ދުނިޔެ / ކާޑުގެ ބާވަތްތައް

އިންޑިއާ އިން ގޮދަންފުށް އެކްސްޕޯޓްކުރުން މަނާކޮށްފި

ލޯކަލް މާރުކޭޓް ސަރަހައްދުގައި މީހަކު ފުށް ބަސްތާއެއް ބޮލަށް ލައިގެން ދަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އިންޑިއާ އިން ގޮދަންފުށް އެކްސްޕޯޓްކުރުން އެ ގައުމުގެ ސަރުކާރުން އިއްޔެ މަނާކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މިގޮތަށް ނިންމީ ގައުމުގައި ތަކެތީގެ އަގު މައްޗަށް ދާތީ އަގު ކޮންޓްރޯލްކުރުމުގެ ގޮތުންނެވެ. އެ ގައުމުގެ އިންފްލޭޝަން ރޭޓް ކަންބޮޑުވާން މިންވަރަކަށް މައްޗަށްދާ ކަމަށް އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.

މީގެ އަށް އަހަރު ކުރިން ވެސް ނުދާހާ މައްޗަށް، މިދިޔަ މަހު އިންޑިއާގެ އިންފްލޭޝަން މައްޗަށް ގޮސްފައިވެ އެވެ. ކޮންސިއުމާ ޕްރައިޒް އިންފްލޭޝަން މިދިޔަ މަހު 7.8 ޕަސެންޓަށް މައްޗަށް އެރިއިރު، ރީޓެއިލް ފުޑްގެ އިންފްލޭޝަން 8.4 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ.

އާދައިގެ ގޮދަންފުށުން ފެށިގެން ޕާސްތާ ފަދަ އެއްްޗެހި ހަދަން ބޭނުންކުރާ ހައި ޕްރޮޓީން ޑްރުމް ވެސް ހިމެނޭ ގޮތަށް، ހުރިހާ ވައްތަރެއްގެ ފުށް އެކްސްޕޯޓްކުރުން މަނާ ކަމަށް އިންޑިއާ ސަރުކާރުން ބުންޏެވެ. އެކަމަކު ދެގޮތަކަށް ފުށް އެކްސްޕޯޓް ކުރަން ހުއްދަ ދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެއީ؛

● ގައުމުތަކުގެ ފުޑް ސެކިއުރިޓީގެ ބޭނުމަށް އިންޑިއާ ސަރުކާރުގެ އެހީ އަށް އެދޭ ގައުމުތަކަށް.

● އިއްޔެގެ ކުރިން ގޮދަންފުށް އެކްސްޕޯޓްކުރަން އެއްބަސްވުން ހަދާފައިވާ ނަމަ އެ ގައުމަކަށް.

ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ގޮދަންފުށް އުފައްދާ އިންޑިއާ އިން ވަރަށް ގިނަ ގައުމުތަކަށް އެ އެކްސްޕޯޓް ކުރެ އެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

އިންޑިއާގެ މި ނިންމުމާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރެއް އަދި ނޭނގެ އެވެ. އިންޑިއާ އިން ބައެއް ބާވަތުގެ މުދާ އެކްސްޕޯޓްކުރުން މަނާކުރި ނަމަވެސް މީގެ ކުރިން ވެސް ރާއްޖެއަށް ހާއްސަ ހުއްދައެއްގެ ދަށުން އެ ބާވަތްތައް ގެނެވެ އެވެ.

45 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 68%
icon angry icon angry 14%
icon wow icon wow 4%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޫސްވެރިޔާ

16 May 2022

"އިންޑިއާގެ މި ނިންމުމާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރެއް އަދި ނޭނގެ އެވެ." މިކަމާއި ބެހެ ގޮތުން ދިވެހި ރާއްޖޭގައި މިކަމާއި ބެހޭ މުއައްސަސާއަކުން ބަހެއް ހޯދޮ ނަމަ. މިހާމުހިއްމުކަމަކުން ރާއްޖެއަށް އަސަރުކުރާނެކަން އެގޭ. މިއަށްވުރެ ފުރިހަމައަށް މައުލޫމާތު ގެނެސްދިނުން އެދެން.

The name is already taken The name is available. Register?

