ދުނިޔެ / މެލޭޝިއާ

މެލޭޝިޔާގެ ބޮޑުވަޒީރުކަން އަންވަރަށް ދެއްވައިފި

24 ނޮވެމްބަރ 2022 - 12:05

4 comments

މިދިޔަ ހޮނިހިރު ދުވަހު މެލޭޝިޔާގައި ބޭއްވި އާންމު އިންތިޚާބުގައި، އެ ގައުމުގެ އެއްވެސް ޕާޓީއަކަށް ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ނުލިބުމާ ގުޅިގެން، އެ ގައުމުގެ ރަސްގެފާނު އަބްދުﷲ، އާ ބޮޑުވަޒީރުގެ މަގާމަށް، އަންވަރު އިބްރާހީމް މިއަދު އައްޔަން ކުރައްވައިފި އެވެ.

މިފަހަރުގެ އިންތިހާބުގައި، މިހާރު ވެރިކަން ކުރާ ކޯލިޝަން އާއި އިދިކޮޅު ކޯލިޝަނުން ވާދަކޮށްގެން ވެސް، އެއްވެސް ކޯލިޝަނަކަށް ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތެއް ނުހޯދުނެވެ. އަންވަރު އިބްރާހީމްގެ އިދިކޮޅު ކޯލިޝަން (ޕަކަޓަން ހަރަޕަން) އިން ގިނަ ގޮނޑި ކާމިޔާބުކުރި ނަމަވެސް، ސަރުކާރެއް އެކުލަވައިލެވޭ ވަރުގެ އަގުލަބިއްޔަތެއް ނުހޯދުނެވެ.

މަޖިލީހުގެ ޖުމްލަ 222 ގޮނޑީގެ ތެރެއިން އަންވަރުގެ ކޯލިޝަނަށް ކާމިޔާބުކުރެވުނީ އެންމެ 82 ގޮނޑި އެވެ. އަދި އޭރުގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީންގެ ޕެރިކަޓަން ނެސިނިއޮލް ކޯލިޝަނަށް ކާމިޔާބު ކުރެވުނީ އެންމެ 73 ގޮނޑި އެވެ.

މި ނަތީޖާތަކަށާއި ގައުމުގެ މިހާރުގެ ހާލަތަށް ރިއާޔަތް ކުރެއްވުމަށް ފަހު، ބޮޑުވަޒީރުގެ މަގާމަށް އަންވަރު އައްޔަންކުރައްވަން ރަސްގެފާނު ނިންމެވީ، އަގުލަބިއްޔަތު ނުލިބުނު ނަމަވެސް، އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އަންވަރުގެ ކޯލިޝަނުން ކަމަށްވާތީ އެވެ. ކުރިން ބޮޑުވަޒީރުގެ ނައިބުގެ މަގާމު ފުރުއްވުމަށް ފަހު، ތަފާތު ތުހުމަތުތަކެއްގައި 10 ވަރަކަށް އަހަރު ޖަލުގައި ވެސް ހޭދަކުރެއްވި އަންވަރަށް، މެލޭޝިޔާގެ ވެރިކަން މި ލިބިވަޑައިގަތީ އެ މަގާމު ހޯއްދެވުމަށް މަސައްކަތް ކުރައްވާތާ އެތައް އަހަރެއް ފަހުންނެވެ.

އަންވަރުގެ ކޯލިޝަނަށް އަގުލަބިއްޔަތު ނުލިބުނު ނަމަވެސް، ގިނަ ގޮނޑި ކާމިޔާބުކުރުމާއެކު، ބައެއް ކުދި ޕާޓީތަކުންނާއި، އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވުނު ބައެއް ޕާޓީތަކުން ވެސް މިހާރު ވަނީ އަންވަރުގެ ސަރުކާރަށް ތާއީދުކުރަން ނިންމައިފަ އެވެ. ރަސްގެފާނު އަބްދުﷲގެ ކުރިފުޅު މަތީގައި، އަންވަރު މަގާމުގެ ހުވައި ކުރެއްވުން އޮންނާނީ މިއަދު ހަވީރު 5:00ގަ އެވެ.

4 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 29%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

hasn

24 November 2022

މަރްހަބާ އަންވަރު . ވަރަށް ކުރިއްސުރެ ކުރަމުން އައި އުންމީދެއް ! ޖަލުގެ ތޭރިތަކުން ވެރި ކަމަށް . އިހްލާސް ތެރި ހަރުދަނާ ބޭފުޅުން އަބަދު ވެސް ދިންނަވާނެ . . .

The name is already taken The name is available. Register?

މަރުހަބާ

24 November 2022

މަރުހަބާ. ހިތްވަރާއި ހިންމަތާއި ކެތްތެރިކަމުގެ ނަތީޖާ. މެލޭސިޔާއަށް ފާގަތި މުސްތަގުބަލަކަށް އެދެން. އަންވަރުގެ ޒައާމަތުގައި ރާއްޖެއާއި މެލޭސިޔާގެ ގުޅުން ބަދަހިކޮށް ދެގައުމުގެ ރައްޔިތުންގެ އެކުވެރިކަަން އާލާކޮށް، ދެގައުމުގެ ރައްޔިތުންނަށް ފައިދާވާނެކަމަށް އުންމީދުކުރަން.

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

24 November 2022

މަހާތީރުގެ ވެރިކަމުގަ މިސޮރަށް ހާދަވަރެއް ކޮށްލިއޭ. އެންމެފަހުން ބޮޑުވަޒީރުކަންވެސް ލިބުނީ. މިރާއްޖޭގެ ބޮޑުވަޒީރު އަދިވެސް ހުރީ އުންމީދެއްގައި.

The name is already taken The name is available. Register?

މުސައްވީ

24 November 2022

މަރުހަބާ އަންވަރު މިދަނޑިވަޅުގައި މެލޭޝިއާއަށް އެންމެ ރަގަޅު ލީޑަރަކީ ހަމަ އަންވަރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454