މިއީ އެޕަލްގެ އާ ފޯނުގެ ފޮށިގަނޑު ކަމަށް ބައެއް މީހުން ބުނޭ
10 ސެޕްޓެމްބަރ 2017 - 06:28
އެޕަލްގެ އާ ފޯނު ދައްކާލުމުގެ ހަފުލާ މާދަމާ ނޫން އަނެއް ދުވަހު އޮންނާނެ އެވެ. މި ހަފުލާގައި ނެރޭ އާ ފޯނަށް ދީފައިވާ ނަމަކީ "އައިފޯން 8" ކަމަށް އާންމުން ނިންމައިގެން ތިބި ނަމަވެސް އެޕަލްގެ ޑިވެލޮޕަރަކު ބުނަނީ ނަން "ބަދަލުވެއްޖެ" ކަމަށެވެ.
އެޕަލްގެ އޮޕަރޭޓިން ސިސްޓަމް، އައިއޯއެސް ހާވަމުން ދިޔަ ޑިވެލޮޕަރަކު ބުނަނީ ޓެސްޓް މަރުހަލާއަށް ދޫކޮށްލާފައި އޮތް އައިއޯއެސް 11 ގެ ސޮފްޓްވެއާ ތެރެއިން "އައިފޯން އެކްސް" އެއް ފެނިއްޖެ ކަމަށެވެ. އެހެންވެ މިއީ އަލަށް ނެރޭ ފޯނަށް ދޭނެ ނަން ކަމަށް މިހާރު ވަނީ ވަރަށް ބޮޑަށް ގަބޫލުކުރެވިފަ އެވެ.
މިގޮތަށް ގަބޫލުކުރަން ފަސޭހަވާ އެންމެ ބޮޑު ސަބަބަކީ މިއީ އައިފޯންގެ 10 ވަނަ އަހަރީ ދުވަހަށް ވެފައި މިފަހަރުގެ ފޯނު އެ މުނާސަބަތާ ގުޅިގެން ހާއްސަވާނެ ކަމަށް ވެސް ބެލެވިފައި ވުމެވެ. "އެކްސް" އަކީ ރޯމަން ނިއުމެރަލްސްގައި "10" ކަމަށް ވާތީ އައިފޯން 10 އޭ ވެސް ކިޔަންވީ އެވެ.
iPhone 8
— Steve T-S (@stroughtonsmith) September 9, 2017
iPhone 8 Plus
iPhone X pic.twitter.com/OVLfhLxTdT
އައިފޯނުގެ ނަމަކީ "އައިފޯން އެކްސް" ކަމަށް ބުނަން ފެށީ މި ޓްވީޓާ އެކު
މީގެ އިތުރުން ފޯނުގެ ފޮށިގަނޑުގައި ވެސް "އައިފޯން އެކްސް" ޖަހާފައިވާ ކަމަށް ބުނެ އޭގެ ފޮޓޯއެއް ވަނީ އާންމުވެފަ އެވެ. މިއީ ހޮލެންޑުގެ ޓެލެކޮމް ކުންފުންޏެއް ކަމަށްވާ ކޭޕީއެން އިން "ލެޓްސްގޯޑިޖިޓަލް" އަށް އޮޅުމަކުން ފޮނުވުނު ފޮޓޯއެއް ކަމަށްވެ އެވެ. އަދި ބާޒާރަށް އަލަށް ނެރޭ ފޯނުތަކުގެ މައުލޫމާތު އެންމެ ކުރިން ހާމަކުރުމުގައި މަޝްހޫރުކަން ހޯދާފައިވާ ބްލޮގާ އީވާން ބްލާސް ވެސް ބުނަނީ ދެން އަންނަން އޮތީ އައިފޯން އެކްސް ކަމަށް ބުނާތީ އޭނާ ވެސް އަހާފައިވާ ކަމަށެވެ.
ފޯނުގެ ނަމަކަށް ވުރެ މިފަހަރު ބޮޑުވެފައި ވަނީ ފޯނުގެ އަގެވެ. މިއީ ވަރުގަދަ ސްޕެސިފިކޭޝަންތަކަކާ އެކު ހަދާ ފޯނަކަށް ވާތީ ފޯނެއްގެ އަގު 1000 ޑޮލަރަށް ވުރެ ކުޑަ ނުވާނެ ކަމަށް، ދިރާސާކުރާ މީހުން ވަނީ ބުނެފަ އެވެ. އެންމެ ބޮޑަށް ލަފާކޮށްފައި ވަނީ 1200 ޑޮލަރަށް އަގު އަރާނެ ކަމަށެވެ. އެކަމަކު ހިޔާލު ހޯދުންތަކުން ދައްކަނީ މި އަގު ބޮޑު ކަމަށް ކަސްޓަމަރުން ގަބޫލުކުރި ކަމުގައި ވިޔަސް ޑިމާންޑް ކުރިއަށް ވުރެ ވެސް ބޮޑުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޕަލް
11 September 2017
ކަލޯ ނަން ނުޖަހަން ވެގެން އެކްސް ޖަހާފަ އެއޮތީ. ތަންދޮރުނެގި ވާހަކަ ދައްކާތީ ދެރައީ.
ސަތޭކަ
11 September 2017
12 އައްވެއްޖިއްޔާ މަ ނަގާނަން.
ފިޖެޓް ކޭކް
11 September 2017
ސަޅި!!
އާމިނަ
11 September 2017
ތިންވައްތަރުވެސް ނެރެނީމަކަށް ވެދާނެ އެއްނު،
އެކަމަކުވާ
10 September 2017
އައިފޯން 8، އައިފޯން 8 ޕަލަސް އަދި އައިފޯން އެކްސް އެއިނީ ޓްވީޓްގައި. ސަޕްރައިޒް އަކީ އައިފޯން އެކްސް. އެކަމަކު އައިފޯން 8 އަދި 8 ޕްލަސް ނުނެރެ އައިފޯން އެކްސް އެއް ނެރޭ ވާހަކައެއް ނެތް!!!!