އައިފޯނަށް މި އަހަރު ބޭނުންވާ އޯލެޑް ޕެނަލްތަކުގެ 80 ޕަސެންޓް އޯޑަރު ސެމްސަންގަށް

އެޕަލް އިން މި އަހަރު ނެރޭ އައިފޯނުތަކަށް ބޭނުންވާ އޯލެޑް ޕެނަލްތަކުގެ ބޮޑު ބައި ސެމްސަންގުން ކަށަވަރުކޮށްފި އެވެ. ސެމްމޮބައިލް އިން ބުނި ގޮތުގައި، އައިފޯނުތަކަށް ބޭނުންވާ އަދަދުގެ 80 ޕަސެންޓް ސެމްސަންގުން ސައިޕްލައިކޮށްދޭނެ އެވެ.


އައިފޯނަށް ބޭނުންވާ އޯލެޑް ޕެނަލްތަކާ ބެހޭ ގޮތުން ފާއިތުވި އަހަރު ވާހަކަދެކެވިފައި އޮތީ ހުރިހާ އޯޑަރެއް ސެމްސަންގަށް ދޭ ގޮތަށެވެ. ނަމަވެސް، އެޕަލް އިން އައިފޯނު އުފައްދަން މިހާރު ބޭނުންވާ އަދަދު އިތުރުކޮށްފައި ވާތީ، އެއް ކުންފުންޏަށް ވުރެ ގިނަ ކުންފުންޏަށް އޯޑަރުތައް ބަހާލުން ރައްކާތެރި ކަމަށް އެޕަލް ގަބޫލުލުރަނީ އެވެ. އެއީ އޯޑަރުތައް ގިނަވެގެން ކުންފުންޏަށް ނުތަކާ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށެވެ. ބާކީ ހުރި އޯޑަރުތައް ހަވާލުކުރާނެ ކަމަށް ބެލެވެނީ ސައުތު ކޮރެއާގެ އެލްޖީ އަދި ޗައިނާގެ ބީއޯއީ އަށެވެ.

އެޕަލް ބޭނުންވާ ފެންވަރަށް ހާޑްވެއާ އުފެއްދުމުގައި ސަޕްލަޔަރުންނަށް ބައެއް ފަހަރު ދަތިތައް ކުރިމަތިވެ އެވެ. އެޕަލް އިން ބޭނުންވާ އަދަދަށް ސައިޕްލައިކުރުމަށް ވެސް ހުރަސްއެޅިފައި ވެ އެވެ. ނަމަވެސް، އެޕަލް އަކީ ވަރަށް ކުރިއާލައި މަސައްކަތްތައް ނިންމައި އުފައްދަންޖެހޭ އަދަދު ކަށަވަރުކުރާ ކުންފުންޏެކެވެ. އެހެންކަމުން، އެޕަލްގެ ޑިވައިސްތައް ބޭނުންކުރާ މީހުންނަށް ދިގު އިންތިޒާރަކާ ނުލައި ޑިވައިސްތައް އަބަދު ވެސް ލިބެ އެވެ.

މި އަހަރު އައިފޯނު މޫސުން ލައިގަންނައިރު، އެހެން އަހަރުތަކާ ތަފާތު ރޭވުމެއް އެޕަލް އަށް ވަނީ ރާވަންޖެހިފަ އެވެ. އޯލެޑް ފަދަ މުހިންމު ހާޑްވެއާ ކަށަވަރުކުރުމުގައި އެޕަލް އަވަދިނެތި އެ އުޅެނީ ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތުންނެވެ.