ސައުދީ ރަސްގެފާން ސަލްމާން (ވ) އަށް މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު މަރުހަބާ ވިދާޅުވަނީ. --ފޮޓޯ:އޭއެފްޕީ
26 ފެބުރުއަރީ 2017 - 13:09
ކުއާލަ ލަމްޕޫރު (ފެބްރުއަރީ 26) - ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އޭޝިއާގެ ފަސް ގައުމަކަށް ކުރައްވާ ދަތުރުފުޅުގައި މެލޭޝިއާ އަށް މިއަދު ވަޑައިގެންފި އެވެ.
ސައުދީ ރަސްގެފާނަށް މެލޭޝިއާގެ ވައިގެބަނދަރުން މަރުހަބާ ވިދާޅުވީ ބޮޑު ވަޒީރު ނަޖީބު ރައްޒާގެވެ. ރަސްގެފާން މަތިންދާ ބޯޓުން ފައިބައިވަޑައިގަންނަވާ މަންޒަރު ވަނީ މެލޭޝިއާގެ ރަސްމީ ޓީވީން ދައްކައިފަ އެވެ. ރަސްގެފާން ސަލްމާން ބޯޓުން ފައިބައިވަޑައިގެންނެވީ ދަތުރުފުޅަށް ޚާއްސަކޮށްގެން ގެނައި ކަރަންޓް ސިޑިއަކުންނެވެ.
ޕާލަމެންޓް ހައުސްގައި ބޭއްވި މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ރަސްގެފާން ސަލްމާން ގާޑް އޮފް އޮނާއެއް އިންސްޕެކްޓް ކޮށްދެއްވަނީ. --ފޮޓޯ:އޭއެފްޕީ
ސައުދީ ރަސްގެފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވާފައި ވަނީ އެ ގައުމުގެ ޕާލަމެންޓް ހައުސްގަ އެވެ. ޕާލަމެންޓުން 21 ބަޑީގެ ސެލިއުޓެއް އަރުވާފައި ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފައިވެ އެވެ.
މެލޭޝިއާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ސަލްމާން ރަސްގެފާން އެ ގައުމަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި 600 މީހުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ސައުދީގެ 100 ބޮޑީގާޑުންނާއި 40 ނޫސްވެރިން ވެސް ހިމެނެ އެވެ. ސަލްމާން ރަސްގެފާން އިންޑޮނީޝިއާ އަށް ކުރައްވާ ދަތުރުފުޅުގައި 1،500 މީހުން ބައިވެރިވާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ.
ޕާލަމެންޓް ހައުސްގައި ބޭއްވި މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ރަސްގެފާން ސަލްމާން ގާޑް އޮފް އޮނާއެއް އިންސްޕެކްޓް ކޮށްދެއްވަނީ. --ފޮޓޯ:އޭއެފްޕީ
މިއީ ޖެނުއަރީ، 2015 ގައި ރަސްކަމަށް ވަޑައިގެންނެވި ސަލްމާން މެލޭޝިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ސައުދީ ރަސްކަލަކު އެންމެ ފަހުން މެލޭޝިއާ އަށް ވަޑައިގެންފައި ވަނީ 2006 ގަ އެވެ. އެ ފަހަރު ވަޑައިގެންނެވީ ރަސްގެފާން އަބްދުﷲ ބިން އަބްދުލް އަޒީޒެވެ. ރަސްގެފާން ފައިސަލް ބިން އަބްދުލް އަޒީޒް ވެސް ވަނީ ޖޫން، 1970 ގައި މެލޭޝިއާ އަށް ވަޑައިގެންފަ އެވެ.
ރަސްގެފާން ސަލްމާންގެ މި ދަތުރުފުޅުގައި އިންޑޮނީޝިއާ، ޗައިނާ، ޖަޕާން، ރާއްޖެ އަދި ޖޯޑަން އަށް ވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Hasanu
26 February 2017
100 ބޮޑީގާޑުން. މިއީވާ ވަރެއްގެ ކިންގެއް. އިސްރާފުގެ އަހުލުވެެރިން.
