ސެމްސަންގް ގެލަކްސީ ޒީ ފްލިޕް: އިންޑިއާގައި "ޕްރި-އޯޑާ" އަށް ހުޅުވާލުމާ އެކު ހުސްވެއްޖެ

ސެމްސަންގުން ފޯނެއް ފަތްޖަހަން ކުރި މަސައްކަތްތަކުން މި ހިސާބަށް އާދެވިފައި ވާއިރު، ތާއީދުކުރާ މީހުންނަށް ފެންނަން އޮތް ފޯނަކީ "ގެލަކްސީ ޒީ ފްލިޕް" އެވެ. މިއީ ސްކްރީނުގެ މެދުން ދެ ފަތްޖަހާލައި، ލައްޕާލުމަށް ފަހު ޖީބަށް ލެވޭ ވަރަށް ކުޑަކޮށްލެވޭ ފޯނެކެވެ.


ސްމާޓްފޯން މާކެޓްގައި ފަތްޖެހި ފޯނުތަކަށް ބޮޑު ގަދަރެއް ދެވިފައިވާ މި ދަނޑިވަޅުގައި، ސެމްސަންގުން ވިއްކަން އުޅޭ ގެލަކްސީ ޒީ ފްލިޕް އަށް ބޮޑު ތަރުހީބެއް ލިބެނުން އަންނަކަން ފާހަގަކުރެވެ އެވެ. އިންޑިއާގައި ޕްރި-އޯޑާ އަށް ހުޅުވާލައި، ރަނގަޅަށް ނޭވާނުލެވިގެން އުޅެނިކޮށް ފޯނުތައް ވަނީ ވިކި ހުސްވެފަ އެވެ.

އިންޑިއާގައި ސަމްސަންގް ގެލަކްސީ ޒީ ފްލިޕް ވިއްކަނީ 109،999 ރުޕީޒް އަށެވެ. އެއީ ގާތްގަނޑަކަށް 1،530 ޑޮލަރެވެ. މި ވަރުގެ ބޮޑު އަގެއްގައި ވިއްކުމަށްޓަކައި ސެމްސަންގުން މާކެޓަށް ނެރުނީ ކިތައް ފޯނުކަމެއް ނުބުނެ އެވެ. ނަމަވެސް، ޚަބަރުތައް ހުރި ގޮތުން ބެލެވެނީ އެއީ އެކަށީގެންވާ އަދަދެއް ކަމަށެވެ. އަނެއްކޮޅުން އިންޑިޔާ ކަހަލަ އާބާދީ ބޮޑު ގައުމެއްގައި މަދު އަދަދަކުން ނުފުދޭނެ އެވެ.

ގެލަކްސީ ޒީ ފްލިޕް ވިކި ހުސްވިލެއް އަވަސްކަމުން، ސެމްސަންގުން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި ލަސްތަކެއް ނުވެ، ޕްރި-އޯޑާގެ ދެވަނަ ބުރެއް އޮންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސެމްސަންގް ގެލަކްސީ ފްލިޕްއް ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ބަލާއިރު، މިއީ ގިނަ ބަޔަކަށް ކަމުދިޔަ ފޯނަކަށް ވެ އެވެ. ބޮޑު ސްކްރީނެއް މެދުން ލަންބާލައި ފަތްޖަހަން އުޅުމުގެ ތެރޭގައި ބިންދައިގެން ދިއުމުގެ ބިރު އޮތް ނަމަވެސް، މި ފޯނު ފަތްޖަހާލަން ކިތަންމެ ބަޔަކު ބޭނުންވާ ކަމަށް ބުނާތީ އިވެ އެވެ.