ޓްރަމްޕް އާ އެކު ޖިންސީ ނަހަމަ ގުޅުން ބޭއްވި ކަމަށް ތުހުމަތުކުރާ ސްޓޯމީ ޑެނިއަލްސް ކޯޓުން ނުކުމެގެން ދަނީ. --ފޮޓޯ: އޭއެފްޕީ
10 މެއި 2024 - 11:11
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ނަހަމަ ޖިންސީ ގުޅުން ބޭއްވި ވާހަކަ ފަތުރަނީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ޓްރަމްޕުގެ ދިފާއީ ވަކީލުން ޝަރީއަތުގައި ކުރި ތުހުމަތުތައް ސްޓޯމީ ޑެނިއަލްސް ދޮގުކޮށްފި އެވެ.
ޓްރަމްޕާ ދެކޮޅަށް ކުރިއަށް ގެންދާ ޝަރީއަތަށް ބަރަހަނާ ފިލްމު ކުޅޭ ސްޓޯމީ ޑެނިއަލްސްގެ ހެކި ބަސް ވަނީ ނަގައިފަ އެވެ.
ސްޓޯމީ ޑެނިއަލްސްއާ އެކު ބޭއްވި ޖިންސީ ނަހަމަ ގުޅުމުގެ ވާހަކަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އޮއްބާލައި އެ ވާހަކަ ނުދެއްކުމަށް ޓްރަމްޕް ޝަރުތުކޮށް، ފައިސާ ދީ، އެކަން ސިއްރު ކުރުމަށް ވިޔަފާރީގެ ހިސާބުތައް އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށް ދައުވާގައި ވެ އެވެ.
ދައުލަތުގެ ހެއްކެއްގެ ގޮތުން، ސްޓޯމީ ޑެނިއަލްސް ވަނީ ޓްރަމްޕާ އެކު ބޭއްވި ޖިންސީ ނަހަމަ ގުޅުންތަކުގެ ވާހަކަތައް ވަރަށް ތަފުސީލުކޮށް ޝަރީއަތަށް ކިޔައިދީފަ އެވެ. ދެ ދުވަސް މަތިން ނެގި އޭނާ ހެކިބަސް ދިން އިރު، ދިފާއީ ވަކީލުން ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ.
ޓްރަމްޕްގެ ވަކީލުން މައިގަނޑު ގޮތެއްގައި މަސައްކަތް ކޮށްފައިވަނީ، ސްޓޯމީ އަކީ ފައިސާ ހޯދަން، ދަހިވެތި މީހެއްގެ ގޮތުގައި ސިފަ ކޮށްދޭށެވެ.
"އަޅުގަނޑު ބޭނުންވީ ހަގީގަތް ހާމަވާން. ހެކިތަކުގެ ބާރުގައި އަޅުގަނޑުގެ އާއިލާ އަށް ގެއްލުމެއް ލިބުނަ ނުދޭން،" ދިފާއީ ވަކީލުންގެ ތުހުމަތުތަކުގެ ރައްދުގައި ސްޓޯމީ ބުންޏެވެ.
އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ޝަރީއަތުގެ މަޖިލީހުގައި. --ފޮޓޯ: އޭއެފްޕީ
ސްޓޯމީ ޑެނިއަލްސްގެ ހެކި ބަސް ނެގުމުގެ ކުރިން، އޭނާގެ ހެކި ބަހުން ޝަރީއަތަށް ނާޖާއިޒު ނުފޫޒު ފޯރާނެ ކަމަށް ބުނެ، ޓްރަމްޕަށް ކުރާ ދައުވާތައް ބާތިލު ކުރުމަށް ދިފާއީ ވަކީލުން އެދުނެވެ. އެކަމަކު ފަނޑިޔާރު ވަނީ ދައުވާތައް ބާތިލުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ނިންމަވައިފަ އެވެ.
އެ މައްސަލަ ބައްލަވައި ފަނޑިޔާރު ވަން މާޗަން މީގެ ކުރިން ވަނީ، ދައުލަތުގެ ހެކިންނަށް ނުފޫޒު ފޯރުވަން އާންމު ތަންތަނުގައި ހެކިންނާ ދެކޮޅަށް އެއްވެސް ވާހަކައެއް ނުދެއްކުމުގެ އަމުރެއް ޓްރަމްޕްގެ މައްޗަށް ނެރެފަ އެވެ.
މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީން މިިހާރުގެ ރައީސް ޖޯ ބައިޑެންއާ ވާދަކުރައްވާ ޓްރަމްޕް ވިޔަފާރީގެ ހިސާބުތައް އޮޅުވާލައްވައި އޭނާގެ ކުރީގެ ވަކީލް މައިކަލް ކޯހެން އަށް 130،000 ޑޮލަރު ލިބޭނެ މަގު ފަހިކޮށް، އެ ފައިސާ ޑެނިއަލްސް އަށް ދީފައިވާ ކަމަށް ދައުވާގައި ވެ އެވެ.
މި ފައިސާ އޭނާ އަށް ދީފައި ވަނީ ޓްރަމްޕް، ހިލަރީ ކްލިންޓަންއާ ވާދަކުރެއްވި 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަމަށް ވެސް ބުނެފައި ވެ އެވެ.
މިއީ އެމެރިކާގެ ތާރީހުގައި އެ ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ޖިނާއީ ދައުވާކޮށް، ޝަރީއަތް ހިންގާ ފުރަތަމަ ފަހަރެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކީ ލު
10 May 2024
ސްޓޯމީ ދައްކާފައިވަނީ ތެދު ހަޤީގަތުގެ ވާހަކަ
ކޮރަލް
10 May 2024
އެމެރިކާ ގެ ރައްޔިތުންނަށް ވޯޓް ދޭން މިފަހަރު ޖެހިފަ މިހުރީ ބައިޑަން ނޫނީ ޓްރަމްޕް އަށެވެ. ބައިޑަން އަކީ ބައެއް ފަހަރު ދެއްކޭ ނުދެއްކޭ ވާހަކަ އެއް ހަނދާން ހުންނަ މީހެއް ނޫނެވެ. ޓްރަމްޕް ގެ މައްސަލަ ތައް ކޯޓް ތަކުގަ ކުރިއަށް ދަނީ އެވެ. ޓްރަމްޕްގެ މައްސަލަ ތައް ބަލަމުންދާތާ 4 އަހަރު ވަނީ އެވެ. އެހެން ގައުމުތަކަށް ވުރެ އެމެރިކާގެ ހާލަތު ދަށެވެ.
1828
10 May 2024
ހަމަ ބުއްދިން ވިސްނާލިޔަސް އިނގޭ ޓްރަމްޕް ނުޖެހޭނެކަން އޮރިޔާން ފިލްމުކުޅޭ އަންހެނަކާއި އެފަދަ ގުޅުމެއް ބާވާކަށް.
އޭނަމާކަމުދޭ
11 May 2024
ފަހަރުގަ އޭނަ މާކަމުދާ ކަމަށް ވެދާނެއެއްނު
ޓިނުބެ
11 May 2024
އެކީއްވެ؟ މިހާރުވެސް އިނދެގެން އެއުޅެނީވެސް އޭގެ ފިލްމު ކުޅެފަ ހުރި އަންހެނަކާނޫންތަ؟