20 ނޮވެމްބަރ 2017 - 06:48
ކުޑަކުދިންނަށް ޚާއްސަކޮށް ޖަރުމަނުގައި ސްމާޓްވޮޗް ވިއްކުން މަނާކޮށްފި އެވެ. ޗާލު ކުލަތަކުން ކިތަންމެ ޖަރީކޮށްފައި ހުރި ނަމަވެސް، ރަސްމީ އިދާރާތަކުން ދެކޭ ގޮތުގައި، ސްމާޓްވޮޗަކީ ކުޑަކުދިން ބޭނުންކުރަން ރައްކާތެރި އާލާތެއް ނޫނެވެ.
ދަރިފުޅު އަތުގައި ނަލަ ބޭންޑެއް ކަހަލަ ސްމާޓްވޮޗެއް އަޅުވާފައި ދޫކޮށްލުމުން، ބެލެނިވެރިން ދެކޭ ގޮތުގައި، އެ ކުދިން އެ ތިބީ ސަލާމަތުންނެވެ. އެ ކުދިން އުޅޭ ސަރަހައްދު، ޖީޕީއެސް ޓްރެކިން މެދުވެރިކޮށް ބެލެނިވެރިންނަށް ދެނެގަނެވެ އެވެ. އެ ކަމަށް ޚާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް، ކުއްޖާ އުޅޭ މާހައުލެއް އަޑުއެހެ އެވެ. އެއީ ޕާކެއް ނުވަތަ ސްކޫލް، ކްލާހެއް ނަމަވެސް، އެ ތަނެއްގައި ދައްކާ ވާހަކަތައް، އެހެން މީހަކަށް އެނގުމަކާ ނުލައި، އަޑުއެހެ އެވެ. މުދައްރިސް ދައްކާ ވާހަކަތައް ވެސް އަޑުއެހެ އެވެ.
ފެޑެރަލް ނެޓްވޯކް އޭޖެންސީ، ޖަރުމަނުގެ މުވާސަލާތީ ތަންފީޒީ އިދާރާއިން ދެކޭ ގޮތުގައި، ބެލެނިވެރިންގެ ނިޔަތަކީ ކުދިން ހިމާޔަތްކުރުން ނަމަވެސް، ގުޅުމެއް ނެތް ބަޔަކު ދައްކާ ވާހަކަތައް އަޑުއެހުމަކީ ޖާސޫސްކުރުމެވެ. އެއީ ނޫން ނަމަ ފަރުދީ ހައްގުން ބަޔަކު މަހުރޫމުކުރުމެވެ.
ބެލެނިވެރިންނަށް މި ހިސާބުން އިޚުތިޔާރުތަކެއް ނެތެވެ. ކުދިންގެ އަތުގައި ސްމާޓްވޮޗް އަޅުވައިފި ނަމަ އެ ކުރެވުނީ ކުށެކެވެ. އެހެންކަމުން އޮތް ހަމައެކަނި އިޚުތިޔާރަކީ ސްމާޓްގަޑިތައް ބޭނުންނުކުރުމެވެ. އެދެވިގެން ވަނީ ހަލާކުކޮށްލުމެވެ.
ކުޑަކުދިންގެ އަތުގައި ސްމާޓް ގަޑި އެޅުވުމަކީ، ޖަރުމަން ނޫން ގައުމުތަކުން ވެސް ކަންބޮޑުވާ ކަމެއްކަން މީޑިއާ ރިޕޯޓްތަކުން އެނގެ އެވެ. ނަމަވެސް ފަރުދީ ހައްގުތަށް ހިމާޔަތްކުރުމުގައި ޖަރުމަނު ފާހަގަކުރެވެނީ ހަރުކަށި ގައުމެއްގެ ގޮތުގަ އެވެ.
އިންޓަނެޓަށް ބަރޯސާކުރާ ސްމާޓް އާލާތްތައް ގިނަވަމުން އަންނަ ޒަމާނެއްގައި، އެ ޑިވައިސްތަކުގެ ސަބަބުން ފަރުދުންނަށް ލިބިދާނެ ގެއްލުތައް ބޮޑު މައްސަލައަކަށް ވާނެ އެވެ. އެއީ ހެޔޮ ވިޔަފާރިއަކަށް ހެދުމަށްޓަކައި ޓެކްނޮލޮޖީ ކުންފުނިތަކުން ހޮޔޮ ފިކުރުތަކެއް ކުރަންޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވީ
20 November 2017
ޢިގިރޭސި އާޓިކަލްގައޮތީ އަޑާއި ވީޑިއޯ ރެކޯޑު ކުރެވޭ ގަޑި މަނާކުރި ވާހަކަ - ހުރިހާ ސުމާޓު ވޮޗް އެއްނޫން.
އަހުމަދުބެ
20 November 2017
ޓްރާންސް ޕޭރަންޓް ވީމަ ގޯސްވީއެވެ. އޭރުން ދެފަރާތް ހާމަ ވަނީއެވެ.
ވާލުސޮރު
20 November 2017
ސިއްހީ ގޮތުންބަލާއިރު އިލެކްޓްރޯނިކް ގިނަ އެއްޗެއްސަކީ އިންސާނާގެ ސިއްހަތަށް އިންތިހާއަށް ގެއްލުންދޭ ތަކެއްޗެވެ. މިފަދަ އެއްޗެތީގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިހުސާސް ކުރެވޭނީ އެތަކެއްޗާނުލާ ދުވަސްތަކެއް ހޭދަކުރުމަށްފަހު އަންނަ ހެޔޮ ބަދަލުތައް އަމިއްލައަށް އިހުސާސް ކުރަން އެނގިގެންނެވެ. ނަމަވެސް ޒަމާނީ ތަރައްގީއާއުކު އެފަދަ ވަސީލަތަކާނުލާ ދިރިއުޅުމަކީ ވަރަށް ހިއްވަރުހުރި މީހަކަށްނޫނީ މިހާރު ނުކުރެވޭނެ ކަމެކެވެ. ކިޔަވާކުދިންނަށް މިފަދަ އެއްޗެތި ކޮންޓްރޯލްކޮށްގެން ދިނުމުން އޭގެ ނަތީޖާ ހީނުކުރާހާ ރަނގަޅެވެ. މިސާލަކަށް ހިސާބު ކިޔަވާއިރު ކަލްކިއުލޭޓަރ، ފޯން ފަދަ ތަކެތި ވީވަރަކުން ބޭނުން ނުކުރުމަށް ބާރު އެޅުމުން ކުދިންގެ ސިކުނޑި ތަރައްގީވާކަން ކިޔެވުމުގެ އަހަރީ ރިޕޯޓްތަކުގައިލިބޭ އާދަޔާ ޚިލާފް ރަނގަޅު ނަތީޖާއިން ހާމަވެ ތަޖުރިބާކުރެވޭތާ ކިތަންމެ އަހަރެކެވެ.