އައިފޯން ބޭނުންކުރާ މީހުން އައިކްލައުޑްގައި ބަހައްޓާ ފައިލްތައް މުޅިން އެންންރީޕްޓް ނުކުރަން އެޕަލުން ވިސްނަނީ
23 ޖެނުއަރީ 2020 - 07:20
އައިފޯން ބޭނުންކުރާ މީހުން އައިކްލައުޑްގައި ރައްކާކުރާ ފައިލްތައް، އެހެން އެއްވެސް މީހެއްގެ އަތުނުޖެހޭ ގޮތަށް މުޅިން ތަޅުލައި، "އެންކްރީޕްޓް"ކުރަން އެޕަލް އިން ވިސްނި ވިސްނުން ދޫކޮށްލައިފި އެވެ. މިއީ އެފްބީއައި އަދި "ނޭޝަނަލް ސެކިޔުރިޓީ އޭޖެންސީ" -- އެންއެސްއޭ ފަދަ ތަންފީޒީ އިދާރާތަކަށް އެއްބާލުން ދިނުމަށް އެޕަލް އިން ކުރި ކަމެކެވެ.
އެޕަލް އިން ބުނާ ގޮތުގައި އައިފޯނުގައި ހުންނަ ޑޭޓާތައް، އެ ފޯނެއް ބޭނުންކުރާ މީހާ ނޫން މީހެއްގެ އަތްމައްޗަކަށް ނާރާނެ އެވެ. އެޕަލް އިން ވަނީ މިކަން ސާބިތުކޮށްދީފަ އެވެ.
އެމެރިކާގެ ސަން ބާނާޑިނޯގައި ބަޑިޖަހައި މީހުންތަކެއް މަރާލަން ދިން ހަމަލާ ރާވައި ހިންގި ކަމަށް ބުނާ ސައީދު ރިޒްވާން ފާރޫގު ގެންގުޅުނު އައިފޯނު ހުޅުވައިދިނުމަށް އެފްބީއައި އެދުމުން އެޕަލް އިން ވަނީ ދެކޮޅުހަދާފަ އެވެ. އެޕަލް އިން ބުނީ އެއީ އެޕަލް އަށް ކުރެވޭ ކަމެއް ނޫން ކަމަށެވެ. އެ ފޯނު ހުޅުވޭ ކަހަލަ ސޮފްޓްވެއާއެއް އުފައްދައިދިނުމަށް އެދުމުން ވެސް އެޕަލް އިން ވަނީ ނުކޮށްދީފަ އެވެ.
އައިފޯނުތަކަށް އެޕަލް އަށް ނުވަދެނުނު ނަމަވެސް، އައިކްލައުޑްގައި ހުންނާ ފައިލްތަކަށް ވަދެވެ އެވެ. އެފްބީއައި އަދި އެންއެސްއޭ ފަދަ ބާރުތަކަށް ވެސް ވަދެވެ އެވެ. ނަމަވެސް މިއީ އެޕަލް އަށް ކަމުދާ ގޮތެއް ނޫނެވެ. އެެހެންވެ، އެޕަލް އިން ވިސްނާފައި އޮތީ، އައިކްލައުޑް އެކައުންޓްގެ ވެރި މީހާ ނޫން މީހަކަށް، އައިކްލައުޑް ފައިލްތައް ވެސް ނުބޭލޭނެ ނިޒާމެއް އުފެއްދުމެވެ.
އެޕަލްގެ މި ވިސްނުމަށް އެފްބީއައި އަދި ތަންފީޒީ ބާރުތަކުން ދެކޮޅުހަދައި ވަނީ ސައްލާކޮށްފަ އެވެ. މި ގޮތަށް ކުރެވޭ މަޝްވަރާތަކުން އެޕަލް އަށް ގެއްލުންވެދާނެ ކަމަށް ވިސްނައި، އެޕަލް އިން ވަނީ ގޮތްދޫކުރަން ނިންމާފަ އެވެ. އެޕަލް އިން ބުނީ ކަސްޓަމަރުން ދިފާއުކުރަން ހަދައިގެން މުޅި ކުންފުނި ހުލިވުމަށް ވުރެ މި ވަތުގަށް ރަނގަޅު ގޮތަކީ މިއީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެކް
24 January 2020
މީރަގަޅު މައުލޫމާތެއް ނޫން. އެފޯނު ހުޅުވި އަދި ބޭނުންވާ މައުލޫމާތުތައް ވެސް ނެގި. އެކަން ކުރީ އިޒްރޭލް ކުންފުންޏަކުން. ނަމަކީ ސެލެބްރައިޓް.
މިހާދު
23 January 2020
ފޯނަށްވެސް ވަދެވޭނެ. ކުންފުނިތަކުން އެފްބީއައިއާއި އެހެނިހެން އިދާރާތަކަށްވެސް މައުލޫމާތު ދޭނެ. މިހާރު އަހަރެން މިއުޅެނީ އެހެންވީމާ ދަޅުފޯނު ބޭނުން ކުރަން.