ސެމްސަންގް ފަތްޖެހި ފޯނުތަކަށް އަލްޓްރާ ތިން ގްލާސް
02 ފެބުރުއަރީ 2020 - 09:05
އިންސާނެއްގެ އިސްތައްޓެއްގެ ދެބައިކުޅަ އެއްބައި، ބޯމިނުގައި ހުންނަ ބިއްލޫރީގައި ހުންނާނީ ކޮން ވަރެއް ހެއްޔެވެ. އަހަރެމެން ގަބޫލުކުރަނީ ވެއްޓި ތަޅައިގެންދާން ލަސްވާނީ ވެއްޓުން ކަމުގަ މެވެ. މިއީ ޒަމާނީ ސްމާޓްފޯނުތަކުގައި ބޭނުންކުރަން އުފައްދާ ބިއްލޫގައި ހުންނަ ބޯމިން ކަމަށް އެބަ ބުނެވެ އެވެ.
ޔޫރަޕް ގައުމުތަކުގައި ވިޔަފާރިކުރުމަށް ސެމްސަންގުން "ޓްރޭޑްމާކް"އެއް ރެޖިސްޓްރީކޮށްފި އެވެ. އެއީ "ޔޫޓީޖީ" އެވެ. މިއީ ބުނެވޭ ގޮތުގައި "އަލްޓްރާ ތިން ގްލާސް" އެވެ. ފަތްޖެހި ފޯނުތަކުގައި ބޭނުންކުރުމަށް އުފައްދަން އުޅޭ ބިއްލޫރީގޭ ބާވަތެކެވެ.
ސްމާޓްފޯނުތަކުގައި ބޭނުންކުރެވޭ ގޮރިއްލާ ގްލާސް އުފައްދަނީ "ކޯނިން"އޭ ކިޔާ ކުންފުންޏަކުންނެވެ. ކޯނިންއިން މީގެ ދުވަސްތަކެއް ކުރިން ވަނީ މި ކަހަލަ ބިއްލޫރި ފަށަލަތަކެއް އުފައްދަން އުޅޭ ކަމަށް ބުނެފަ އެވެ. އުފައްދައިދެނީ ކޮން ކުންފުންޏަކަށް ކަމެއް ނުބުނެ އެވެ.
"އަލްޓްރާ ތިން ގްލާސް" އުފެއްދުމަށް ސެމްސަންގުން ވިޔަފާރި މާކެއް ރެޖިސްޓްރީކުރުމަށް ދާންދެން، މިއީ ކޯނިންއާ ގުޅިންގެން ކުރާ ކަމެއް ކަމަށް ބެލެވިފައި ވެސް ނެތެވެ. އެހެން ނަމަވެސް، މިއިން ކުންފުންޏަކުން ބުނެނުދިން ނަމަވެސް، މި ބިއްލޫރި އުފެއްދުމުގައި ކޯނިން ޝާމިލްވާ ކަމަށް ވިސްނެ އެވެ.
ސެމްސަންގުން ކަނޑައަޅާ މިންގަނޑަކަށް އުފައްދާ ބިއްލޫރި ބޭނުންކުރާނެ ކަމަށް މިހާރު ބުނެވެނީ، އެ ކުންފުނިން އުފައްދަން މަސައްކަތްކުރާ ފަތްޖެހި ފޯނުތަކުގަ އެވެ. ސްމާޓްފޯނުތައް ފަތްޖެހުމުގައި ސެމްސަންގް އަށް ދިމާވެފައި އޮތް އެންމެ ބޮޑު ހުރަހަކީ ވެސް، ބޭނުން ގޮތަށް ލަންބާލެވެވޭ ފެންވަރުގެ ބިއްލޫރި އުފެއްދިފައި ނެތުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy