަރަށް ސީރިައަސްކޮށް ގޫގުލް އިން ކުރާ މަސައްކަތެއް ކަމަށް ބުނެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy