ޗޯކް އެޕްލިކޭޝަން ބޭނުންކުރަނީ
11 އޮކްޓޯބަރ 2017 - 08:35
ކޮމްޕިއުޓަރެއް ނުވަތަ ޓީވީއެއް ފަދަ އެއްޗަކަށް މައްސަލައެއް ދިމާވެގެން އެކަން ހައްލުކުރާނެ ގޮތް ފޯނުން ކިޔައިދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެ މައްސަލަ ހައްލުކުރާނެ ގޮތް އެނގޭ މީހަކަށް ވެސް، މައްސަލަ ޖެހުނު އެއްޗެއްގެ ކުރިމަތީގައި ހުރެގެން ނޫނީ ކިޔައިދޭން އުނދަގޫވެދާނެ އެވެ. މިއީ އެކަމަށް ހައްލު ހޯދައިދޭނެ އެޕްލިކޭޝަނެކެވެ. މިއީ "ޗޯކް" އެވެ. ވީޑިއޯ ދައްކާފައި އެ ވީޑިއޯއިން ފެންނަ އެއްޗެހި ފާހަގަކޮށް ޗޯކުން ބޮޅު އަޅައި ކުރަހައިލެވޭނެ އެވެ.
އެކަމަކު މިއީ ހަމައެކަނި ގޭތެރޭގެ ބޭނުންތަކާ ހިސާބުން ނިމޭނެ އެޕެއް ނޫނެވެ. ވޫފޯރިއާ އިން ހެދި މި އޯގްމެންޓެޑް ރިއާލިޓީ (އޭއާރް) އެޕަކީ ކިޔަވައިދިނުމާއި ޓެލެ މެޑިސިން ފަދަ ކަންކަމުގައި ވެސް ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެ އެވެ. "ޗޯކް" ހާއްސަކޮށްފައި ވަނީ ހަމަ އެކަނި އަޑުން ނުވަތަ ލިޔެގެން ބުނެދިނުމުގެ ބަދަލުގައި ވަގުތުން ފެންނަ މަންޒަރުން ތަންތަން ފާހަގަކޮށް، އެކި އިރުޝާދުތައް ދިނުމަށެވެ.
އެޕްގެ ފީޗާތައް ވެސް، ލިޔުމުން ކިޔައިނުދީ ވީޑިއޯ އިން ބަލައިލަން ހިނގާށެވެ.
އައިއޯއެސް 11 ގައި ހިލޭ ބޭނުންކުރެވޭ މި އެޕް ހެދި ކުންފުނިން ބުނީ މިއީ އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ވަރަށް ރަނގަޅު އުފެއްދުމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy