ކުނިޖަމާކުރާ ވެހިކަހަލަކަށް ޑަސްބިނެއް ހުސްކުރަނީ.
17 ޑިސެމްބަރ 2019 - 07:15
ގެދޮރުނެތި މަގުމަތިވާ މީހުންގެ މައްސަލަ އަކީ އިނގިރޭސިވިލާތުގައި ބޮޑުވަމުންދާ މައްސަލައެކެވެ. އެފަދަ މީހުން ހާއްސަކޮށް ފިނި މޫސުންތަކުގައި ރައްކާތެރިކަން ހޯދަން ނުވަތަ ނިދަން ބޮޑެތި ކުނި ޑަސްބިންތަކުގެ ތެރެއަށް އެރޭ މައްސަލައަކީ ވެސް ފާހަގަކުރެވެމުންދާ ކަމެކެވެ. މިފަދަ ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިފައިވެ އެވެ.
ވޭސްޓް އިންޑަސްޓްރީ ސޭފްޓީ އެންޑް ހެލްތު (ވިޝް) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އިންޑަސްޓްރިއަލް ޑަސްބިންތަކަށް ނިދަން އެރުނު 20 މީހުން އެފަދަ އެއްޗެހީގެ ތެރޭގައި ތިބިކަން ނޭނގި ކުންޏާ އެކު އުކައިލެވުމުން މަރުވެފައިވެ އެވެ. ޝެލްޓާ އިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގައި ގެދޮރު ނެތް މީހުންގެ އާބާދީ 320،000 އަށް އަރަ އެވެ.
ހިޔާވަހިކަން ހޯދަން ބޮޑެތި ޑަސްބިންތަކަށް އެރޭ މީހުންގެ ފުރާނަ ގެއްލޭ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން މިހާރު ވަނީ ޑަސްބިންތަކުގައި ހަރުކުރާ "ހިއުމަން ޑިޑެކްޓާ" ޑިވައިސްއެއް އީޖާދުކޮށްފަ އެވެ.
No one plans on a life in temporary accommodation. But there are 320,000 people without a home in Britain - they’re there because the system failed them.
— Shelter (@Shelter) December 12, 2019
This Christmas – and all year round – we’re working to help people get back to a good place. https://t.co/ZIvMq2O3mm pic.twitter.com/WKnECCyTUp
ޓޯޓަލް ވޭސްޓް ސޮލިއުޝަންސް (ޓީއެސްޑަބްލިއު) އިން ތައްޔާރުކުރި ޑިވައިސްތައް ހުންނާނީ ބޮޑެތި ޑަސްބިންތަކުގެ ބޭރުގައި ހަރުކޮށްފަ އެވެ. މީގެ އެހީގައި ޑަސްބިންތައް ހުސްކުރާ އިރު އެއަށް އަންނަ ހަރަކާތްތަކާއި ތެތްފިނިކަމާއި އެއްވެސް ބާވަތެއްގެ ގޭހުގެ އަސަރެއް ހުރިކަމާއި ޑަސްބިން ހުސްކޮށް ނިންމައިލާ އިރު، އޭގެ ތެރޭގައި މީހަކު ނެތްކަން އަންގައި ދިނުމުގެ ގޮތުން ފެހި ކުލައިން ޑިވައިސް ދިއްލޭނެ އެވެ.
We look forward to working with the new government to deliver their commitments to #EndSection21 and end #roughsleeping.
— Shelter (@Shelter) December 13, 2019
However, you can’t solve homelessness without homes, so we will keep campaigning for this government to #BuildSocialHousing🏘️#GE2019
އަދި އެތެރޭގައި މީހަކު އޮތް ނަމަ ޑިވައިސް ޕްރޮގްރާމްކޮށްފައި ހުންނަ ގޮތުން ރަތް ކުލައިން ދިއްލި އެކަމަށް އިޝާރާތްކުރާނެ އެވެ. ނަތީޖާ އަކީ ޑަސްބިންތެރެއިން މީހުން ސަލާމަތްކުރެވުމެވެ.
ޓީއެސްޑަބްލިއު އިން ބުނިގޮތުގައި ޑިވައިސް ޑިޒައިންކޮށްފައި ވަނީ ފޯނާއި ޓެބްލެޓްގެ ބްލޫޓުތުން ވެސް ކޮންޓްރޯލްކުރެވޭ ގޮތަށެވެ. ޑަސްބިންތަކުގައި ހަރުކުރާ ޑިވައިސް އަކީ 30 ދުވަހުގެ ޑޭޓާ ރިކޯޑް ވެސް ކުރެވޭނެ އެއްޗިއްސެވެ.
ޓީއެސްޑަބްލިއު އިން ބުނީ ޑަސްބިންތަކުގައި ހަރުކުރާ "ހިއުމަން ޑިޓެކްޓާ" ޑިވައިސް ވިއްކައިގެން ލިބޭ އާމްދަނީން ބައެއް ހަދިޔާކުރާނީ ބޯހިޔާވަހިކަން ފޯރުކޮށްދޭން މަސައްކަތްކުރާ ޗެރިޓީތަކަށް ކަމަށެވެ.
މީޑިއާތަކުން ބުނާގޮތުގައި ޓީއެސްޑަބްލިއުގެ ޑިވައިސް އިނގިރޭސިވިލާތުގެ ބޮޑު ހަ ކުންފުންޏަކުން މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯސް
17 December 2019
އާޅެ ނަޝީދު މިކަން ހައްލުކޮށްނުދީ ގޮޑިދުއްވާފައި އައީކީއްވެތަ?
ބޯހިޔާ
17 December 2019
ތިޔަ އީޖާދުކުރަން ކުރި ޚަރަދާ، އެ އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ދާނެ ޚަރަދާ އަޅާކިޔާލުން ރަނގަޅު. މިބުނީ އީޖާދަށް ދިޔަ ޚަރަދު އެނގިގެނެއްނޫން