ދުނިޔެ / ޓެރަރިޒަމް

ގުދުސްގައި އިޒްރޭލާ ދެކޮޅަށް ބޮމުގެ ދެ ހަމަލާއެއް ދީފި

ނޮވެމްބަރ 23، 2022: ގުދުސްގެ ބަސް ސްޓޮޕެއްގައި އެއްޗެއް ގޮއްވައިލުމާ ގުޅިގެން، އިޒްރޭލު ފުލުހުން އެ ސަރަހައްދުގައި ސަލާމަތީ ކަންތައް ބަލަހައްޓަނީ. --އޭއެފްޕީ

23 ނޮވެމްބަރ 2022 - 13:00

2 comments

ގުދުސްގެ ދެ ބަސް ސްޓޮޕެއްގައި ބާރު ގަދަ ދެ އެއްޗެއް މިއަދު ހެނދުނު ގޮއްވާލައި އެކަކު މަރާލައި އިތުރު އެތައް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.

މި ހާދިސާގައި ޒަޚަމްވި މީހުން ގެންދިޔަ އިޒްރޭލުގެ ހޮސްޕިޓަލުތަކާއި އިޒްރޭލު ފުލުހުންނާ ހަވާލީ ނޫސްތަކުން ބުނެފައިވަ ގޮތުގައި، މި ދެ ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު މިހާތަނަށް 25 އަށް އަރާފައިވާ އިރު، އޭގެ ތެރޭގައި ހާލު ވަރަށް ސީރިއަސް މީހުން ވެސް ހިމެނެ އެވެ. ބައެއް މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ އިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުނެ އެވެ.

އިޒްރޭލު ފުލުހުން ބުނީ މިއީ ފަލަސްތީނުގެ ބަޔަކު ދިން ހަމަލާއެއް ކަމަށް ޝައްކުކުރެވޭ ކަމަށެވެ. އަދި މި ހަމަލާ ދީފައިވަނީ، އަމިއްލައަށް ބަޔަކު އުފައްދާފައިވާ ގޮވާ އެއްޗެއް ބޭނުންކޮށްގެން ކަމަށާއި، އެ އެތި ގޮއްވާލާފައިވަނީ ރިމޯޓް ކޮންޓްރޯލެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ގުދުސްގައި މި ދެ ހަމަލާ ދިނީ، ހުޅަނގު އައްސޭރީގެ ނާބުލްސްގައި އިޒްރޭލު ސިފައިން ބަޑި ޖަހައި ފަލަސްތީނުގެ 16 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލިތާ ގަޑިއެއްހާއިރު ފަހުންނެވެ. މިއީ އެތައް އަހަރެއްގެ މެދުކެނޑުމަކަށް ފަހު ގުދުސްގައި ދިން މިފަދަ ފުރަތަމަ ހަމަލާއެވެ.

މީގެ ތެރެއިން ފުރަތަމަ ހަމަލާ ދިނީ ގުދުސް އިން ބޭރަށް ނުކުމެވެން އޮންނަ ހައިވޭ އަށް ނުކުމެވޭ ސަރަހައްދުގައި ހުރި ބަސް ސްޓޮޕެއްގަ އެވެ. މިއަދު ދިން ދެ ހަމަލާގެ ތެރެއިން އެންމެ ގިނަ މީހުން ޒަޚަމްވީ ވެސް، އާންމު ގޮތެއްގައި ވެސް ކާރުބާރު ބޮޑު އެ ބަސް ސްޓޮޕްގައި ދިން ހަމަލާގަ އެވެ.

ނޮވެމްބަރ 23، 2022: ގުދުސްގެ ބަސް ސްޓޮޕެއްގައި އެއްޗެއް ގޮއްވައިލުމާ ގުޅިގެން، އިޒްރޭލު ފުލުހުން އެ ސަރަހައްދުގައި ސަލާމަތީ ކަންތައް ބަލަހައްޓަނީ. --އޭއެފްޕީ

އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގެ ބައެއް އަވަށްތަކަށް އަރައިގަނެ، މީގެ ދެ މަހެއްހާ ދުވަސް ކުރިން ފެށިގެން ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 19 މީހުން ޝަހީދުވެ 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ހުޅަނގު އައްސޭރި އާއި ގުދުސްގައި އިޒްރޭލު ސިފައިން މިއަހަރުގެ ތެރޭގައި ދިން އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 130 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ އެވެ.

މިއީ އިޒްރޭލު ސިފައިންގެ އުދުވާނީ ހަމަލާތަކުގައި، 2006 ވަނަ އަހަރަށް ފަހު، ފަލަސްތީނުން އެންމެ ގިނަ މީހުން ޝަހީދުވި އަހަރެވެ. ފަލަސްތީނު މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިޒްރޭލުގެ 25 މީހަކު ވެސް މިއަހަރުގެ ތެރޭގައި ވަނީ މަރުވެފަ އެވެ.

އިޒްރޭލުގައި އަލަށް އެކުލަވައިލާ ސަރުކާރުގެ ދާޚިލީ ވަޒީރުގެ މަގާމަށް އައްޔަން ކުރާނެ ކަމަށް ބެލެވޭ، ޔަހޫދީ ހަރުކަށި ފިކުރުގެ އިތަމާރު ބެން-ގްވީރު ވިދާޅުވީ، މިއަދު ދިން ފަދަ ހަމަލާތައް ހުއްޓުވުމަށްޓަކައި ފަލަސްތީނު މީހުންނާ ދެކޮޅަށް މިހާރަށް ވުރެ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ބުނެފައިވަނީ، މިއަދު ދިން ހަމަލާއަކީ ވަރަށް ހިތްވަރުގަދަ ބަޔަކު ތަންފީޒު ކުރި ފުރިހަމަ ހަމަލާއެއް ކަމަށެވެ. މިއަދު ދިން ދެ ހަމަލާގެ ޒިންމާ އުފުލުމެއް ނެތި، ހަމާސް އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާނީ އަމަލުތަކުގެ އަގު އިޒްރޭލުން މިހާރު އެދަނީ ދައްކަމުންނެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމު އިދުރީސް

24 November 2022

ތިއާކީ ފަލަސް ދީނައް މިވަންކަން ހޯދޭނެ ގޮތެއް ކަމުގަނުދެކެން! އަޅުގަނޑުމީ ކުރީޒަމާނުގެ ހަނގުރާމަތަކުގެ ކުރިގޮތް ތަކާ މިހާރުގެ ހަގުރާތައް ކުރަގޮތާ ހަތިޔާރު މަޖައްލާތައް ކިޔާމީހެއެއް! ހެގޮތުން އިސުލާމުން ކުރި ހަނގޫތަކައް ބާލާއިރު ހަނގުރާމާގަ މަކާރާ ހީލަތް ހެދުމަކީ ހުއްދަކަމެކަން އެގެންބޮތް! ވީމަ މިހާރުން ސުރެ ހުޅަގާ އަރަބިން ފިކުރީ ހަނގުރާމަޔެއް ކޮއްފިނަމަ އެޒުރޭލު ނަގާ ޑަސްޕިނައްލައިފަ ފަލަސް ދީނު މިނިވަން ކުރާނެ ކަންޔަގީން! އެގޮތް ނޭގެންޏާ މާގޭގާ

The name is already taken The name is available. Register?

ދިރުމޭ ހިތުގެ

23 November 2022

އައުޗް. ހިތަށް ތަދުވެއްޖެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454