އެޕަލްގެ އެއާޕަވާ ވަޔަލެސް ޗާޖަރު އަދި ވެސް ލަސްވެދާނެ ކަމަށް ރިޕޯޓްތައް ބުނޭ
23 ޖޫން 2018 - 07:59
އެޕަލް އިން "އެއާޕަވާ" ވަޔަލެސް ޗާޖަރެއް ނެރޭނެ ކަމަށް ބުނި ފަހުން ނުވަ މަސް ވެއްޖެ އެވެ. އަދިވެސް އޮތީ ނެރުމުގެ މަރުހަލާގަ އެވެ. ދުނިޔޭގެ އަލީގައި ޖެހޭނެ ދުވަހެއް އެކަކަށް ވެސް ނޭނގެ އެވެ. އެނގޭހާ ވެސް އެއްޗަކީ، އަދިވެސް ލަސްވެދާނެ ކަމެވެ.
ބްލޫމްބާގް ބުނާ ގޮތުގައި، އެޕަލް އުޅެނީ އެއާޕަވާ ވަޔަލެސް ޗާޖަރު ނުއުފެއްދިގެންނެވެ. ސަބަބެއް ކަމަށް ބްލޫމްބާގް ބުނަނީ، ވަޔަލެސް ޗާޖަރެއްގައި ހުރުމަށް އެޕަލް އެދޭ ފީޗާތައް ގާއިމުކުރުމަށް ހުރި އުނދަގޫތައް ކަޑައްތުކުރަން އެޕަލް އަށް އުނދަގޫވުމެވެ.
އެއާޕަވާ ވަޔަލެސް ޗާޖަރަކީ، އާންމުކޮށް ވަޔަލެސް ޗާޖަރުގެ ގޮތުގައި ބޭނުންކުރާ "ޗާޖިން ޕެޑް"ތަކަށް ވުރެ ހައިބަތު ބޮޑު ޑިވައިސްއެކެވެ. އެޕަލްގެ އެއާޕަވާ ވަޔަލެސް "މެޓް" އަކީ އެއްފަހަރާ ދެތިން ޑިވައިސް ޗާޖްކުރެވޭ އާލާތަކަށް ހަދަން އެޕަލް ބޭނުންވެ އެވެ. އަދި އެ ޗާޖަރުގެ ސަބަބުން ޑިވައިސްތައް މާ ބޮޑަށް ހޫނުވެ، ގެއްލުމެއް ވެދާނެ އެއްވެސް ކަމެއް ހުރުމަށް އެޕަލް ނޭދެ އެވެ.
މާކެޓްގައި މި ވަގުތު އާންމުކޮށް ލިބެން ހުރި ވަޔަލެސް ޗާޖަރުތަކުގައި، ހުރިހާ ޗާޖަރަކަށް ދާދި އެއްގޮތް ކަމަކީ، ވަޔަލެސް ޗާޖަރުގެ ވަކި ތަނެއްގައި ނުވަތަ ވަކި ހިސާބެއްގައި ޗާޖުކުރުމަށް ފޯނު ބާއްވަން ޖެހުމެވެ. މިއީ ވެސް އެޕަލް އަށް ކަމުދާ ގޮތެއް ނޫނެވެ. އެޕަލް ބޭނުން ވަނީ "އެއާޕަވާ ޗާޖިން މެޓް"ގެ ކޮންމެ ތަނެއްގައި ބޭއްވި ނަމަވެސް، ވަކި ފަރަގެއް ނެތި ޑިވައިސްތައް ޗާޖުކުރެވުމެވެ.
ބްލޫމްބާގް ބުނާ ގޮތުގައި، އެއާޕަވާ ވަޔަލެސް ޗާޖަރަށް ޚާއްސަ ޗިޕެއް ވެސް އެޕަލް އިން ޗާޖަރުގައި ވަޅުލަ އެވެ. ޗިޕްގައި ހިމެނޭ ކަމަށް ބުނެވެނީ އައިއޯއެސްގެ އަސާސީ "ލައިބްރަރީ"ތަކަށް ބޭނުންވާ މައުލޫމާތެވެ. އެ ކަމުގައި ގިނަ ބޭނުންތަކެއް ހުރި ނަމަވެސް، އެއާޕަވާ ވަޔަލެސް ޗާޖަރު މަތީގައި ބާއްވާ ޑިވައިސް ދެނެގަތުމަކީ ވެސް އެޕަލް އިން ކުރަން އެދޭ ކަމެވެ. އެ ގޮތުގައި، އެޕަލްގެ ޑިވައިސްއެއް ނޫން ނަމަ ޗާޖުނުކުރެވުން ވެސް ހިމެނެ އެވެ. އެޕަލް އިން އައިފޯން ގޮވައިގެން ދާން އެ އުޅެނީ ސްވިޗް ނެތް ޒަމާނަކަށެވެ. މާނަ އަކީ އައިފޯން އަދި އައިޕެޑްގައި ވެސް، އުފުލިފައި ހުންނަ ޒާތުގެ އެއްވެސް ސްވިޗެއް ނެތުމެވެ. އެކަތިގަނޑެއް ގޮތުގައި ޑިވައިސްތައް ޑިޒައިންކުރުމަށް އެޕަލް ވަނީ ވަރަށް ކުރިއްސުރެ އަމާޒުހިފާފަ އެވެ. އެހެންކަމުން، އެޕަލް އިން ވަޔަލެސް ޗާޖަރު އުފައްދަނީ ޖީލުތަކެއް ކުރި އަށް ވިސްނާފަ އެވެ. އެއާޕަވާ ވަޔަލެސް ޗާޖަރު ލަސްވާ ސަބަބަކީ މި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހަށްދޭދޭ
23 June 2018
އާފަލޭ މެންނަށް ނުވާނެއޭ އާފަލޭ މެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...