ދުނިޔެ

ސައޫދީ އާއި ގަލްފްގެ އެކި ގައުމުތަކުގައި ވެސް ޔޯގާ ދުވަސް ފާހަގަކޮށްފި

އަބޫ ދާބީގެ ޔޯގާ އިވެންޓްގައި މިނިސްޓަ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް ޝައިޚް ނަހްޔާން ބިން މުބާރަކް އަލް ނަހްޔާން ބައވެރިވެވަޑައިގަންނަވަނީ.

22 ޖޫން 2022 - 16:11

71 comments

ސައޫދީ އަރަބިއްޔާ އާއި ގަލްފުގެ އެކި ގައުމުތަކުގައި ވެސް އިއްޔެ އިންޑިއާގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެހީއާ އެކު ޔޯގާ ދުވަސް ފާހަގަކޮށްފި އެވެ.

މިދިޔަ ދެ އަހަރު ކޮވިޑް-19 އާ ހެދި ޔޯޔާ ދުވަހުގެ ހަރަކާތްތައް މަޑުޖެހިފައި އޮތުމަށް ފަހު މި އަހަރު ފާހަގަކުރީ ކުރިއަށްވުރެ ފުޅާކޮށެވެ. ގަލްފުގެ ގައުމުތަކުގައި ވެސް ވަނީ މީގެ ކުރިން ދުވަހަކު ވެސް މި ދުވަސް ފާހަގަ ނުކުރާހާ ބޮޑަށް މި ދުވަސް ފާހަގަކޮށް ގިނަ އަދަދެއްގެ މީހުން ޔޯގާގައި ބައިވެރިވެފަ އެވެ.

ޔޯގާ ދުވަސް މިފަހަރު އިންޑިއާގެ 75 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކާ ވެސް ދިމާވާތީ، މި ދުވަސް ފާހަގަކުރުމުގައި ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ މަޝްހޫރު އަދި ހާއްސަ ތަންތަނުގައި ޔޯގާ އިވެންޓް ބާއްވާފައިވެ އެވެ.

ސައޫދީ އަރަބިއްޔާގައި ވެސް، އެ ގައުމުގައި އުޅޭ އިންޑިއާ މީހުންގެ އިތުރުން އެކި ގައުމުތަކުގެ އާންމުންނާއި އެކި ގައުމުތަކުގެ ޑިޕްލޮމެޓުން ބައިވެރިވެފައިވެ އެވެ. ސައޫދީގައި މި އިވެންޓް ބޭއްވީ އެ ގައުމުގައި ހުންނަ އިންޑިއާ އެމްބަސީގެ ގޯތިތެރޭގަ އެވެ. ސައޫދީގައި ހުންނަވާ އިންޑިއާގެ ޗާޖް ޑިއެފެއާޒް އެން ރާމް ޕްރަސާދް ވިދާޅުވީ ޔޯގާ އަކީ އިންޑިއާ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު ސިއްހީ ދާއިރާއިން ގުޅުން ބަދަހިވުމުގެ ސަބަބަކަށް ވެފައިވާ ކަމަށެވެ.

ދުބާއީގައި އެ ގައުމުގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި އެތައް ސަތޭކަ އަންހެނުންނާއި އަންހެން ކުދިން ބައިވެރިވި ޔޯގާ ހަރަކާތް ފައްޓަވައިދެއްވީ އެ ގައުމުގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރެވެ.

އަބޫ ދާބީގެ ކްރިކެޓް ސްޓޭޑިއަމްގައި ބޭއްވި ޔޯގާ އިވެންޓްގައި މިނިސްޓަ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް ޝައިޚް ނަހްޔާން ބިން މުބާރަކް އަލް ނަހްޔާން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި އިވެންޓްގައި ނަހްޔާން ވިދާޅުވީ މިއީ އެކި ދީންތަކާއި ސަގާފަތުގެ މީހުން އެކުގައި އުޅުމަށް ބާރުއަޅާ ހަރަކާތެއް ކަމަށެވެ.

71 ކޮމެންޓް, 66 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 3%
icon angry icon angry 61%
icon wow icon wow 2%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްމާލި

26 June 2022

ނަމުގަ ކަސްރަތެއް، ކަމުން ހިދޫންގެ އިރުގެ ކަލާނގެއަށް ކުރާ ސަޖިދައިގެ އަމަލުތައް. ނަމުގައި ކަސްރަތެއް، އެކަމު ކަމުން ފާހަގަކުރަނީ އިންޑިއާ ގެ މިނިވަން ދުވަހާ ދިމާކޮށް. ނަމުގައި ކަސްރަތެއް އެކަމު ކަމުން ފެންނަނީ ހިންދޫންގެ އަމަލުތައް. މީވަރުންވެސް ވިސްނާ މީހަކަށް އެއްޗެއް ފަހުމް ވާ ވަރެއް ނުވޭތޯ؟

The name is already taken The name is available. Register?

ވިއްސާލި

27 June 2022

ނަމުން ދީން ހިމާޔަތް ކުރަނީ، ކަމުން އެގައުމު އައުޓު ކެމްޕޭން ކުރަނީ. ނަމުން އެގައުމު އައުޓު ކުރަނީ، ކަމުން ސިޔާސީ ސަޕޯޓު އިތުރުކުރަނީ. ނަމުން ސިޔާސީ ސަޕޯޓު އިތުރުކުރަނީ، ކަމުން ޖަރީމާތަކުން ރެކެނީ.

The name is already taken The name is available. Register?

ރޯޒަސް

26 June 2022

ސަލަފު މީހުން ބޯޓަކަށް ލާފައި ފޮނުވާ ތިކަން ހުއްޓުވަން.. އެއަރޕޯތަށް ދާ މަގުމަތީ ޕީޕީއެމް އޮފީހުން ފައިސާއާއި ދިދަކޮޅެއްވެސް ގެންދާތި.

The name is already taken The name is available. Register?

އެދުރުބޭ

26 June 2022

ޢިލްމު ވެރިންނަށް ބަދުބަސް ބުނާމީހުން އަބަދުވެސް އުޅޭ . މީ އާކަމެއްނޫން. އަބަދުވެސް ޖަދަލުކުރާ ޖާހިލުންއުޅޭނެ.

The name is already taken The name is available. Register?

ނަދުރުބޭ

27 June 2022

އިލްމާއި އެއްވަރަށް ހިލްމުވެސް ހުންނަންޖެހޭ. ބައެއް މީހުންނަށް ހީވާކަހަލަ ތިމަންނަމެން މިއުޅެނީ މުޝްރިކުންނާއިއެކު ޣައިރު މުސްލިމު ގައުމެއްގައޭ. މިތާގައި ދެންތިބީވެސް މުސްލިމު އަޚުންނާއި އުޚުތުން. އެގޮތަށް މުއާމަލާތްކުރަން ދަސްކުރޭ.

The name is already taken The name is available. Register?

އަފްގާނިސްތާން

25 June 2022

މިގައުމަގަތިބީ އަފްގާނިސްތާނު އިލްމުވެރިން. އެހެންވެ ހަމައާ ލަމަ އޮޅިފައި އެތިބީ!!!

The name is already taken The name is available. Register?

ޕޮގުބާ

25 June 2022

ޔޯގާ ހުކުމަކީ ރަޖަމް ކުރުން ސާފު ވެއްޖެތަ؟

The name is already taken The name is available. Register?

މުޙުއްމާ

25 June 2022

ސ‫ަޢުދީއާއި ޢަރަބި ޤައުމުތަކަކީ މިހާރު އެމެރިކާގެ ޕަޕެޓްން. އެމީހުންގެ ވެރިކަން ދިފާޢުކުރަން ޝިރްކް ކުރުމަކީ އެއްވެސް ޖެހިލުމެއްނެތި އެމީހުން ކުރާނެކަމެއް. މިއީ އންޑިއާ ހިންދޫ ދީން ދުނިޔެއަށް ފަތުރަން ކުރާމަސައްކަތުގެ ބޮޅެއް.

The name is already taken The name is available. Register?

މެހި

24 June 2022

އަދިކިރިޔާމިއެގެނީ މިމުޖުތަމައުގާވެސް ތަންދޮރުނުދަންނަ ބަޔަކުއުޅޭކަން ސިރުކަކީﷲނަހީކުރެއްވިހާކަންކަން ކުރަމުން ދިއުން ﷲއަށް އަޅުކަންކުރާ މީހާވެސް ސިރުކަށްއަރައިގަނޭ.

The name is already taken The name is available. Register?

ޖޫން

25 June 2022

ކަލޭ ވަރަށް މޮޅު. ވީއިރު ޔޯގާގެ ހުކުމަކީ ކޮބާ!

The name is already taken The name is available. Register?

ހަސީ

24 June 2022

ބަޔަކު ކުރިއަސް އަހަރެމެން ކުރާކަަށް ނުޖެހޭ.

The name is already taken The name is available. Register?

ޔޯގާގާ

24 June 2022

އެއީކީއްވެ؟ އެއީ ގޯސްކަމެއްނޫން. ﷲ ފިޔަވާ އެހެން ކަލަކު ނުވާކަމަށް ގަބޫލުކުރާހާހިނދަކު ޝިކުކަކަށް ނުވާނެ.

The name is already taken The name is available. Register?

މަސީ

25 June 2022

ސަބަބަކީ ކޮބާ!

The name is already taken The name is available. Register?

ވ‫ަރަށް މޮޅު

23 June 2022

‫މިއަށް ކިޔަނީ ފިކުރީ ހަނގރާމަ. ތިޔަ ބުނާ ޤައުމުތަކަކީ އިންޑިޔާ މީހުން ވަރަށް ގިނައިން ދިރިއުޅޭ ތަންތަން. ބޮޑަށް ބެލެވެނީ ތިޔަ ޤައުމުތަކުގެ ތިޔަ އިވެންޓްގައި ބޮޑަށް ބައިވެރި ވެފައިވަނީ އެމީހުންހެން. އެހެން ނޫނަސް ތިޔަ ޤައުމުތަކުގެ ރައްޔިތުނގެ ގޮތުގައި އެހެން ދީންތަކުގެ މީހުންވެސް އުޅޭ އަދި އެމީހުން އަޅުކަންކުރުމުގެ ހުއްދަ ވެސް އިވޭ. މި ޤައުމަކީ %100 މުސްލިމު ގައުމެއް. އެހެންވީމާ ތަފާތު. ބޯކާން ނޫޅޭ.

The name is already taken The name is available. Register?

ހަމަމޮޅު

25 June 2022

ކަސްރަތުކުރުން އިސްލާމްދީނުގައި މަނާތަ. ފިކުރީ ހަނގުރާމައެއް ކޮށްގެން އަހަރެންގެ އަގީދާ ބަދަލެއް ނުކުރެވޭނެ. ބުއްދި ސަލާމަތުންހުރިހާ ހިނދަކު އެއްކައުވަންތަ ކަލަކުވާކަން ގަބޫލުކުރާނަން. އަގީދާއާމެދު އެމީހަކަށް ސާބިތުކަންއޮތްހާ ހިނދަކު ބިރުގަންނަންޖެހޭ ސަބަބެއް ނޯންނާނެ.

The name is already taken The name is available. Register?

އެޗއރއެމް

23 June 2022

މުސްލިމުންނަށް ހުއްޖަތަކީ ކީރިތި ގުރުއާނާއި، ހަދީޘް އަދި އިލްމުވެރިންގެ އިޖުމާއު އާއި ގިޔާސް. އެހެން ގައުމުތަކުގައި ކަން ކުރާ ގޮތަކީ މުސްލިމުންނަށް ހުއްޖަތެއް ނޫން. މުޔަދު ސައުދީނއަރަބިއްޔާ އާއި ޔޫއޭއީ އަކީ އިސްލާމް ދީނުގެ ނަމޫނާ އަކަށް ބޭވަރަށް ވުރެން ދަށުދަރަޖައިގައިވާ ގައުތަކެއް.

The name is already taken The name is available. Register?

ޙހގފރތގ

23 June 2022

ތިއީ ކަލޭމެންގެ ކޮށިވިސްނުން

The name is already taken The name is available. Register?

ނޫންތަ

24 June 2022

އެޗްއރއެމް މެންނަށް ރަނގަޅުވާނީ އަފްގާނިސްތާން.

The name is already taken The name is available. Register?

މެނޭޖަރޫ

25 June 2022

އެޗއރއެމް ތިބުނީ އިސްލާމްދީނުގައި ކަން އޮންނަގޮތް. އެކަމަކު ކަންއޮންނަގޮތް އެނގުމަކުން އެކަނި ނުފުދޭ. މުހިއްމުވަނީ އެއަށް އަމަލުކުރުން. ޔޯގާގެ ހުކުމް ތިބުނިގޮތަށް އައިސްފައިވޭތަ؟ އިލްމުވެރިޔެއްގެ ބަހެއް ނޫން އޮންނަންޖެހެނީ. އިލްމުވެރިންގެ އިޖުމާއު. އެފަދަބަހެއްނެތި އިންސާނުންތަކެއްގެ ގަޔަށްބޮލަށް އަރައިގަނެ އަނިޔާކޮށް މުދަލަށް ގެއްލުންދިނުން ހުއްދަވާނެގޮތެއް ނުވިސްނޭ.

The name is already taken The name is available. Register?

ރޯޒަސް

26 June 2022

ކަލެއަށް ނަމޫނާއަކީ އަފްގާނިސްތާނާއި ސީރިޔާ

The name is already taken The name is available. Register?

ޖަލީލީ

23 June 2022

މުސްލިމުންނަށް ހުއްޖަތަކީ ކީރިތި ގުރުއާނާއި، ހަދީޘް އަދި އިލްމުވެރިންގެ އިޖުމާއު އާއި ގިޔާސް. އެހެން ގައުމުތަކުގައި ކަން ކުރާ ގޮތަކީ މުސްލިމުންނަށް ހުއްޖަތެއް ނޫން. ސައުދީ، ޔޫއޭއީ ތަންތަން ތީ ނަމޫނާ އަކަށް ބަލަން ހެޔޮވާވަރު ބައެއް ނޫން. ޔަހޫދީ ދައުލަތާ ބައިއަތު ހިފައިގެން އެމެރިކާ އަށް ބޯ ތިރި ކޮށްގެން އެތިބީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454