ވަޓްސްއެޕްގައި އިސްތިހާރުކުރުން ފޭސްބުކުން މަޑުޖައްސާލައިފި

ފައިސާ ހޯދަން ފޭސްބުކުން ކުރާ މައިގަނޑު މަސައްކަތަކީ އިންޓަނެޓްގައި އިސްތިހާރުކުރުމެވެ. ފޭސްބުކް، އިންސްޓާގްރާމް އަދި މެސެންޖާ ފަދަ މޮބައިލް އެޕްލިކޭންޝަންތައް ޑިޒައިންކޮށްފައި ވަނީ ވެސް ފައިސާ ހޯދޭނެ ގޮތްތަަކަށް އިސްކަންދީގެންނެވެ. އެ ކުންފުނިން ވަޓްސްއެޕް ގަތީ ވެސް މި ވިސްނުމުގަ އެވެ.


ވަޓްސްއެޕްގައި އިސްތިހާރުކުރަން ފޭސްބުކުން ނިންމުމުގެ ސަބަބުން ކުންފުނި ތެރޭގައި ހަމަނުޖެހުން ހިނގި އެވެ. ބަހުގެ ހަމަލާތައް ބަދަލުކޮށް ބައެއް މުވައްޒަފުން ވަޒީފާ ދޫކޮށް ދިޔަ އެވެ. މިއީ އެއިރު ކަން އޮތް ގޮތެވެ. ނަމަވެސް، މިހާރު އިވޭ އަޑުތަކަށް ބަލާއިރު، ވަޓްސްއެޕްގައި އިސްތިހާރުކުރުން ފޭސްބުކުން ވަނީ މަޑުޖައްސާލައިފަ އެވެ.

ވަޓްސްއެޕް އަކީ އިސްތިހާރުކުރަން ކަމުދާ ގޮތަކަށް ޑިޒައިންކޮށްފައިވާ އެޕްލިކޭޝަނެއް ނޫނެވެ. ނަމަވެސް، އެޕްލިކޭޝަންގެ ކޮންމެ ތަނެއްގައި އިސްތިހާރެއް ހަރުކުރި ނަމަވެސް، 1.5 ބިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކު ބަލާނެ އެވެ. މިއީ ފޭސްބުކަށް މާލީ ތަނަވަސްކަމެއް ހޯދިދާނެ ގޮތެކެވެ.

އިންސްޓާގްރާމް އަދި ފޭސްބުކާ ޚިލާފަށް ވަޓްސްއެޕް އަށް ލޯބިކުރާ އާބާދީ ސީރިއަސް ކަމަށް ބެލެވެ އެވެ. އޮފީހުގައި އަދި މަސައްކަތުގެ މައިދާންތަކުގައި، މި ފަދަ މީހުން ދެކެނީ ވަޓްސްއެޕް އަކީ ރަސްމީ ހަތިހާރެއް ގޮތުގަ އެވެ. އެހެންވެ، ކުނިބުންޏަށް ވާ ގޮތަށް އިސްތިހާރުކުރަން ފަށައިފި ނަމަ، ވަޓްސްއެޕް ދޫކޮށް ގިނަ ބަޔަކު ދާނެ ކަމަށް ބެލެވެ އެވެ.

ވަޓްސްއެޕްގައި އިސްތިހާރުކުރުމަކީ ފޭސްބުކުން ވަރަށް ކުރާހިތުން އުޅޭ ކަމެކެވެ. މި ވަގުތަށް މަޑުޖައްސާލާފައި އޮތް ނަމަވެސް، ވަޓްސްއެޕްގައި އިސްތިހާރުކުރުނުކޮށް ފޭސްބުކަށް ކެތްވާނެ ކަމަކަށް ނުބެލެވެ އެވެ.