ސައުތު ޗައިނާ ސީގައި ޗައިނާއިން އަސްކަރީ ފަރިތަކުރުންތަކެއްގައި: އެމެރިކާއިން ބުނަނީ ޗައިނާ އަކީ އެ ގައުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް.
27 މާޗް 2025 - 09:41
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާގެ މަސްލަހަތާއި ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޗައިނާ ކަމަށާއި، ވަކި ވެރިކަމެއް ހިންގަމުން އަންނަ ޓައިވާނު ހިފުމުގެ ގާބިލްކަން ވަރަށް ހަލުވިކަމާ އެކު ހޯދަމުން އަންނަ ކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓެއްގައި ބުނެފި އެވެ.
އިންޓެލިޖެންސް ކޮމިއުނިޓީގެ އަހަރީ ތްރެޓް އެސެސްމަންޓުގައި ބުނެފައި ވަނީ ޓައިވާނާ ދެކޮޅަށް ޗައިނާއިން "ވަރުގަދަ ޕްރެޝަރު" އުފައްދަމުން އަންނަ ކަމަށާއި އެމެރިކާގެ ޓާގެޓްތަކާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ހިންގާ ސައިބާ އޮޕަރޭޝަންތަކަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ޗައިނާގެ ނުރައްކާ އޮތް މިންވަރު ދައްކުވައިދޭ އަމަލުތައް ކަމަށެވެ.
"އެމެރިކާގެ ގައުމީ ސަލާމަތަށް އެންމެ ފުޅާކޮށް އޮތް އަސްކަރީ ނުރައްކަލަކީ ޗައިނާ،" ރިޕޯޓުގައިވެ އެވެ.
މި ރިޕޯޓުގައި ބޭރުގެ ގައުމުތަކާއި ޖިނާއީ ކުށުގެ އަމަލުތައް ހިންގާ ޖަމާއަތްތަކުން އެމެރިކާއަށް ކުރިމަތިވެފައިވާ ސަލާމަތީ ނުރައްކާތަކާ ބެހޭ ގޮތުން އެމެރިކާގެ އިސް އިންޓެލިޖެންސް އެޖެންސީތައް ދެކޭ ގޮތް ބަޔާންކޮށްފައިވެ އެވެ. އަދި އެމެރިކާގެ އެތެރެ އާއި ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާ ބަލިކަށިކުރުމަށް ޗައިނާއިން ހަރުކަށިކަމާ އެކު އެކި ހަރާކްތައް ހިންގަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޗައިނާ ސަރުކާރުން މަސައްކަތްކުރާނީ އެމެރިކާގެ ބައިނަލްއަގުވާމީ ގުޅުންތައް ހީނަރުކޮށް، ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ވައްޓާލުމަށް އެމެރިކާއިން އިސްނަގައިގެން ހިންގާ ކެމްޕެއިނާ ދެކޮޅަށް ކަމަށް ވެސް ބުނެފައިވެ އެވެ.
ރިޕޯޓްގައި ބުނެފައިވަނީ ޗައިނާގެ އަސްކަރިއްޔާއިން ދަނީ ޕެސިފިކް ސަރަހައްދުގައި އެމެރިކާ އިން ހިންގާ އޮޕަރޭޝަންތަކަށް ގޮންޖެހުންތައް ކުރިމަތިކުރުމަށް ޓައިވާން ހިފުމަށް ބޭނުންކުރާނެ ގާބިލުކަމަށް ހުއްޓުމެއް ނެތި ހޯދަމުން ކަމަށާއި އެކަމަކު އެ ކުރިއެރުންތަކަށް ބައެއް ފަހަރު މަޑުޖެހުން އަންނަ ކަމަށެވެ.
ނަމަވެސް ޗައިނާގެ ލީޑަޝިޕުން މަސައްކަތް ކުރާނީ އެމެރިކާއާ އެކު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ކަމަށާއި އެއީ "އެގައުމުގެ މައިގަނޑު މަސްލަހަތުތައް ހިމާޔަތްކޮށް، އެ ގައުމުގެ މަގާމު ހަރުދަނާ ކުރުމަށް ވަގުތު ހޯދަން" ކަމަށް އެ ބަޔާނުގައިވެ އެވެ.
އެމެރިކާގެ ވާދަވެރިންގެ ގޮތުގައި ބަލާ ރަޝިޔާ، އީރާން އަދި އުތުރު ކޮރެއާ އަށް ވުރެ ޗައިނާގެ ބިރުވެރިކަން އެމެރިކާއަށް މާބޮޑު ކަމަށް އިންޓެލިޖެންސް ކޮމިއުނިޓީން ގަބޫލުކުރެ އެވެ.
މި ރިޕޯޓަށް ރައްދު ދެމުން ޗައިނާއިން ބުނީ ޗައިނާގެ ނުރައްކާ އެމެރިކާއަށް ބޮޑު ކަމަށް ބުނެ ދައްކާފައިވާ ވާހަކަ އަކީ މިނަށްވުރެ މާ ބޮޑުކޮށްލާފައި އޮތް ވާހަކައެއް ކަމަށެވެ.