ރުފިޔާގެ އަގުވެއްޓެނީ!

15 May 2022

އިންޑިއާ އިން ފިޔަވަޅު އެއަޅަނީ އެގައުމުގެ ރައްޔިތުންގެ މަންފާ އަކައް. އެމީހުން ނުޖެހޭނެ އެހެން ގައުމެއް ދެބޯގެރި ދުއްވާކައް. ލަންކާ ވެއްޓުނީ އިގްތިސާދީ އަނދަވަޅަކައް. ދުނިޔޭގެ ހުރިހާ ގައުމުތައް އިންފްލޭޝަން ބޮޑުވާތީވެ، އެދަނީ އިންޓްރެސްޓް ރޭޓް ތައް ބޮޑު ކުރަމުން، ހަރަދު ތައް ކުޑަކުރަމުން. މި ގައުމުގަ، އިދި ކޯޅު. މުސާރަތައް ބޮޑުކޮއް، އާންމުންގެ އަތުގައި ފައިސާ ގިނަ ކުރަނީ! ބޮލާލާ ލެޑޭކައް މާގިނަ ދުވަހެއް ނުވާނެ! ހަމަ ބިމައް ތިރިވާންޖެހޭނީ!

The name is already taken The name is available. Register?

ގައިސް

14 May 2022

ތިޔަ ގައުމުން އެއްވެސް އެއްޗެއް އެކްސްޕޯޓް ނުކުރިއަސް އިރާދަކުރެއްވިއްޔާ ދުނިޔޭގެ މީހުން ތިބޭނީ ކައިގެން ބޮއެގެން.އެމީހުންނަކީ އަބަދުވެސް އެކަހެރިވާބައރއް.ގާނދީ ބުނީ އިންޕޯޓް ހުއްޓާލަން.ލަކްސް ސައިބޮނި ލޮބެނީ އޭރުގެ އެންމެ.މަޝްހޫރު ފިލްމީތަރިންނަށް.ރާއްޖޭ މީހުން އޭރުވެސް ފެންވަރަނީ ލަކްސް ސައިބޯނީ.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

15 May 2022

ތިޔަ ކޮމެންޓު ފެނިފައި ހިނިއަންނަންވީކަމެއް ރޯންވީކަމެއް ވެސް ނޭނގިފަ މީނީ. ލަކްސް ސައިބޯނިން ފެންވެެރުނީތީ ފަޚުރުވެރިވާން ބައެއް ދިވެހިން މިދަންނަނީ.

The name is already taken The name is available. Register?

އަސަ

14 May 2022

އިންޑިޔާ އައުޓް ކޮށްފަ އެހެން ގޮތަކުން ފޫބެއްދޭ ވަރުގެ ކެޕޭސިޓީ އެއް ޔާމީނުގެ ނިހުންނާނެ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

14 May 2022

ގޮދަންފުށް އުފެއްދުމުގަ ދުނިޔޭގެ އެއްވަނަ މަގާމްގަ އޮތީ ޗައިނާ.02 ވަނައިގަ އިންޑިޔާ.03 ވަނައިގަ ރަޝިޔާ.ރާއްޖެއަށް ގިނަ އޮޕްޝަންތަކެއް ހުންނާނެ.ޗައިނާ އަދި ރަޝިޔާއިން ވެސް މިގައުމަށް ތަކެތި ފޯރުކޮއްދޭނެ.ނަމަވެސް ފްރައިޓް ބޮޑުވުމުން އެކަމުގަ ދަތި ރައްޔަތުން އުފުލަން ޖެހިދާނެ.އިންޑިޔާއިން ވެސް ރާއްޖެ ބާކީ ނުކުރާނެ ކަށަވަރުވެ ޔަގީންވޭ.އެހެންވީމަ މިކަމުގަ ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް އަދި ނެތް.ވ.ވެދުން (ރަދީފް އިޒް ބެކް) #ގޮދަންފުށް

The name is already taken The name is available. Register?

ގަޅިރަދީފް

15 May 2022

ނޫން ނޫން ދޮގު ނަހަދާ, ރީތިކޮށް ހަނގުރާމަ ކުރާ ރަށިޔާ ރާއްޖެ ބާކީ ނުކުރާނެ

The name is already taken The name is available. Register?