އެހާރާއި މިހާރު
27 February 2017
ސައޫދީ ރަސްގެފާނަކީ ކިހާ ބާރުގަދަ މީހެއްކަން އިނގޭނަމަ ތިހެނެއް ނުބުނާނެ. ސައޫދީ ރަސްގެފާނު އަވަހާރަކޮށްލަން ބޭނުންވާ އެތައް ސަރުކާރަކާއި ޖަމާއަތެއް ދުނިޔޭގައި އެބައޮތް. ކުޑަކޮށް ލޯ ހުޅުވާ ބަލާލަބަލަ. އެމެރިކާގެ ރައީސް ތަނަކަށްދާއިރު އަދި ތިޔަށްވުރެ ކަންތައް ބޮޑުވާނެ. އޭތި އޯކޭ؟ ހެހެ
ުުުަެްްްްަަްއަހުމަދު
26 February 2017
ޢެމަނިކުފާނު އަސާފުޅުވެސް ެއގެންގުޅެނީ ބޮނޑާ ކަމުންތޯ ބަލިފުޅުވެގެން ނޫންދެއްތޯ؟ބަލިކަމަށްވަންޏާ ކޮންމެމީހަކުވެސް އެމީހެއްގެ ޤާބިލުކަން ހުރިވަރަކުން ފަސޭހަ ގޮތް ހޯދާނެ،އަހަރެމެންވެސް ލާރިހުރިއްޔާ ބަލިވެއުޅޭއިރު ހިނގާފަ ދިއުމުގެ ބަދަލުގަ ދަނީ ޓެކްސީއެއްގަ،އޭސީ ފެރީގަ
ކުމާރު ރިޓާރންސް !
26 February 2017
ކަރންޓު 2 ފިޔަ ލައިން އުދުހިފަ ފޭބިނަމަ !!
ހަސަން
26 February 2017
ސިޑިއަކުންނެ ނޭގޭނެ މީހެއްގެ ބޮޑަކަން {ޕްރިންސް މޮޔަފުޅުވީތޯ.
ލައިފް
26 February 2017
ސައުދީ ރަސްގެފާނު މެލޭޝިއާ އަށް ވަޑައިގަތީ އެވެ. ދެން ސައުދީ ރަސްގެފާނު ވަޑައިގަންނަވާނީ ރާއްޖެ އަށް ދޯ. ދެން ވެސް އަވަހަށް ސައުދީ ރަސްގެފާނު ރާއްޖެ އަށް ވަޑައިގަންނަވާ އިރަށް މާލޭގެ އެއް ނަމްބަރު ފާލަން ކައިރި ބޮކި ފަތި ދިއްލާ ރީތި ކޮށް ރަންދޫލަ އަޅަންވީ އެވެ. އެއިރުން ފާފު އަތޮޅު ގައި އެސްއީޒެޑް ހަދަން މަމެންނަށް ސައުދީ އަށް އެތަން 1000 އަހަރު ދުވަހަށް ކުއްޔަށް ދީގެން އެޑްވާންސް އަށް ލިބޭ 4 ބިލިއަން ޑޮލަރުން މާލެ ސަރަހައްދުގައި ލަގްޒަރީ ފްލެޓްސް ތައް އިމާރާތް ކޮށްގެން ހުރިހާ ކުދިންނަށް މާލެ ސަރަހައްދުން ބިއުޓިފުލް ލައިފެއް ހޯދާ ދެވޭނެ ނޫންތޭ.
ހަސަން
26 February 2017
ސަލްމާނު، ރައްޒާގު ޔާމީން. ހުސް އެއްކެޓަގަރީއަކަށް ފެތޭ ވެރިން.
Mishy
27 February 2017
ވ ބޮޑު ތެދެއް..ލަނޑަޔާ ވާނީ ލަނޑަޔާ އެންނު
ޕްރިންސް
26 February 2017
"ރަސްގެފާން ސަލްމާން ބޯޓުން ފައިބައިވަޑައިގެންނެވީ ދަތުރުފުޅަށް ޚާއްސަކޮށްގެން ގެނައި ކަރަންޓް ސިޑިއަކުންނެވެ" ބޮޑާކަމާއި ކިބުރުވެރިކަން އަންގައިދޭރަމްޒެއް.
މޮޔަ
26 February 2017
ޜަސްގެފާނު ބަލި ކަމުން ސިޑިން ނޭރޭ
ޙަސަން އަޙްމަދު
26 February 2017
ބުރޯ! އިނގިރޭސި ރާނީ ރާއްޖެ އައިސްގެން އަމީނިއްޔާ ސްކޫލު ސިޑި ވެސް ރޮންދާ އަޅާލި. އެކަމަނާގެ ފައި އުފުއްލަވަން ޖެހޭ މިންގަނޑަށް ފައްތަން ވެގެން. އެއިރު އެލިޒަބަތަކީ ޒުވާނެއް.