އެޕަލްގެ ސްމާޓް ގަޑިތައް ވާދަވެރިންނަށް ވުރެ މާ ކުރިގައި

ސްމާޓް ގަޑި އުފައްދާ ކުންފުނިތައް ތަރުތީބުން އަތުރާލާނަމެވެ. އެޕަލް، ގާމިން، ވާވޭ އަދި ސެމްސަންގެވެ. މިއީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލައި، މާކެޓްގައި ގަދަބާރުތައް ތަރުތީބުކުރެވިފައި ހުރި ގޮތެވެ. ތިޔަ ހީކުރެވުނީ ރަނގަޅަށެވެ. އެއް ވަނަ އެޕަލް އަށެވެ.


ދުނިޔޭގައި ސްމާޓް ގަޑި އުފައްދަނީ އެންމެ ހަތަަރު ކުންފުންޏަކުން ނޫނެވެ. މަތީގައި ލިސްޓްކޮށްފައި އެ ވަނީ އެންމެ ބާރުގަދަ އަދި ސްމާޓް ގަޑި ވިޔަފާރިން އެންމެ ގިނަ ފައިސާ ހޯދި ހަތަރު ކުންފުޏެވެ.

ސްމާޓް ގަޑި ވިޔަފާރިން އެޕަލް ހޯދި ފައިސާ ދެން ތިބި ތިންކުފުނީގެ ޖުމުލަ އަދަދަށް ވުރެ ވެސް އިތުރު ކަމަށް ބުނަމާ އެވެ. އެޕަލް ބަލިކުރާނެ ކަމަށް ގަދަބަސް ބުނެ ވާދަވެރިން ކުރިހާ މަސައްކަތަކުން ވެސް އެޕަލް އަށް ހީވެސް ނުވި އެވެ. ބޮޑު ތަފާތަކުން އެޕަލް އެ އޮތީ ކުރި ހޯދައިފަ އެވެ.

މި އަހަރު ކޮރޯނާވައިރަހާ ހެދި ޑިވައިސްތަކުގެ ވިޔަފާރި ހީނަރުވާނެ ކަމަށް ހީކުރެވުނު ނަމަވެސް، އެޕަލް އަށް އަސަރެއް ނުކުރި އެވެ. އޭގެ ބަދަލުގައި، ވިކުނު އަދަދު އަދި ލިބުނު ފައިސާ ވެސް ވަނީ އިތުރުވެފަ އެވެ.

އެޕަލްގެ ވިޔަފާރި ވާދަވެރިންނަށް ވުރެ ކާމިޔާބު ސަބަބަކީ ކަމަށް ކަމޭ ހިތުމެވެ. އެޕަލް އަކީ ސްޓައިލްގައި އަދި އިލްމުވެރިކަމާ އެކު ވިޔަފާރިކުރާ ކުންފުންޏެކެވެ. އެޕަލްގެ ސްމާޓް ގަޑިތަކުން ވެސް މި ބުނި ތަފާތު ފެންނާނެ އެވެ. ސްމާޓް ގަޑިތައް ވިއްކުމަށްޓަކައި އެޕަލް އިން ކުރި އެންމެ މޮޅު ކަމަކީ ސިއްހަތަށް ފޯކަސްކުރުމެވެ. ކަސްރަތުކުރުމާއި ފިޔަވަޅު ގުނައިދިނުމެވެ. އިތުބާރާ އެކު އެވެ.

ގާމިން އަކީ ވެސް ސްމާޓް ޑިވައިސްތައް އުފެއްދުމަށް ކުޅަދާނެ ކުންފުންޏެކެވެ. ތަޖުރިބާ ވެސް ހުންނާނެ އެވެ. އެކަމަކު ވިޔަފާރީގައި އެޕަލް ގެންގުޅޭ ކަހަލަ ރޭވުންތެރިކަމެއް ނެތެވެ. އެހެންވެ، މި އަހަރުގެ ފުރަތަމަ ހަ މަހަށް ބަލައި ގާމީން އަށް ދެވަނަ ލިބުނީ އެވެ.

އަހަރެމެން ހީކުރީ ވާވޭ ވެއްޓޭނީ އެންމެ ފުޅަށް ކަމަށެވެ. އެމެރިކާއިން އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، މާކެޓުން ތިން ވަނަ ލިބުމަކީ ދަތިކުރަން މަސައްކަތްކުރާ ބަޔަކު ލަދުގަންނަން ޖެހޭ ވަރުގެ ކަމެކެވެ.

ސެމްސަންގް އަކީ ދުވަހަކު ކުރި ނޭރި ކުންފުންޏެކެވެ. އެވަރެއްގައި އޮންނަނީ އެވެ. އެއްޗަކަށް އެއްޗެއް އުފައްދާލަ އުފައްދާލަ އެވެ. ސްމާޓް ގަޑިތަކުގައި ކިތަންމެ މޮޅު ފީޗާއެއް ހުރި ނަމަވެސް، އެޕަލްގެ މައްޗަށް ކާމިޔާބު ހޯދޭ ވަރެއް ނުވެ އެވެ. މި ކަހަލަ ބަޔަކަށް ލިބުނު ކޮންމެ އެއްވެސް ވެސް ރަނގަޅުވާނެ އެވެ. މި ފަހަރު ހަތަރު ވަނަ އެވެ.