16 އޮކްޓޯބަރ 2022 - 11:59
ޔޫކްރޭންގައި ހަނގުރާމަ ކުރުމަށް ތަމްރީން ކުރަމުން ދިޔަ ރަޝިޔާގެ ސިފައިންތަކެއްގެ ތެރެއަށް އިއްޔެ ބަޔަކު ހަމަލާ ދީ 11 މީހަކު މަރާލައި އިތުރު 15 މީހަކު ޒަޚަމްކޮށްލައިފި އެވެ.
ރަޝިޔާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ހިލޭ ސާބަހަށް ހަނގުރާމައަށް ދާން ތަމްރީން ވަމުން ދިޔަ ސިފައިންތަކެއްގެ ތެރެއަށް ހަމަލާ ދިނީ ހަތިޔާރު އަޅައިގެން ތިބި ދެ މީހެކެވެ. ރަޝިޔާގެ ބެލްގޮރޮޑް ސަރަހައްދުގައި ހުރި ސިފައިންގެ އަސްކަރީ މަރުކަޒަށް ހަމަލާ ދިން ދެ މީހުން އެ ތަނަށް ވަދެ ހަމަލާ ދޭން ފެށުމާ އެކު، އެ މަރުކަޒުގައި ތިބި ސިފައިން ވަނީ ރައްދު ހަމަލާ ދީފަ އެވެ.
ނަމަވެސް ހަމަލާ ދިން ދެ މީހުން މަރައިލެވުނު އިރު، ތަމްރީން ހަދަމުން ދިޔަ ސިފައިންގެ ތެރެއިން 11 މީހަކު މަރުވެ އިތުރު 15 މީހަކު ޒަޚަމްވެއްޖެ އެވެ. ރަޝިޔާގެ ނޫސްތަކުން ބުނާ ގޮތުގައި އެ މަރުކަޒަށް ހަމަލާ ދިނީ ކުރީގެ ސޮވިއެޓް ޔޫނިއަންގެ ގައުމެއްގެ ދެ މީހެކެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް ނުބުނެ އެވެ.
ހަމަލާ ދިން ދެ މީހުން ވެސް އެ މަރުކަޒުގެ ތެރެއަށް ވަނީ، ރަޝިޔާ ސިފައިންގެ އޮފިސަރުން އަޅާ ކަހަލަ ޔުނީފޯމް އަޅައިގެން، ފިސްތޯލައާ އެކުގަ އެވެ. އެހެންކަމުން އެމީހުން އެތަނަށް ވަނަ ނުދީ ހުއްޓުވުމަށް، އެ މަރުކަޒުގެ ސަލާމަތީ ކަންތައް ބަލަހައްޓާ ސިފައިން ވެސް މަސައްކަތެއް ނުކުރެ އެވެ.
ބެލްގޮރޮޑް ސަރަހައްދުގައި މި ހަމަލާ ދިން އިރު، އެ ސަރަހައްދުގެ ކަރަންޓު ވިއުގަތަކަށާއި ތެޔޮ ވިއްކާ ސްޓޭޝަންތަކަށާއި ހަތިޔާރު ގުދަންތަކަށް ހަމަލާ ދިނުން މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެ ސަރަހައްދުގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި އެފަދަ ހަމަލާތަކުގެ ފަހަތުގައި އޮތީ ޔޫކްރޭނެވެ. ނަމަވެސް ޔޫކްރޭނުން އެފަދަ އެއްވެސް ހަމަލާއެއްގެ ޒިންމާއެއް މިހާތަނަކަށް ނުއުފުލަ އެވެ.
