ޔަމަނަށް ހަމަލާ ދިނުމާ ބެހޭ ގޮތުން އެމެރިކާ ސަރުކާރުގެ އިސް ވެރިން ސިގްނަލްގެ ގްރޫޕް ޗެޓެއްގައި ކޮށްފައިވާ ބައެއް މެސެޖުތައް
25 މާޗް 2025 - 12:01
ޔަމަނުގެ ހޫތީންނާ ދެކޮޅަށް ކުރިއަށް ގެންދާ ހަމަލާތަކާ ބެހޭ ގޮތުން ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އާއި ނައިބު ރައީސް ޖޭޑީ ވެންސް އަދި އެހެން އިސް އޮފިޝަލުން މަޝްވަރާ ކުރެއްވި ގްރޫޕް ޗެޓެއްގައި އެމެރިކާގެ ނޫސްވެރިއަކު، ނޭނގުމެއްގެ ތެރޭ ހިމެނިފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަމަލާތައް އިއުލާނު ކުރެއްވީ މާޗް މަހުގެ 15 ވަނަ ދުވަހު ނަމަވެސް އެޓްލާންޓިކް މެގަޒިންގެ އެޑިޓަ އިން ޗީފް ޖެފްރީ ގޯލްޑްބާގް ލިޔުއްވާފައިވާ ގޮތުގައި ސިގްނަލްގެ ގްރޫޕް ޗެޓް މެދުވެރިކޮށް އެތައް ގަޑިއިރެއްގެ ކުރިން މި ހަމަލާތަކުގެ ނޯޓިސް އޭނާއަށް ވަނީ ލިބިފަ އެވެ.
މި މެސެޖުތަކުގެ ސްކްރީންޝޮޓް އެޓްލާންޓިކް މެގަޒިން އިން ވަނީ އާންމުކޮށްފަ އެވެ.
"އެއީ ސައްހަ މެސެޖުތަކެއް ކަމަށް ބެލެވޭ. އެ ޗެޓަށް އެ ނަންބަރު ލެވުނީ ކީއްވެކަން މި ދަނީ ބަލަމުން،" ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ބްރަޔަން ހިއުސް ވިދާޅުވި އެވެ.
ވައިޓް ހައުސްއިން ބުނީ ޓްރަމްޕްގެ ގައުމީ ސަލާމަތާ ބެހޭ ޓީމަށް އަދިވެސް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. ނަމަވެސް ޓްރަމްޕް ކުރިން ވިދާޅުވީ އެ ކަމާ ބެހޭ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ޕެންޓަގަން ފަދަ ބޮޑު އިދާރާއެއް ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ފޮކްސް ނިއުސްގެ ކުރީގެ ހޯސްޓެއް ކަމަށްވާ، ޑިފެންސް ސެކްރެޓަރީ ހެގްސެތު މިދިޔަ ހޯމަ ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަ ދެއްކެވި އިރު ސެކިއުރިޓީ ބްރީޗްވުމުގެ މި މައްސަލައިގެ ޒިންމާއެއް ނުއުފުއްލެވި އެވެ. އޭގެ ބަދަލުގައި އޭނާ ވަނީ އެ ޗެޓްގައި "ހަނގުރާމައިގެ ޕްލޭނެއްގެ ވާހަކަ ނުދައްކާ" ކަމަށް ވިދާޅުވެ، ގޯލްޑްބާގަށް ބަހުގެ ހަމަލާ ދެއްވައިފަ އެވެ.
ގޯލްޑްބާގް ލިޔެފައިވާ ގޮތުގައި ޔަމަނުގައި ހަމަލާދޭންވީ ޓާގެޓްތަކާއި އެމެރިކާ އިން ބޭނުންކުރާނެ ހަތިޔާރާއި ދެ ހަމަލާގެ ދެމެދު ހޭދަވާނެ ވަގުތު ފަދަ މައުލޫމާތު ހެގްސެތު ވަނީ ގްރޫޕް ޗެޓަށް ފޮނުވައިފަ އެވެ.
ހަމަލާގެ ކުރިން މި މައުލޫމާތު ގޯލްޑްބާގަށް ލިބުނު ނަމަވެސް އޭނާ މިކަން ހާމަކުރީ ހަމަލާގެ ފަހުންނެވެ. އޭނާ ބުނީ ހަމަލާގެ ދެ ދުވަސް ކުރިން އެ ގްރޫޕް ޗެޓަށް އޭނާ އެޑްކޮށްފައިވާ ކަމަށާއި އެ ދުވަހުން ފެށިގެން ސަރުކާރުގެ އެކި އޮފިޝަލުންގެ މެސެޖުތައް ލިބެމުން ދިޔަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރާފަނި
25 March 2025
ތިވާނީ ރޯދަމަސްވީމަ ހެދުނު ގޯހެއްކަމަށް
ހަމްފުރީ
25 March 2025
މަވެސް އެބަ ޖެހޭ މި ވައިބަރާ ވަޓުސްއެޕު ދޫކޮށް ސިގުނަލަށް ބަދަލުވާން
ހސބަވނސ
25 March 2025
މިވާނީ މަކަރަކަށް ކުޑަކުދިން މަރާވާހަކަ ރިޕޯޓުކޮށްފައި އޮތީމައި އެކަމުން ބޯދަމައިގަންނަން މަގުސަދަ އޮޅުވާލަންވެގެން. ވިޔަފާރި ބޭނުމަށް ކަނޑުއޮޅި ސަލާމަތްކުރުމަށް ކަމަށް ދައްކައިފައި. މަކަރުވެރި ބަޔައެއް
ދައްޖާލުންގެ ބައިގަނޑު
25 March 2025
މިއީ ދުނިޔޭގެ ހަގީގީ ޓެރަރިސްޓުން، މުސްލިމު އަންހެނުންނާ ކުޑަކުދިންގެ ބޮލަށް ބޮން އަޅާފަ ގުޑް ޖުބޭ ގްރޭޓް ސްޓާޓޭ ކިޔާފަ މަޖާކުރުމުގަ. އެކަމަކު މި މުޖްރިމުން އުޅޭ އޮފީހެއް މުސްލިމު މުޖާހިދަކު ގޮއްވާލިއަސް އެއްކަލަ "މުސްލިމު" ބައިގަނޑު ނުކުމެ ޓެރަރިސްޓޭ އޮފީސް ގޮއްވާކަށް ނުޖެހޭނޭ އިސްލާމް ދީނަކީ ސުލްހައިގެ ދީނޭ ކިޔާ ފެލެން ފަށާނެ.
އަފްރާސިޔާބު
25 March 2025
ޓްރަމްޕް ބޭޒާރުވާތީ ޖަހާލި ރޮކެޓެއް.