ގައިކޮޅު ގައިދުރު

16 May 2022

ތި ކިޔަނީ ނައިގެންނޭ ފުރާނީ ނުކައެއްނފުރާނަމޭ ދޯ!،ސާފެއް ނުވޭ

The name is already taken The name is available. Register?

ޢިހްސާސް

14 May 2022

ޔާމީނާ އަދުރޭމެން ދެން ގޮދަންފުށް ރާއްޖެއަށް އެތެރެކުރާނީދޯ. ޗައިނާއިން

The name is already taken The name is available. Register?

ހަބޭސްބހބޭސް2022

14 May 2022

އިންޑިޔާ މައިސަރުކާރުން މިއެޅި ފިޔަވަޅުގެ އަސަރު ކުރާނީ ސްރީލަނކާއާއި ސާކުގެ އެން ގައުމުތަކަސް މިއރާއްޖެއަކީ އިންޑިޔާގެ ބައެއް ހޮންކޮޏްގު އޮންނގޮތަށް އޮންނަތަނެއް މީ މިގައުމުގައި މިހާރު ދިރިއުޅެނީ ދިވެއިންޑިއަނުން އެއްވެސް ދިވެއްސަކު ނުހުންނާނެ ހުރެއްޖެނަމަ އެމީހަކު ވިސާ ފީ ދައްކަންޖެހޭނެ އިންޑިޔާ މައިސަރުކާރަށް!

The name is already taken The name is available. Register?

މިއަދު

14 May 2022

އިންޑިޔާއިން ތިއެޅިފިޔަވަޅުން ރާއްޖެއަށް ގޮދަންފުއްލިބޭނީ ލޯނުއުސޫލުން ހިލޭ އެހީގެދަށުން

The name is already taken The name is available. Register?

އުމަރުބެ ބަނޑިދޫ

14 May 2022

ޔާމީން މިގައުމުން ބޭރުކުރަންވީ ފުރަތަމަ

The name is already taken The name is available. Register?

ކުރަންވީ

14 May 2022

ޔާމީން މިގައުމުން ބޭރުކުރީމަ އެއްކޮށް ގައުމު އަޅުވެތިކުރެވޭނެ އިންޑިއާއަށް. އެހެންވީމަ އަވަހަށް ޔާމީން ބޭރުކުރަންވީ. ދެން އުމަރުބެމެން ކަހަލަ މީހުން ހަލާލު ނޫން ގޮތުގަ ކަތިލާފަ ހުންނަ ކުކުޅުގެ ތަންދޫރީ ކައިކައިގެން ތިބޭނީ. އުމުރު ދުވަހަށް ގެރިމަސް ކެއުމަށްވެސް ސަލާން ބުނެފަ.

The name is already taken The name is available. Register?

އުމަރުކޮއްކޮ

14 May 2022

ޙިންދޫންގެ އަޅުވެތިވެގެން ގޮދަންފުށް ކާކަށް ބޭނުމެއްނޫން

The name is already taken The name is available. Register?

ފުށްފުރޭނި

14 May 2022

އިންޑިއާގެ ހުރިހާ އަވަށަކަށް ފުށްލިބޭނެއެއްނު؟؟؟ އެހެންނޫނަސް މިތާގަ މިއޮތްހާ އިންޑިއާ ސިފައިންނަށް ފުށްލިބޭނީ މި އަވަށަށްވެސް ފުށް ފޮނުވައިގެންނެއްނު؟؟؟

The name is already taken The name is available. Register?

އާނއެ

14 May 2022

ސިފައިން އެކަންޏެއް ނޫން. މިގައުމުގަ މިހާރު ފަތުރާލާފަ އޮތްހާ އިންޑިއާ ރެސްޓޯރަންޓްތަކާ އެމީހުންގެ ގެސްޓްހައުސްތަކުގެ ޚިދުމަތް ހުއްޓިއްޖެނަމަ އިންޑިއާ މީހުންނަށް ވަރަށް ގެއްލުންވާނެ.

The name is already taken The name is available. Register?

އަސް

14 May 2022

މިއޮއް ހުރިހާ ދުވަހު މިތަނަށް ފުއް ގެންނަނީ އިންޑިޔާ ސިފައިން ކާން ދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454