ވަންޕްލަސް ފޯނުތައް ދަރަޖަކުރަނީ ކަސްޓަމަރުންނަށްޓަކައި

ވަންޕްލަސް އިން ބުނަނީ ނުއަގުގައި ފޯނު ވިއްކުން ހުއްޓާލަން ޖެހިއްޖެ ކަމަށެވެ. މި ބުނުމުން ދޭހަވަނީ، ވަންޕްލަސްގެ ފޯނުތައް ކުރިން ވިއްކި އަގުގައި ދެން ވިއްކެން ނެތް ކަމަކެވެ.


ވަންޕްލަސް އަކީ ބާރުގަދަ ފޯނުތައް ވަރަށް ހެޔޮ އަގުގައި ވިއްކި ކުންފުންޏެކެވެ. ވާދަވެރިންނަށް ވުރެ މޮޅު ފޯނުތައް، މާކެޓް ރޭޓުން ބަލާ ނަމަ، އެ ބުނާހެން، ނުއަގުގައި ވިއްކި ކުންފުންޏެކެވެ. އެހެން ނަމަވެސް، ސްމާޓްފޯން އުފައްދާ ކުންފުނިތަކުން މިހާރު އަމަލުކުރަނީ ހައިސިއްޔަތު ވަޒަންކުރުވުމުގައި ފުރަތަމަ ގަވައިދަކީ މާލީ ތަނަވަސްކަން ކަމަށް ބަލައިގެންނެވެ.

ވަންޕްލަސް އަކީ ވަރަށް ޅައުމުރުގައި މަޝްހޫރުކަން ހޯދައި، މާކެޓް ކާމިޔާބުކުރި ކުންފުންޏެކެވެ. މިހެން ކަން އޮތް ނަމަވެސް، ވަންޕްލަސް ބުނާ ގޮތުގައި، ކުންފުނި ކުންފުންޏަކަށް ހެދުމުގައި ކަސްޓަމަރުން ދިން ތަރުހީބު ހަނދާނެއް ނުނެތެ އެވެ. އެހެންކަމުން ވަންޕަލް އަށް ކޮށްދެވެން އޮތް ކަމަކީ، އުފައްދާ ފޯނުތައް ގިންތިކުރުމެވެ. މީގެ އެއް މިސާލަކީ ވަންޕަލަސް ނޯޑް އެވެ.

ދުނިޔެ 5ޖީ އަށް ލެނބިގެން އަންނައިރު، ވަންޕަލަސް އިން މި ޓެކްނޮލޮޖީ އަށް ފޯނު އުފައްދާނެ އެވެ. އަގު ހެޔޮ ފޯނުތަކާއި އަގު ބޮޑު ފޯނުތައް އުފައްދާނެ އެވެ. މިއީ ވަންޕްލަސް އިން އަދި ހާމަކުރި ކަމެއް ނޫން ނަމަވެސް. އޮފިޝަލުންގެ ޓްވީޓްތަކުމް މި މާނަ ދޭހަ ވެ އެވެ.

ވަންޕްލަސް އިން ބަޖެޓް ފޯނު އުފެއްދުމަކީ މޮޅު އުކުޅެކެވެ. އެއީ ވަންޕްލަސް މަރުކާގެ ފޯނުތައް ބޭނުންކުރާ މީހުންނަށް އިޚުތިޔާރުކުރަން ފަސޭހަވާނެތީ އެވެ. އަދި ފޯނުތައް އަގުބޮޑުވި ނަމަވެސް ވަންޕަލަސް މަރުކާ ދޫކޮށްލަން ނުޖެހޭނެތީ އެވެ.

ވަަންޕްލަސް އިން ބަޖެޓް ފޯނުތަކާ މެދު ވިސްނި ނަމަވެސް، މި ސީރީޒްގައި ދެން ހުރި ފޯނުތަކާ ބެހޭ ގޮތުން އަދި ޚަބަރެއް ނުވެ އެވެ. ބޮޑަށް ބެލެވެނީ އެޕަލް އަދި ސެމްސަންގް ވިޔަފާރިކުރާ އުސޫލުތައް ކޮޕީކުރާނެ ކަމަށެވެ. ކަސްޓަމަރުން އިޚުތިޔާރުކުރުމަށް ފޯނުތައް ދަރަޖަކުރާނެ ކަމަށެވެ.