އީރާނުން މިސައިލް ޓެސްޓެއް ކުރަނީ: މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައި. --ފޮޓޯ:އޭޕީ
03 ފެބުރުއަރީ 2017 - 21:59
ވޮޝިންޓަން (ފެބްރުއަރީ 3) - އީރާނުން ބެލެސްޓިކް މިސައިލް ޓެސްޓެއް ކުރުމާ ގުޅިގެން އެމެރިކާގެ އާ ސަރުކާރުން އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު މިއަދު އަޅައިފި އެވެ.
އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން މި ފިޔަވަޅު އެޅީ އީރާން "ނޯޓިސް" އަށް ލުމަށް ފަހު އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ވަނީ އީރާނުގެ ބެލެސްޓިކް މިސައިލް ޕްރޮގްރާމާ ގުޅުން ހުރި މީހުންނާއި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ގުދުސް ފޯސް އަށް ވާގިވެރިވާ މީހުންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. މިގޮތުން 13 މީހަކާއި އެތައް ކުންފުންޏަކާ ދެކޮޅަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. ފިޔަވަޅު އެޅި ބައެއް ކުންފުނިތައް ދަނީ ޔޫއޭއީ ލުބުނާން އަދި ޗައިނާގައި ހިންގަމުންނެވެ. ވަކި ފަރުދުންނާއި ކުންފުނިތަކާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގައި ހުރި އެ ފަރާތްތަކުގެ މުދާ ހިފެހެއްޓުމާއި އެމެރިކާ މީހުންނަށް އެ މީހުންނާ އެކު ވިޔަފާރި ކުރުން މަނާކުރުން ހިމެނެ އެވެ.
ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ "އީރާނުން ދަނީ އަލިފާނާ ކުޅެމުން ކަމަށާއި ރައީސް ބަރަކް އޮބާމާގެ ހެޔޮކަމަށް އެ ގައުމުން ޝުކުރު ނުކުރާ" ކަމަށް ވިދާޅުވެފަ އެވެ.
ރައްދުގައި އީރާނުން ބުނެފައި ވަނީ އެއްވެސް ތަޖްރިބާއެއް ނެތް މީހެއްގެ ފަރާތުން އަންނަ ބޭކާރު އިންޒާރުތަކަށް ޖެހިލުން ނުވާ ކަމަށެވެ.
އީރާން ސަރުކާރުގެ މުޝީރު އަލީ އަކްބަރު ވަލަޔާތީ ވިދާޅުވެފައި ވަނީ ޓްރަމްޕުގެ ހައްދުފަހަނަޅާ ދިއުމާ މެދު އެމެރިކާ މީހުން ވެސް ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ކުރިން ރައީސްކަން ކުރެއްވި އޮބާމާގެ ކިބައިން ޓްރަމްޕް އިބްރަތް ހޯދުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ. ވަލަޔާތީ އިތުރަށް ވިދާޅުވީ މުސްލިމް ދުނިޔެ އަށް އިންޒާރު ދޭ މީހުން، އިރާގާއި ސީރިއާ އަދި އަފްޣާނިސްތާނުގައި އެމެރިކާ އަށް ލިބެމުންދާ ނާކާމިޔާބީއާ މެދު، ވިސްނާލަން ޖެހޭ ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދު ޒާރިފް ވިދާޅުވީ އަމިއްލަ ދިފާއުގައި ނޫން ގޮތެއްގައި އީރާނުގެ އަސްކަރިއްޔާގެ ބާރު އެއްވެސް ގައުމަކާ ދެކޮޅަށް ބޭނުން ނުކުރާނެ ކަމަށެވެ.
"އިސްވެ އީރާނުން ހަނގުރާމައެއް ނުކުރާނެ. އަސްކަރިއްޔާގެ ބޭނުން ކުރާނީ އަމިއްލަ ދިފާއުގައި އެކަނި،" ޒާރިފް ޓްވީޓް ކުރައްވާފައިވެ އެވެ.
