ސެމްސަންގް ގެލަކްސީ އެސް20، ހަމަ ކަށަވަރު

ސެމްސަންގުން އުފައްދާ ބާރުގަދަ ފޯނުތަކަކީ ކޮބައިތޯ އަހައިފި ނަމަ، ބުނެވުން ގާތީ ގެލަކްސީ ނޯޓް އަދި ގެލަކްސީ އެސް" މަކުރާގެ ކޮންމެވެސް ފޯނެއްގެ ނަމެވެ. މިސާލަކަށް ގެލަކްސީ ނޯޓް 10 އަދި ގެލަކްސީ އެސް11 އެވެ. އެކަމަކު ގެލަކްސީ އެސް11އެއް އަދި ނުއުފައްދަ އެވެ. ނުވެސް އުފައްދާނެ އެވެ.


ސެމްސަންގް ގެލަކްސީ އެސް މަރުކާގެ ފޯނުތަކަށް މި އޮތީ އަހަރު ތަރުތީބުކުރަން ޖެހިފަ އެވެ. މިހެންވެ، ގެލަކްސީ އެސް11 ދޫކޮށްލުމަށް ފަހު "އެސް20" ނަން ބަދަލުކުރީ އެވެ. މިއީ މީގެ ކުރިން ތޯތޯ ވާހަކައެއް ނަމަވެސް، ސެމްސަންގް ޖަރުމަނު ވެބްސައިޓްގައި އެކްސިޑެންޓެއް ހިނގައި، އެސް20ގެ ނަން ވަނީ ލީކުވެފަ އެވެ.

ގެލަކްސީ އެސް20، 2020 ނުވަތަ މި އަހަރާ ގުޅުވައި އެފެއްދުމުގެ މާނަ އަކީ 2021 ގައި ނެރޭ އެސް މަރުކާގެ ފޯނަށް "ގެލަކްސީ އެސް21" ކިޔާނެ ކަމަށް ބެލެވުމެވެ.

ސެމްސަންގުން ގެލަކްސީ އެސް20 ނެރޭނެ ވަކި ތާރީޚެއް ކުރިން ކަނޑައެޅި އެވެ. އެއީ ފެބްރުއަރީ 11 އެވެ. އެކަމަކު ފެބްރުއަރީގައި 20 ވަނަ ދުވަހެއް އޮށްވައި، 11 އަށް ވާންވީ ކީއްވެހެއްޔެވެ. މި ތާރީޚު ފެބްރުއަރީ 20 އަށް ބަދަލު ވެސް ކޮށްފާނެ އެވެ.

ގެލަކްސީ އެސް20 މަރުކާގައި ހިމެނޭ ފޯނުތަކަކީ "ގެލަކްސީ އެސް20"، "ގެލަކްސީ އެސް20 ޕްލަސް" އަދި "ގެލަކްސީ އެސް20 އަލްޓްރާ" އެވެ. މި ނަންތައް ކަށަވަރުވެފައި ވަނީ ސެމްސަންގް ވެބްސައިޓްގައި "އޮޅިގެން" ކުރެވުނު އިސްތިހާރަކުންނެވެ. މި ފޯނުތަކަށް އުފައްދާފައި ހުރި ލެޑް ކަވަރުތަކެކެވެ.