ސްރީ ލަންކާގައި ޑްރަގް ވިޔަފާރިކުރާ މީހެއްގެ ހޮޓަލެއް އިއްޔެ ތަޅާލައި ތަން ސާފުކުރަނީ. -- ފޮޓޯ: ނިއުސް ވަޔަ
02 ޖެނުއަރީ 2024 - 05:39
މަސްތުވާތަކެއްޗާ ދެކޮޅަށް ސްރީ ލަންކާގައި ހިންގާ އޮޕަރޭޝަން "ޔުކްތިޔާ" ގައި، ޑްރަގް ވިޔަފާރިކުރާ މީހެއްގެ ހޮޓަލެއް ތަޅައި ބިމާ ހަމަކޮށްލައިފި އެވެ.
ދެހިވަލަ ސަރަހައްދުގައި ހުންނަ މި ހޮޓަލަކީ ފިލައިގެން ގައުމުން ބޭރުގައި އުޅެމުން ލަންކާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްގެ ތަނެއް ކަމަށްވެ އެވެ. އެތަން ތަޅާލަން ނިންމީ އިމާރާތްކުރުން މަނާ ސަރަހައްދެއްގައި އެތަން ހަދާފައި ހުރުމުން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އިއްޔެ ހޮޓާ ތަޅާލީ ފުލުހުންގެ އެހީތެރިކަމާ އެކު، ޑިޕާޓްމަންޓް އޮފް ކޯސްޓް ކޮންޒަވޭޝަން އެންޑް ކޯސްޓަލް ރިސޯސް އިންނެވެ.
ފުލުހުންނާ ހަވާލާދީ ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ހޮޓާ ތަޅާލަން އުޅުމުން އެކަމަށް ހުރަސް އެޅި ހޮޓަލުގެ ޑިރެކްޓަރަކާއި އިތުރު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މަސްތުވާތަކެއްޗާއި ގޭންގުތަކާ ދެކޮޅަށް ފެށި އޮޕަރޭޝަނަށް 14 ދުވަސް ވެފައި ވާއިރު މިހާތަނަށް ވަނީ 20،000 މީހަކު ހައްޔަރުކޮށްފަ އެވެ. މީގެ ތެރެއިން 189 މީހެއްގެ މައްޗަށް، ނުހައްގު މުއްސަނދިކަމުގެ ތުހުމަތުކުރެވި މާލީ ތަހުގީގު ހިންގަމުން އަންނަ ކަމަށާއި 1،298 މީހަކު ރިހެބިލިޓޭޝަނަށް ފޮނުވާލާފައިވާ ކަމަށް ވެސް ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ގާނޫނާ ހިލާފަށް ހޯދާފައިވާ 558.5 މިލިއަން ރުފިޔާގެ މުދާ ވެސް ދައުލަތަށް ވަނީ ނަގައިފަ އެވެ. އަދި އޮޕަރޭޝަންގައި މިހާތަނަށް 858 މިލިއަން ރުޕީސްގެ މަސްތުވާތަކެތި ވެސް ފެނިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަރުސޮރުސް
03 January 2024
ހޮޓަލެކޭ ބުނީމާ އަޖައިބުވެއްޖެ. ފަން ޖިފުޓިއެއްނު ފެންނަނީ؟ ސައިހޮޓަލެކޭ ލިޔުނުނަމަ.
އެޑަމް
03 January 2024
އަދިވެސް ރާއްޖެއާއެއްވަރެއްނުވޭ ޖީބުގަހުއްޓަޖަނގިޔާދަށުގަހުއްޓައަތުލަައިގަތީމަ ސާބިތުނުވާކަމައްބުނެ ދޫކޮއްލާކަހަލަ ގާޒީންނެއްވެސްނެތެއްނޫންތޯ?ވީމާތިޔަހެންފިހާރައެއްތަޅާލިއަސްއަދިތިއުޅެނީ ރާއްޖެއައްވުރެމާފަހަތުގަ!!
އަބަދައްފެހި މަގު
02 January 2024
ރާއްޖޭގައި ހަމަ އޯޕަންކޮށް ޑުރަގު ކެފޭތައް ހިންގަނީ. އިސްލާމީ ގައުމެކޭ އެކަމު
ހުވެކް
02 January 2024
ރާއްޖޭގައި ޑުރަގުވިއްކާމިހުން ތިމާމީހުން ނުދަންނަ ހިސާބުތަކުގެ ގޮޑިތަކައް ކުރިމަތިލާގެން ރުފިޔާ އޮއްސަމުން ޑީލަރުންގެ އިތުރުހަރުފަތަކައް ދެވޭތޯމަސައްކަތް ކުރަނީ..
އަފްރާސިޔާބު
02 January 2024
ތީ ތިކަން ކުރެވޭނެ ގޮތެވެ. އެމީހާ އެފައިސާ ހޯދީ ހަލާލު ގޮތުގައިކަން ސާބިތުކޮށްދޭނީ އެމީހަކު އަމިއްލައަށް. މިގައުމުގައި ނުޙައްގު މުއްސަދިކަން އިންތިހާއަށް.