ޔޫކްރޭނަށް ފޮނުވަން ތަމްރީންކުރާ ސިފައިންތަކެއް މި މަރައިލީ، އެ ހަނގުރާމަ އަށް ރަޝިޔާގެ ސިފައިން ފޮނުވުމަށް ރައީސް ލަޑިމިއާ ޕުޓިން އަމުރު ކުރެއްވުމާ ގުޅިގެން، އެކަމާ ދެކޮޅަށް ރަޝިޔާގެ ބައެއް ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ރިޒާވް ލަޝްކަރުގެ 300000 ސިފައިން ޚިދުމަތަށް ނެރުމަށް ފަށާފައިވާ މަޝްރޫއުގެ ތެރެއިން މިހާތަނަށް 220000 ސިފައިން ވަނީ ތަމްރީންތަކަށް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންޓި އިދުރީސް
18 October 2022
އިދުރީސް ރަންކޮޅާ ކޮންތާކުން ތަހުލީލު ކޮށްފައި ދައްކާވާހަކަ ތަކެއްތީ؟ މި އިދުރީސް އާއި ލެއްގި ކޮމިޝަނަރ އަކީ ކޮމެންޓްކުރާއިރު ހަދަހަދައއިގެން ވާހަކަ ދައްކާ ބައެއް އެކަކުބުނެފާނެ ޓްރަމްޕު ބުންޏޭ އީރާނަކީ އަމާޒަށް ބަޑި ޖަހަންނޭގޭ ބަޔަކޯ ބުނާއިރު އެއީކީ ޓްރަމްޕު ބުނިބަހެއްވެސްނޫން އަދި އެއްވެސް ޖެނަރަލަކު ދެއްކިވާހަކަ އެއްވެސް ނޫން ދެންމި އިދުރީސް ދައްކާވާހަކައިން ހީހީހަލާކު ވެދާނެ ބަޔަކު 60,000 ފ މައްޗަށް ފްލައިޓް ދެވެޔޯ
ގިތެޔޮ ގުޅިން ނެގި ލޯބި
18 October 2022
އެކަމަކު އިދުރީސްބެ ބުނާ ގޮތުން އަހަރެމެން މީ ސަހަރާގެ ހިރަފުސް ބުރާފަ ތިބޭ ބައެކޯ..
ސަލީމު އިދުރީސް
18 October 2022
އީރާނުގެ ވާހަކަޔަކީ ސައްދާމުގެ ބޮޑުބަޑި ކަހަލަ ވާހަކަތަކެއް!މިހެން މިބުނީ އީރާނުން ހަވާފަޓަހެވަރު ރޮކެޓެއް 30 ސިކުންތުރޭ 60000 ފޫޓައް ފޮނުވާލިމަ އީރާނު މޮޅުކޫރާ މީހުނައް ނޭގޭބާ! ފަސްދޮޅުހުގެ އަހަރުތަކޫތޭރޭ ސިކުންތަކު 6 ކިލޯމީޓަރު ވަރު އަޑައްވުރެ ދެގުނަބާރައް ދުވާ ސަތޭކަމީހުނައް ދަރުކެވޭ ބޮޑު މަތިންބޯޓެއް ހުޅަނގުން އުފައްދައިގެން 2003 ހަމަޔައް ޔޫރަފާ އެމެރީކާ ދޭތެރޭ ސެޑިއުލް ދަތުރު ކުރިކަން! މިހެން ވީމަ އަދި އިރާނު ތިއުޅެނީ ވަރައް ޅަފަދުގައި
ބޯހަލާކު ވެދަނެ
18 October 2022
މޮޔަނޮގޮވާ ހުރެބަލަ އިދުރީސް 60,000ފ މައްޗައް 30 ސިކުންތުނުވެ އީރާނުން ފޮނުވާލި މިސައިލާއި އެއްވަރަކަށް ދެވޭނެ މަތިންދާބޯޓެއްނުހުންނާނެ. ކަލޭ ހަމަތަ އަނެއްކާ ލަދެއްވެސް ނުގަނަޔޭ ބުހުތާން ދޮގުހަދާ ކޮމެންޓް ކުރާކަށް ކަލޭދޭބަލަ ގުރައިދޫއަށް ކަލޭތީ ފައްކާ މޮޔައެއް ބަލަ މިޒަމާނުގައިވެސް މީހުން އަރުވައިގެން ދަތުރުކުރާ އެއްވެސް ފްލައިޓަކަށް 60,000 މަތިން އުދުހުމުގެ ގާބިލުކަމެއްނެތް ގޫގުލް ސާޗްކޮށް ދަސްކޮށް ބަލަ ރަންކޮޅާ
ސަލީމު އިދުރީސް
19 October 2022
މަގޭނުބުނަންދޯ އެމިސައިލާ އެއްރައް ދަތުކުރެކޭ އެވަރު ކުޑައެއްޗަކާ ބަލާފަ ސަތޭކަ މީނުން އުފުލޭ މަތިންދާބޯޓެއް އަޑައްވުރެ ދެގުނަބާރައް ދަތުރު ކުރާއިރު މީހުން އުފުލޭގޮތައް އުފެއްދުން އެއީ އެޒަމާނުގަވެސް ދުނެއެ ކުރިއާފަވާވަރޭ! ދެއްމިހާރު ތިރު ކުޑަ އޮބުޖެއްޓެއް އަޑައްވުރެ ފަސްގުނަ ބާރައް ދިއަސް ހައިރާވާން ނުޖެހެޔޭ! ރީތިކޮން ދޭތި ދަތުކޫރާ ބާރުމިން ލިއުނީމަ ތަފާތުނޭގި ދިމާކުރީމަ އެގިއްޖެ ތިކީހާވަރެއްގެ ބަޔެއްކަން!
