03 ޑިސެމްބަރ 2018 - 06:55
މައިކްރޮސޮފްޓް ވިންޑޯޒް އަށް ވުރެ ވެސް، މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތައް ބޭނުންކުރާ މީހުން ގިނަ އެވެ. ވިންޑޯޒް ކޮމްޕިއުޓަރުތަކުގައި އަދި އެޕަލް މެކްތަކުގައި ވެސް، އޮފީސް އެޕްލިކޭޝަންތައް ބޭނުންކުރެ އެވެ. އައިފޯން، އައިޕެޑް އަދި އެންޑްރޮއިޑް ޑިވައިސްތަކުގައި ވެސް އޮމާންކަމާ އެކު އޮފީސް ހިނގަ އެވެ. އޮފީސް އެޕްލިކޭޝަންތައް މައިކަރޮސޮފްޓަށް މުހިންމުވާ ސަބަބަކީ މި އެވެ.
އޮފީސް އެޕްލިކޭޝަންތަކަށް އާ އައިކަންތަކެއް ތައާރުފުކުރަނީ އެވެ. އެއިން އެއްވެސް އެޕްލިކޭޝަނެއްގެ ސަޚުސިއްޔަތު ނުގެއްލޭ ގޮތަށް އައިކަންތަކަށް ގެނެސްފައި ހުރި ބަދަލުތައް މިހާރު ވަނީ އިންޓަނެޓަށް ދޫކޮށްލާފަ އެވެ. މައިކްރޮސޮފްޓުން ބުނާ ގޮތުގައި، ލަސްތަކެއް ނުވެ، އެ ބަދަލުތައް އާންމުންވާނެ އެވެ.
މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަަށް އާ އައިކަންތަކެއް މައިކްރޮސޮފްޓް
މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކުގެ އައިކަންތައް އެންމެ ފަހުން ބަދަލުކުރީ 2013 ވަނަ އަހަރު އެވެ. އެ އަށް ފަހު ފަސް އަހަރު ފާއިތުވީ އެވެ. އެހެންކަމުން، މިއީ އައިކަންތަކަށް އާ ބަދަލުތަކެއް ގެންނަން އެންމެ އެކަށީގެންވާ ވަގުތު ކަމަށް ބެލެވެ އެވެ.
އައިކަންތަކަށް މި ފަހަރު ގެނައި ބަދަލުތައް، ޒަމާނަށް ކަމުހިނގައިދާނެ އެވެ. ނަމަވެސް، މިހާރު ބޭނުންކުރާ އައިކަންތައް ސާދާވެފައި، ލޮލަށް ފަސޭހަކަން ފާހަގަކުރެވެ އެވެ. ކުލަވަރު ތަސައްވުރުވުމުގައި އެކި މީހުންގެ ނަޒަރިއްޔާ ތަފާތުވެދެ އެވެ.
މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަަށް އާ އައިކަންތަކެއް، ބަދަލުތައް ވަރަށް އަވަހަށް ފެންނާނެ - މައިކްރޮސޮފްޓް
އޮފީސް އައިކަންތައް ބަދަލުކުރުމުގައި، އެޕްލިކޭޝަންތަކުގެ ގޮތާއިފޮތް ބަދަލުނުކުރަން ވިސްނި ކަމަށް މައިކްރޮސޮފްޓް ބުންޏެވެ. އެޕްލިކޭޝަންތަކުގެ އަސްލު ގެއްލުވާ ނުލައި، އެއީ މައިކްރޮސޮފްޓްގެ ކޮން އެޕްލިކޭޝަނެއްކަން، ހަމަ ފެންނަތަނުން ދޭހަވާނެ ކަމަށް ވެސް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy