ދުނިޔެ / އީރާން

އީރާންގައި ފެން ބޮޑުވެ 70 މީހަކު މަރުވެ އެތައް ބަޔަކު ގެއްލިއްޖެ

އީރާންގެ ވެރިރަށް ތެހެރާންގެ އިރުން އޮންނަ ފީރޯޒްކޯ އަވަށަށް ކުރިމަތިވި ކިސަޑު ފޭބުމުގެ ހާދިސާގައި އެ އަވަށުގެ ބައެއް ގެތައް ކިސަޑުތަކުގެ ތެރޭގައި ވަޅުލެވިފައި. --އޭއެފްޕީ

01 އޯގަސްޓް 2022 - 12:18

2 comments

އީރާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ހަފުތާއަކަށް ވުރެ ގިނަ ދުވަހު ވާރޭ ވެހުމުގެ ސަބަބުން، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގައި، މަދުވެގެން 70 މީހަކު މަރުވެ އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިއްޖެ އެވެ.

ހުސްވި ޖުލައި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އީރާންގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުން ދާއިރު، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގެނބިގެން މަރުވި މީހުންގެ އަދަދު 50 އަށް ވުރެ މައްޗަށް އަރަ އެވެ. އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަތިން ތިރިއަށް ފައިބައިގެން ދިޔަ ވެލިތަކާއި ކިސަޑުތަކުގެ ތެރޭގައި ތާށިވެގެންނާއި ވަޅުލެވިގެން ވެސް ވިއްސަކަށް މީހުން މަރުވި އެވެ.

އީރާންގެ ރަސްމީ ނޫސް އޭޖެންސީން ބުނާ ގޮތުގައި އެ ގައުމުގެ 31 ޕްރޮވިންސްގެ ތެރެއިން 24 ޕްރޮވިންސެއްގައި މިހާރު ވަނީ ފެން ބޮޑުވެފަ އެވެ. ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން 45 މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވާ އިރު، 20 ހާހަށް ވުރެ ގިނަ ގެ ވަނީ ދިރިއުޅުން ދަތިވާ ވަރަށް ހަލާކުވެފަ އެވެ.

އީރާންގެ ވެރިރަށް ތެހެރާންގެ އިރުން އޮންނަ ފީރޯޒްކޯ އަވަށަށް ކުރިމަތިވި ކިސަޑު ފޭބުމުގެ ހާދިސާގައި އެ އަވަށުގެ ބްރިޖެެއްގެ ކައިރިއަށް ކިސަޑުތައް ޖަމާވެފައި. --އޭއެފްޕީ

ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގެ ތެރެއިން އެންމެ ބޮޑަށް ފެން ބޮޑުވެފައިވަނީ ވެރިރަށް ތެހެރާން ހިމެނޭ ސަރަހައްދުގަ އެވެ. ތެހެރާންގެ އަލްބުރްޒް ފަރުބަދައިގެ ބުޑުގައިވާ އިމާމްޒާދާ ދާވޫދު އަވަށުގައި ފެން ބޮޑުވެ އެ އަވަށުން އެކަނިވެސް 19 މީހަކު މަރުވެ ފަސް މީހަކު ވަނީ ގެއްލިފަ އެވެ. އޭގެ އިތުރުން އީރާންގެ އުތުރުގައި އޮންނަ މަޒަންދަރަން ޕްރޮވިންސާއި މެދުތެރޭގެ ޔަޒްދު ޕްރޮވިންސްގައި ވެސް ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ.

ޔަޒްދު ޕްރޮވިންސްގައި އޮންނަ ގަދީމީ ސަހަރެއް ކަމަށްވާ ޔަޒްދު އަކީ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ޔުނެސްކޯ އިން ހިމަނާފައިވާ ސަހަރެކެވެ. އެ ސަހަރުގައި ހުންނަ މަށިން ހަދާފައިވާ ގެތަކާއި ހަނި ގޯޅިތަކުގެ ސަބަބުން، ފެންބޮޑުވުމުގެ ހާދިސާތަކުގައި އެ ސަހަރަށް ލިބޭ ގެއްލުން އެތައް ގުނައަކަށް އިތުރުވެގެންދެ އެވެ.

އީރާންގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ޖާވިދު ސާދާތިންޖާދު ވިދާޅުވި ގޮތުގައި މިއަހަރުގެ ވިއްސާރަ މޫސުމުގައި ވެހެމުންދާ ބޯ ވާރޭގެ ސަބަބުން، އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވަނީ ދަނޑުވެރިންނަށެވެ. ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ދަނޑުބިންތަކަށް ލިބުނު ގެއްލުން، 200 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާންގެ ވެރިރަށް ތެހެރާންގެ އިރުން އޮންނަ ފީރޯޒްކޯ އަވަށަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި ހަލާކުވެފައިވާ ގެތަކުގެ ބައިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކުރަނީ. --އޭއެފްޕީ

އޭގެ އިތުރުން އެތައް ހާސް ނައަމް ސޫތްޕެއް ވަނީ ބޮޑުވެފައިވާ ފެންގަނޑުގެ ތެރެއަށް ގެނބިގެން މަރުވެފަ އެވެ. އަދި ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑި ފޯނުގެ ޚިދުމަތަށް ވެސް ބުރޫ އަރައިފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް، އީރާންގެ އުތުރު އަދި ދެކުނު ޕްރޮވިންސްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ، އާންމު ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ވެސް، އީރާން ސަރުކާރުން ވަނީ އަންގައިފަ އެވެ. އޭގެ އިތުރުން ޑޭމްތައް ހަދާފައިވާ ބައެއް ސަރަހައްދުތަކުގެ ކޯރުތަކުގެ ފެންގަނޑު ބޮޑުވެ ބަންޑުން ހިނގައިދާނެ ކަމުގެ ބިރު އުފެދިފައިވާތީ، ފާސް އާއި ކެރްމާން އާއި ސިސްތާން އަދި ބަލޮޗިސްތާން ޕްރޮވިންސްގައި ދިރިއުޅޭ އާންމުން ސަމާލުވެ ތިބުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 75%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަނދޭ

01 August 2022

މުޖޭ ވިދާލުވަނީ ކީކޭތޯއެވެ.

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

01 August 2022

މަރުވެދިޔަ މީހުނަށް ﷲ ހެއު ރަހުމަތް ލައްވަވާށި. މިފަދަ ގުދުރަތީ މުސީބާތްތަކުން އެންމެހައި މީސްތަކުން ސަލާމަތްކުރައްވާށި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454