ރައްޒާގު
17 October 2022
ބީރުބޮލު ވަޒީރާ، ރަދީފްއޮފިޝަލް، އަދި އަފްރާސިޔާބު ބޭނުންވާގޮތް ވާންއުޅޭހެން ހާދަ ހީވެޔޭ. މިހާރު އީރާން އެވަނީ ރަސިޔާއާ ބައިވެރިވެގެން ޔޫކްރޭނަށް ހަމަލާދެމުން. މިގޮތަށް ފަހަރަކު ބަޔަކު ބައިވެރިވަމުންގޮސް 3 ވަނަ ބޮޑު ހަގުރާމަ ފެށިއްޖެނަމަ ރާއްޖެޔަށް މިގޮތައް މިނިވަން ގައުމެއްގެ ގޮތުގަ އޮވެވޭނެކަމަކަށް ގަބޫލެއް ނުކުރެވެ. އޭގެ އިތުރުން ދުނިޔޭގެ އިގްތިސާދު ފުނޑޭއިރު އަހަރެމެންގެ ހާލަތާމެދު އަޅާލާނީ ކޮންބައެއްބާ.
ސަލީމު އިދުރީސް
17 October 2022
ޔޫރޭނު ހަގޫރާގަ އެހެންބަޔަކު ބައިވެރި ވާވާހަކަ ކިޔަނީ ރޫސީންގެ ލަދުފޮރުވަން! މިނިވަން މީޑިއާނޯންނަ ގައުތަކުން ފާތޫރާ ފުރެފެންޑާ އޮޅޭވަރައްވުރެ ސަލީމު އިދުރީސް ދުނިއޭގެ މައުމާތު ތެދާ ދޮގުވަކި ކުރަން އެނގޭ!
ރަދީފްއޮފިޝަލް
16 October 2022
މަމެންގެ ޕުޓިން ބޭބޭ ގެ ރައްދު ހަމަލާގަ 44 މަރު.ބަދަލު ހިފާނީ މިހެން.ވ.ވެދުން
ރައްޒާގު
17 October 2022
ވަރަށް އުފާވެއްޖެ ދޯ.
ބީރުބޮލު ވަޒީރު.
16 October 2022
އެމެރިކާ ބޭނުންވީވެސް ޔޫކުރޭނަށް ނޭޓޯގެ މެމްބަރުކަންދީފަ މިގޮތަށް ޓެރަރިސްޓް ގުރޫޕުތައް ރަސިއާގެ ތެރެއަށް ވައްދައިގެން ރަސިއާ ހަލާކުކޮށް ބައިބައިކޮށްލަން. ޕޫޓިނަށް އެކަން ވިސްނޭތީ ދުރާލާ ފިއަވަޅުއެޅީ. ރަސިއާ މީހުނަށް ފައިސާދީގެންވެސް އެމެރިކާ މިކަހަލަ ކަންތައްތައް ކުރާނެ. ދުނިޔޭގެ ވެރިކަން ކޮންޓްރޯލްކޮށް ގައުމުތައް އަނދަގޮނޑި ނުޖެހިގެން އުޅެނީ ރަސިއާ އަދި ޗައިނާ އާއި އީރާންކަހަލަ ބައެއް ގައުމުތަކުގެ ސަބަބުން.
މުރާސިލް
16 October 2022
ކުރީގެ ސިވިއެޓް ޔޫނިއަންގެ ބައެކޭ ތިކިޔަނީ ޔޫކްރެއިން ބޮލުގަ އަޅުވަން. ރަސިޔާގެ ރައްޔިތުން ތިކަމާ ދެކޮޅުއިރު އެއީ ރަސިޔާ ސިފައިންގެ ބަޔަކާ ވައްތަރީ.