ބުހާރީ
02 January 2024
ހޮޓަލުގެ ބޮޑުމިން ކިހާވަރެއް؟ ކިތައް ކޮޓަރި؟؟
LaamuonlineDOTcom
02 January 2024
ތިޔަބުނާ އޮޕަރޭޝަނެއް ފެށިތާވީ 14 ދުވަސްކަން ލިޔުމުން ހާމަވެއެވެ. މާނައަކީ ހައްޔަރުވާމީހުންގެ އެއްވެސް ތަހުގީގެއްކޮށް ކުށްސާބިތުކުރެވިފައިނުވާކަމެވެ. އެންމެ 14 ދުވަހުން ފުރިހަމަ ތަހުގީގެއްހިންގާ ނިންމުމަކީ ކުރެވޭނެކަމެއްނޫނެވެ. ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ގާނޫނާ ހިލާފަށް ހޯދާފައިވާ 558.5 މިލިއަން ރުފިޔާގެ މުދާ ކަމަށްބުނާ މުދާ ސަރުކާރަށްނެގުމުން ހާމަވަނީ ލަންކާގެ ސަރުކާރުން ތިޔަކުޅެނީ ހަމަ ގޭންގެއްގެރޯލުކަމެވެ.
ފެންފަށަލަ
02 January 2024
ރާއްޖޭގެ ޑުރަގު ލޯޑުން ފަހަތުންވެސް ދާ ތަން ފެންނާނީ ގައުމު އިނދަޖެހި މިނިމަސް ކާ ހިސާބަށް ދިޔައިމަ.
SuperGreen
02 January 2024
LaamuonlineDOTcom ގެ ކޮމެންޓުގައި އެވަނީ ހަގީގަތް، އެޔަށް ޑިސްލައިކުޖެހި އެއްވެސްފަރާތަކުން ދޭނެ އެކުސްޕުލެނޭޝަނެއްނޯންނާނެ، އޮތިއްޔާ ލަންކާސަރުކާރު އެކުރާކަންކަން ގާނޫނާގަވައިދުގެ ތެރެއިން ޖަސްޓިފައިކޮށް ކޮމެންޓެއްކޮށްލަބަލަ، ނުކުރެވޭނެ، ކުށްވެރިންނަށް އަދަބުދިނުމުގަޔާ މުދާނެގުމުގައި ފޮލޯކުރަންޖެހޭ އުސޫލުތަކެއްހުރޭ، މިކަންކަން ފުރިހަމަނުކޮށް ޑުރަގުކޮންޓުރޯލްކުރުމުގެ ނަމުގައިވިޔަސް ހިތުހުރިގޮތަކަށް ސަރުކާރަކަށްވެސް ކަންކަމެއްކުރެވިގެންނުވާނެ!
ލާމު އިދިކޮޅު ޑޮޓް ނެޓް
03 January 2024
ލަންކާގެ ޝަރުއީ ނިޒާމަކީ މި ސާކް ގައުމުތަކުގެ ނަމޫނާ ނިޒާމެއް އަދި ލަންކާގެ ނޭޝަނަލް ބިއުރޯ އޮފް އެންޓި ކްރިމިނަލް އަކީ ފުލުހުންނަށްވެސް އަދި އެ ގައުމުގެ އެންމެ މަތީ ކޯރޓަށްވެސް އިދިކޮޅަށް އެއްޗެއް ނުބުނެވޭ ވަރުގެ ޤާބިލް ހުނަރުވެރި އިލްމީ ބައެއް އެ މީހުން ހަމަ ތިބެފަގޮސް މީހެއްގެ ލަފުގަ ހިފާފަ ގެދޮރު ތަޅައެއް ނުލާނެ ވަރަށް ބޮޑަށް ބަލާ ހޯދާފަ ޑައުރެކްޓް އެކްޝަންއަށް އަންނަ ވަރުގަދަ ބައެއްގެ ނިންމުން ތަކަށް ފާޑުކިޔާ ހަދަން އަހަރުމެން މީ ކޮންބައެއް!
MySuperGreenDOTcom
03 January 2024
ލާމު އިދިކޮޅު ޑޮޓް ނެޓް: ގެކޮމެންޓަށްދޭންއޮތީ ވަރަށްކުރުޖަވާބެއް! ތިޔަބުނާ ގާބިލުމީހުންތައް ތިއްބާ ލަންކާބަނގުރޫޓުވެ ދަރާވިކިގޮތްހުސްވީކީއްވެތޯ؟ ސަބަބުއެނގޭތަ؟ މައިގަނޑު ސަބަބަކީ ތަނުގައި ކޮރަޕުޝަނާއި ފަސާދަ ހައްދުންނެއްޓުން، މިސަބަބަށް އެކަނިވިސްނާލިޔަސް ލާމުއޮންލައިންޑޮޓްކޮމްގެ ކޮމެންޓު ފުލީޖަސްޓިފައިވޭނުންތޯ؟
ޢެޑްމުންޑޯ
02 January 2024
މިގައުމުގެ މިފަދަ ތަންތަން ހިމާޔަތް ކުރާނީ ، ކޯޓްތަކުންވެސް ބަލާނީ ވީހާވެސް އޯގާތެރިކަމާއި އެކު ބަންދުގައިވެސް މީގެ މީހަކު ނުބަހައްޓާ ވޭތޯ
ދޮން ހަސީނާ
02 January 2024
ރާއްޖޭގައިވެސް މިފަދަ އޮޕަރޭޝަނެއް ހިންގިދާނެބާ؟ އަޑުއިވޭ ރާއްޖޭގަ މަސްތުވާތަކެތި އެތެރެކުރަނީ ޕޮލިހާއި އެމްއެންޑީއެޕް އަދި ކަސްޓަމްސް ގުޅިގެން ކަމުގަ. މިއީ ތެދެއްބާ؟ އެހެން ކަމުގައިވާނަމަ ރާއްޖޭގައި މިކަމެއް ނުކުރެވޭނެ.
އަހުމަދު ސައިފުލް
02 January 2024
ގަދަ! ރާއްޖޭގަވެސް މި ކަން ކުރަންވެއްޖެތާ ކިތަންމެ ދުވަހެއް!