އެމެރިކާގެ ސެނެޓުގެ ބައެއް މެންބަރުން އިއްޔެ ވަނީ އީރާނާ ދެކޮޅަށް މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އަދި އާ ފިޔަވަޅުތައް އެޅުމަށް ޓްރަމްޕަށް ބާރު އަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
04 February 2017
އެމެރިކާއެއްކަމަކުވެސް އެއްވެސް ގައުމެއްގެ ދާޚީލީ ކަންކަމާ ބެހިގެންނުވާނެ އެގައުމުތަކުގެ ކަންކަން ނިންމާނީ އެގައުމުތަކުން އަމިއްލައަށް އެއީއެމެރިކާއާ ބެހޭކަމެއްނޫން އެގައުމުތަކުގައި ހުރި މިނިވަން ޖުޑިޝަރީއާ މިނިވަން މުއައްސަސާތަކުން ނިންމައިގެން ކުރާ ޓެސްޓްތަކާ ދުނިޔޭގެ ބޮޑެތިގައުމުތަކުން ބެހުމަކީ ބަލައިގަނެވޭނެކަމެއްނޫން ބޮޑުގައުމަށް ބޮޑުއިންސާފު ކުޑަގައުމަށް ކުޑައިންސާފު މީ މަގޭމެން ޕިންކީސަރުކާރުގެ ޕޮލިސީއެއްނޫން އެއްވެސް ގައުމެއްގެ ދާޚިލާކަންކަމާ މިނިވަން މުއައްސަސާތަކުން ނިންމާނިންމުންތަކާބެހުމުގެ ހައްގެއް ހުޅަނގުގެ ޒަޔޮނިސްޓް ސަރުކާރުތަކަކަށް ނޯންނާނެ އަދި މަގޭމެން ޕިންކީ ސަރުކާރުގެ ސަޕޯޓެއް މިކަމަކު ނޯންނާނެ މަގޭމެން ގައުމުގެ ކަންތައްތައް ނިންމާނީ މަގޭމެން އަމިއްލައަށް އިރާގުގެ ކަންކަން ނިންމަންވާނި އިރާގުން އަމިއްލައަށް އަސްލު ވި ވެގެންއުޅޭގޮތަކީ މުސްލިމުގައުމެއްގެ އިގްތިސާދު ކާރިގައުމުތަކަށްވުރެވެސް ބާރަށް ދުވާތީ ހުޅަނގުން މޭބޮޑުވެގެން މިއުޅެނީ މިކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަން ނޫނީ އަމުރެއް ނެރެން ޖެހިދާނެ އެމެރިކާއެއްކަމަކުވެސް މަގޭމެން ޕިންކީން ބިރެއްނުގަންނާނެ ތަރައްގީގައި މަގޭމެން ހަމަދާނީ ކުރިއަށް އަރަބިގައުމުތައްވެސް ދާނީ ކުރިއަށް ހުޅަގުގެ ޒަޔަނިސްޓުން ކަންބޮޑުވަންޏާ ތަރައްގީބަލަން މޭގައަތްތަޅައިގެން ތިބޭ
ރޫޅާލާތި
03 February 2017
މިސައިލް ޓެސްޓަށް ފަހު އީރާނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅުން އެއީ މަމެން ވަރަށް އުފާވާ ކަމެކެވެ. އަދި ވަކިން މަމެން ވަރަށް އުފާވޭ ތިޔާ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ގުދުސް ފޯސް އަށް ވާގިވެރިވާ މީހުންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމުން. އެއީ ބްރޫޓަލް އެންޑް ރުތްލެސް ބަޔެކޭ މަމެން ބުނަން ނެތީމެވެ. އެމެންގެ ސަބަބުން ފަލަސްތީނަށް މިނިވަން ކަން ނުލިބިގެން އުޅެނީ ތިޔާ ހިޒްބުއްލާ އާއި އަދި ހަމާސް ފަލަސްތީނަށް ފާވެގެން އުޅޭތީވެ. އިރާނާއި ބެހޭ ތަނެއް ވެސް ނޫން ފަލަސްތީނަކީ އެކަމަކު އެމެން އައިސް ފަލަސްތީނަށް ފާވެގެން މުޅި ބޭރޫތު އެއޮތް ރީތި ކުޑަ ކުޑަ ގައުމު ވެސް ވަނީ ފުނޑާލާފައެވެ. ސައުދީން އިރާނާއި މެދު ކަންކަން ކުރަނީ ރަނގަޅަށެވެ. އޭއި އިރާނޭ މެންނޭ، މިހާރު ތަމެން ފަށާ މިސައިލް ހަރުތައް ރޫޅާލަން. އަދި ނިއުކްލިއަރ އިންޖީނުގެ ތަޅާ ފުނޑާލަން އުޅޭ އިނގޭ. އެނޫން ނަމަ ތަމެންނަށް އިނގޭނެ މަމެން ނުބުނި ނަމަވެސް ދެންވާނެ ގޮތް ދޯ. އޯކޭ އެއް ނޫން ދޯ.
ޙަސަން އަޙްމަދު
04 February 2017
ތީ ރާއްޖޭގެ ކޮން ރަށެއްގައި މޮށެ އުޅޭ ބަހުރުވައެއްތަ؟ އަހަރެން ދިޔަ އެއްވެސް ރަށަކުން އަޑެއް ނާހަން ތިޔަ ބަހުރުވައެއް.
އަބޫމާޒިން
04 February 2017
އޭ ކަލޭ މޮޔަތަ؟ ހަމާސްއަކީ ފަލަސްތީން މިނިވަންކަމަށް ޖިހާދުކުރާ ބައެއް. ލުބުނާންގެ ހިޒްބުﷲއަކީ ވެސް. ޒަޔަނިސްޓުންނަށް ވިކިފަ ތިހިރީ ރަނގަޅަށްވެސް. ކަލޭ ދޭ އިޒްރޭލަށް ހެޔޮނުވާނެ.
އުދުހޭ
03 February 2017
ޓްރަމްޕަށް ވެރިކަން ހަވާލުކުރުމަކީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުން. އެކަން އެވަނީ ކޮއްފަ!