ސްމާޓްފޯނަށް ވުރެ ސްމާޓް ވޮޗަށް އޮންނަ ބޭނުންތެރިކަށް އަދި އިތުރުވާނެ ކަމަށް ސެމްސަގް ބުނޭ
08 ޖުލައި 2019 - 07:32
ސްމާޓްފޯނުތައް ޑިޒައިންކުރަން ދެން އިތުރު ގޮތްތަކެއް ނެތް ކަމަށް ސެމްސަންގުން ބުނެފި އެވެ. ފަތްޖެހި ފޯނުތައް، ސެމްސަންގަށް މުހިންމުވާ ސަބަބަކީ އެއީ ކަމަށް ވެސް އެ މީހުން ބުނެ އެވެ.
ސެމްސަންގް ފަތްޖެހި ފޯނު، ގެލަކްސީ ފޯލްޑް މާކެޓަށް ހަމަ ނެރުނުތަނުން ވަނީ ހަލާކުވެފަ އެވެ. ބޭނުންކުރާ މީހުންނަށް ގެންގުޅެވެން ނެތް ވަރުގެ ބަލިކަށި އާލާތަކަށް ވުމުން، ސެމްސަންގުން ވަނީ ފަތްޖެހި ފޯނުތައް އަނބުރާ ގެންގޮސްފަ އެވެ.
ސެމްސަންގުން ބުނީ ފަތްޖެހި ފޯނުތަކަކީ، ސްމާޓްފޯނުތައް ދޫކޮށް ދިއުމަށް ތައްޔާރުވުމަށް މެދުވެރިއެއް ކަމަށެވެ. ފަތްޖެހި ފޯނުތަކަކީ ވެސް ޒަމާންތަކެއް ވަންދެން ގެންގުޅެވޭނެ އާލާތްތަކެއް ނޫން ކަމަށް ބުންޏެވެ. ސެމްސަންގުން ބުނި ގޮތުގައި، މިހާރު އިންތިޒާރުކުރެވެނީ އިޝާރާތުގެ ޒަމާނަކަށެވެ.
ސްމާޓް ޑިވައިސްތައް އަދި ބޮޑެތި ސްކްރީންތަކަށް އޮތް ޑިމާންޑް މިހާރު ދަށްވާން ފަށާފައިވާ ކަމަށް ސެމްސަންގް ބުނެ އެވެ. އެ ކުންފުނިން ބުނީ ސްމާޓް އިލެކްޓްރޯނިކްސް އުފައްދާ ކުންފުނިތަކަށް ވަނީ އެހެން އުފެއްދުންތަކެއް އީޖާދުކުރަންޖެހިފައި ކަމަށެވެ.
ދުނިޔެ އަށް 5ޖީ ތައާރުފުވުމުން، އާދައިގެ ބޮޑެތި ސްކްރީންތަކަށް ވުރެ، ސްމާޓް ގަޑިތައް، ސްމާޓް ބޭންޑްތައް އަދި ސްމާޓް ސްކްރީންތައް މުހިންމުވާނެ ކަމަށް ސެމްސަންގުން ބުނެ އެވެ. ޖީބުގައި މިހާރު ގެންގުޅޭ ސްކްރީންތަކުގެ ބަދަލުގައި، ފަތްޖަހައި އޮޅާލެވޭ ސްކްރީންތަކަށް މީހުން ލޯބިކުރާނެ ކަމަށާއި "އިންޓަނެޓް އޮފް ތިންގްސް"ގެ ޒަމާން ކުރި އަށް އޮތުމާ އެކު، ދުނިޔެ އެނބުރޭނޭ ކަމަށް ސެމްސަންގް ބުނަނީ، އިޝާރާތްތައް ތަރުޖަމާކުުރުމާ ދިމާއަށެވެ. އެ ގޮތުގައި އެންމެ މުހިންމު އާލާތްތަކަކަށް ވާނީ ސްމާޓް ގްލާސް އަދި "ސްމާޓް އިއާބަޑް"ތައް ކަމަށް ބުނަނީ އެހެންވެ އެވެ.