އަފްރާސިޔާބު
16 October 2022
މުރާސިލުން ޚަބަރުދޭ ގޮތުގައި ސީރިޔާއާއި އިރާގުގައި އެގައުމުގެ ސަރުކާރުތައް ވައްޓާލަން ހަނގުރާމަ ކުރަމުންދިޔަ އައި.އެސް.އި.އެސް އަށް ނިސްބަތް ޔޫރަޕުގެ 400 ޓެރަރިސްޓުން ނޭޓޯ އިން އެއަރލިފްޓް ކޮށްގެން ޔުކްރޭނަށް ގެންގޮސްފައިވޭ. އޭގެ ތެރޭގައި ޕޮލެންޑް، ޖާމަން، ނެދަލެންޑް، އިނގިރޭސި، ފަރަންސޭސި، ޖޯޖިއާ، ސޮލަވާކިއާ އަދި ސާބިއާގެ މީހުންވެސް ހިމެނޭ. ނޭޓޯ ބަލިވެއްޖެކަން އެތާނގެ ސޖ ވަރަށް އަސަރާއެކު ނޫސްވެރިންނަށް ކިޔާދީފި.އެކަމަކު ހަތިޔާރު ފޮނުވާނަމޯބުނީ
އިންޓަލް 1
16 October 2022
ރަޝިއާއިން ޔޫކްރެއިންގެ އެތެރެއަށްދޭ ޑްރޯން ހަމަލާއާއި އެޑްރޯންތަކުން ވީއްލާ މިސައިލުގެ ހަމަލާތައްދީ ރަޝިއާ ސިފައިން ނޫންކަން ކަށަވަރުވެއްޖެ އެހަމަލާތައްދެނީ އީރާން ގެ ރިވޮލިއުޟަނަރީ ގާޑުގެ އެރޯސްޕޭސް ޔުނިޓަކުން ރަޝިއާ އަށް އީރާންގެ ސިފައިންގެ ހާއްސަ ފައުޖެއް ސިއްރުން ފޮނުވާފައިވޭ އެޑްރޯންތަކުގެ ފަންޝަންތައް ޕާރިސިޔާގެ ބަހުން ހުންނާތީ ރަޝިއާ ސިފައިންނަށް އެޑްރޯންތައް ޔޫސްކުރާކަށްނޭގޭ
ޕިރްލޯ
16 October 2022
ހަމަ ޖެހޭ ވާހަކަ ދައްކަބަލަ
އަފްރާސިޔާބު
16 October 2022
ސްޓްރެޓެޖިކަލީ ތިއީ މައްސަލައެއްނޫން. ނޭޓޯގެ 27ގައުމާ އިދިކޮޅަށް ރަޝިޔާ ކުރާ ހަނގުރާމައިގާ އީރާނުގެޑްރޯން އުދުއްސަން އީރާނުގެސިފައިން ތިބުން ގޯހެއްނޫން. އެނގިލައްވާތޯ ދުނިޔޭގައި އަނިޔާވެރިކަން ޢާންމުވެއްޖެ ހިނދެއްގައި އެކަންހަމަޔަކަށް އަޅުވަން އަބަދުވެސް ކޮންމެވެސްމީހަކު ނުކުންނަކަން. وﷲاعلم. ޔޫރަޕުގެ ފޮރިން ޕޮލިސީގެ ވެރިޔާގެހިތުގައި ޔޫރަޕު/އެމެރިކާ ނޫން މީހުންނަށް ހަސަދަ އޮތްވަރަކީ ވިދާޅުވީ ޔޫރަޕަކީ ދުނިޔޭގެ ބަގީޗާއޭ އެނޫން ތަންތަނަކީ ޖަންގަލްއޭ
ބީރުބޮލު ވަޒީރު.
16 October 2022
ޝުކުރިއްޔާ އަފްރާސިޔާބު. މިހަނގުރާމައިގާ ރަސްމީކޮށް އީރާން ބައިވެރި ނުވިއަސް ރަސްމީ ފެންވަރުގަ އެދަނީ ބައިވެރިވަމުން. ބޭނުމަކީ ހަތިއާރުތަކުގެ އަޖުމަ ބެލުން. އެއަށްފަހު އިތުރަށް އެޑުވާންސްކުރުން. އެމެރިކާ އީރާނަށް ވަރަށް އިންޒާރުދިން. މިހާރު އާދޭސްވެސްކުރޭ ރަސިއާއަށް އެއްބާރުލުން ނުދޭށޭ ކިއައިގެން. އެކަމަކު އީރާން އަޑެއް ނޭހި.
ތުފުރެމެން
17 October 2022
@އަފްރާސިޔާބު..ތިވާހަކަ ސަލީމު ބެއްޔާއެއް ޤަބޫލެއް ނުކުރާނެ..އެއީ ސަލީމުބެ ބުނަނީ އަބަދުވެސް ޔޫރަޕަށާއި އެމެރިކާއަށް ހަސަދަ ލަނީ ސަހަރާގެ ހިރަފުސް ބުރާފަތިބި އަތިރިއަށް ބޮޑުކަމު ގޮސްގެން އުޅުނު ދިވެހިންނޯ..