ސްމާޓްފޯން މާކެޓް ލީޑަރުގެ ގޮތުގައި މަދުވެގެން އަދި 10 އަހަރު ދެމިއޮންނާނެ ކަމަށް ސެމްސަންގް ބުނޭ
14 އެޕްރީލް 2019 - 07:24
ސްމާޓްފޯން މާކެޓްގައި ވާދަވެރިން ކިތަންމެ ހިތްވަރެއް ކުރިޔަސް، ސެމްސަންގް ބަލިކުނުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ މީހުން ބުނި ގޮތުގައި، ކުރި އަށް އޮތް އޮތީ ކާމިޔާބު ދުވަސްތަކެކެވެ. ސްމާޓްފޯން މާކެޓްގައި ބިރެއް ނެތި 10 އަހަރު ވަންދެން އަދި ވެސް ރަސްކަންކުރާނެ ކަމަށް ބުންޏެވެ.
ސެމްސަންގުން މިހެން ބުނެފަައި ވަނީ، ފަތްޖެހޭ ފޯނުތަކަށް އޮތް ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަދައްކަމުންނެވެ. އެ ކުންފުނިން ދެކޭ ގޮތުގައި، ފަތްޖެހޭ ފޯނުތަކަކީ ވެސް، އަޖުބަލާލަން ނަމަވެސް ބަޔަކު ބޭނުންކުރާނެ އާލާތްތަކެކެވެ.
ފަތްޖެހޭ ފޯނުތަކާ މެދު ސެމްސަންގުން ފޮނި އުންމީދުތަކެއް ކުރެ އެވެ. މިއީ އަދި ވާދަވެރިން މަދު މާކެޓެއް ނަމަވެސް، ސެމްސަންގް އޮތީ ކުރީގަ އެވެ. ޗައިނާގެ ވާވޭ ދެވަނައިގަ އެވެ. ވާވޭ އަކީ ވެސް ސްމާޓްފޯން މާކެޓްގައި ރަސްކަންކުރަން އެދޭ ކުންފުންޏެކެވެ. އެ މީހުންގެ އުންމީދުކުރަނީ 2020 ލައިގަތުމުގެ ކުރިން އެ މަގާމު އަތުލައި ހިންދެމިލުމަށެވެ.
ސެމްސަންގުން ބުނި ގޮތުގައި، މާކެޓް ލީޑަރުގެ ގޮތުގައި އޮތުމަށް އެ މީހުން އުފެއްދުންތެރިކަން އިތުރުކުރާނެ އެވެ. ފަތްޖެހޭ ފޯނުތަކަކީ އޭގެ މިސާލެއް ކަމަށް ވަނީ ބުނެފަ އެވެ. ސެމްސަންގް ފޯނުތައް ބޭނުންކުރާ މީހުން އެދޭ ސިފަތައް ފޯނުތަކުގައި ޖައްސުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ސްމާޓްފޯނުތައް ވިކޭ އަދަދު، ފާއިތުވި އަހަރު ވަނީ ދަށްވެފަ އެވެ. މާކެޓް މަސްރަހަށް ބަލާއިރު، މި އޮއިވަރުގައި ނުޖެހޭ ކުންފުންޏެއް ނެތެވެ. ނަމަވެސް، ޗައިނާގެ ވާވޭ އަށް، 2018 ވެފައި ވަނީ ކާމިޔާބު އަހަރަކަށެވެ.
ސެމްސަންގުން ބުނި ގޮތުގައި، ފަތްޖެހޭ ފޯނާ އެކު އެ މީހުން ވަނީ ސްމާޓްފޯން ސިނާއަތަށް މުޅިން އާ ބާބެއް އިތުރުކުރަން ނިންމާފަ އެވެ. އަދި އެ މަސައްކަތްތައް ވަރަށް ހަލުއި ކަމަށް ވެސް އެ މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީއަލީ މަހާރަދުން
14 April 2019
ނޫނޭ، ސެމްސަންގު އެޕަލް ފަދަ ކުންފުނިތައް ކޮޕީކޮށްގެން 2ރ 3ރ އަށް ފޯނު ވިއްކާ މީހުންނަށް މާރކެޓުގެ ބޮޑުބައި ހޯދިދާނެ.
ާާައަލީ
14 April 2019
ބަލަ ސެމްސަންގު ކޯޗެއް ކޮޕީ ކުރީ...ކިތަންމެ ވަރެއް އެރިޔަސް އެޕަލް އަކައް ރަސްކަމެއް ނުކުރެ ވޭނެ! ރަސްކަން ކުރާނީ ހަމަ ސެމްސަންގު! ދެން ލަލަލާ! ކަލޭ މެން އެޕަލް ފޭންސް ޖެހޭނީ ފިއްތާ ލާގެން ހުންނަން ...އަދި އެއުޅެނީ ހުވާވޭ ގަޅާނުލެވިގެން ...ހަހަހަހަހަހަ.....???