ސެމްސަންގުން ދެކޭ ގޮތުގައި، ގޭގައި ބިތެއް ހުރި ނަމަ ވާންޖެހޭނީ ސްމާޓް ބިތަކަށެވެ. ކޮފީ ބޯން ގެންގުޅޭ ތަށި، މޫނުބަލާ ލޯގަނޑު އަދި ކާރުގެ ބިއްލޫރިތަކަށް ވެސް އިޝާރާތް ތަރުޖަމާކުރަން އެނގެންޖެހޭ ކަމަށް އެ މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭން
08 July 2019
މި އާރޓިކަލް ގައި މިހުރީ ވ.ސަޅި ވާހަކަ. ޢެހެންނަމަވެސް މިއީ މާކުރިން ގޫގުލް އިން ދުނިޔެ ތަސައްވަރު ކޮށްފަ އޮތްގޮތެއް. ވީޑިއޯ ހަދާ، އެމީހުން ވ ބޮޑަށް މި އައިޑިއާ ޕްރޮމޯޓްކުރި. އެހެންވީމާ އާވާހަކަޔަކަށް ނުވޭ: ޓެސްލަރ ކާރުތައް އެދަނީ މި އައިޑިއާ ރިއަލައިސް ކުރަމުން. 5ޖީ އާއި އެކު އެކަން ވ ފަސޭހަ ވެގެން ދާނެ.
ދެން
08 July 2019
ޢިންސާނުން ދުވަހެއްދުވަހަކަށް ކަށްނެތްވެ، ގެންގުޅޭ ޑިވައިސްތައް ސްމާޓްވީ ވަރަކަށް އިންސާނާވާނީ ބިގަރު...
އަހުމަދު ހަމީދު
08 July 2019
އައިފޯނުގެ އަހުލުވެރިން ހިތްދަތިވެގެން މިއުޅެނީ ނޯޓް 9އާއި އެސް 10ގެ ކުޅަދާނަ ކަން ފެނިގެން ކަމުގައި ގަބޫލު ކުރެވެނީ. ސިލިޕްގަ އޮންނަ އިރު ޗާޖް ނުވާ އައިފޯނަށް ވ ސަލާމެވެ.
އޯއްޔޭއް
08 July 2019
ސެމްސަންގް ދެކެނީ ސްމާޓްފޯނުގެ ޒަމާން ނިމެނީ ކަމަށް ބުނާނަމަ އެވާނީ ތެދަށޭ ބިކޮޒް ސްމާރޓް ފޯންގެ އަހުލުވެރިންނަކީ އެމެން ކަމަށްވާތީއޭ ދެން ސްމާރޓް ފޯން ގެ ބަދަލުގައި ޖެހޭނީ ވާރޗުއަލް ފޯނޭ ގެންގުޅެން ސަބަބަކީ ވާރޗުއަލް ފޯން ޖީބަށް ލައިގެން އުފުލަން ނުޖެހޭނެއޭ އެވާނީ ކަރުގައި އަޅުވާފައި އޮންނަ ޗިޕް އަކަށޭ ފޯން އައުމުން ވޮއިސް ރިކޮގްނައިޒް ކޮށްގެން ފޯން މަސައްކަތް ކުރާ ގޮތޭ ދެން ހަދަން ޖެހޭނީ އޯއް ޔޭއް ދީސް އާރ ދަ ތިންގްްސް އައި ކާންޓް އިގްނޯރ...
ޖޭމު ޑޮން 2
08 July 2019
ކޮންމެ އައިޑިއެއް ވެސް ހުސްވާނެ އެވެ. ފޮނިކަޑާފައި ވެރިކަމަށް އަންނަ މީހުންގެ އައިޑިއާސް ތަށް ވެސް މަދު ދުވަސް ކޮޅެއްގެ ތެރޭގައި ހުސްވެ ދެއެވެ. ދެން ހެދޭ ނެހެދޭ އެއް ނޭގި ގޯސް ހެދެއެވެ.
ޖޭމު ޑޮން
08 July 2019
ވީމާ ފްލައިޓް ( މަތިންދާ ބޯޓް )ގެ ބޭނުން ކެޑި އިންސާނުން، އަމިއްލަ ޒާތުގައި އެއްތަނުން އަނެއް ތަނަށް އުދުހިފައި ދާނެ ޓެކްނޮލޮޖީ އެއް ވުޖޫދު ވާނެ ތާއެވެ؟ އޭރުން ކޮފީ ބޯލަން އެއްތަނުން އަނެއް ތަނަށް ދާން ހާދަ ސަޅި ވާނެއެވެ.