"ޒިންމާދާރުކަމެއް ނެތް މިކަހަލަ ރިޕޯޓްތައް އެމެރިކާއިން ކޮންމެ އަހަރަކުން ވެސް އަންނަނީ ނެރެމުން،" ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުއޯ ޖިއާކުން، މިނިސްޓްރީގެ އާންމު ޕްރެސް ބްރީފިންގައި ވިދާޅުވި އެވެ.
"އެއްވެސް ބަޔަކު ދަށްކޮށްލުމަކަށް ނުވަތަ ބަޔަކު ބާކީކުރުމަކަށް ޗައިނާގެ ވިސްނުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ޑިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް ތުލްސީ ގަބާޑް ސެނެޓުގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމެއްގައި ވިދާޅުވީ މިހާރުގެ އިންޓެލިޖެންސަށް ބިނާކޮށް "ޗައިނާއަކީ އެމެރިކާގެ އެންމެ ގާބިލް ސްޓްރެޓެޖިކް ވާދަވެރިޔާ" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑައުންޑައުން
28 March 2025
އެމެރިކާ ޑައުން ޑައުން ޗައިނާ އަޕް އަޕް އަޕް އެމެރިކާ ޑައުން ޑައުން ޗައިނާ އަޕް އަޕް އަޕް އެމެރިކާ ޑައުން ޑައުން ޗައިނާ އަޕް އަޕް އަޕް އެމެރިކާ ޑައުން ޑައުން ޗައިނާ އަޕް އަޕް އަޕް އެމެރިކާ ޑައުން ޑައުން ޗައިނާ އަޕް އަޕް އަޕް އެމެރިކާ ޑައުން ޑައުން ޗައިނާ އަޕް އަޕް އަޕް އެމެރިކާ ޑައުން ޑައުން ޗައިނާ އަޕް އަޕް އަޕް އެމެރިކާ ޑައުން ޑައުން ޗައިނާ އަޕް އަޕް އަޕް އެމެރިކާ ޑައުން ޑައުން ޗައިނާ އަޕް އަޕް އަޕް އެމެރިކާ ޑައުން ޑައުން ޗައިނާ އަޕް އަޕް އަޕް
މަމޮޅޭޭ
27 March 2025
ތިޔަ ހުރިހާ ކަމެއް ދުނިޔޭގެ ގައުމުތަމާ ދެކޮޅަށް އެންމެ ފުޅާކޮށް ކޮށްފައިވާ އަދި ކުރަމުންދާ ބަޔަކީ އެމެރިކާ. މިމީހުންނަށް ހުރިހާ ކަމެއް ކުރަން ހުއްދަވެފައި، އެހެން ބަޔަކަށް ނޭވާވެސް ނުލެވޭ ވަރަށް ކަންކަން މަނާވުމަކީ ނާއިންސާފުގެ ސާފު މިސާލެއް. ބޮޑު ޖޯކެއް. ފުޅަށްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލާނޭ ހަސަނަށް ހީވާނެކަމަށް ބުނާހެން އެމެރިކާ ކުރާ ކަންކަން އެހެންމީހުންވެސް ކުރާނެކަމަށް އަބަދުވެސް ތިބެވޭނީ ޝައްކު ހީވެފަ.
ބާޖް
27 March 2025
މަތީގަ އޭނދަ ފޮޓޯގެ ތައާރަފްގަ ލިޔެފަ އޮތީ ޗައިނާގެ އަސްކަރީ ތަމްރީނުތަކެއް ކަމަށް. އެކަމަކު އެއީ އެމެރިކާގެ އަސްކަރީ ތަމްރީނެއްގެ ފޮަޓޯއެއް.
ބަޑި ބޭހާ ކުޅުނީމައެނގޭނީ
27 March 2025
ޗައިނާ އަކީ އިގްތިސާދީގޮތުން އެމަރިކާ ވައްޓާލާނެކަމުގެ އެންމެ ބިރުއޮތް ގައުމު ހަގީގަތައް ބަލާނަމަ ޕެންޓަގަން، ވައިޓްހައުސް އަދި ޑީޕްސްޓޭޓްގެ ނުފޫޒުގަދަ ބޭފުޅުން އަސްކަރީގޮތުން އެންމެ ކުރިމަތިލާން ބިރުގަންނަނީ އީރާންދެކެ ކުރީގެ އާމީ ޗީފް މާކު މިލޭވެސް ބުނެފައިވޭ އީރާނާ ހަނގުރާމަކޮށްގެން އެމަރިކާ ސަލާމަތްނުވާނެކަމަށް އަދި އެ ގަނގުރާމަކުރުންވެގެން ދާނީ ޗައިނާ ދުނިޔޭގެ އެއްވަނައަށް އެރުމުގެ ރަނުގެ ފުރުސަތަކަށް
ނަރީމާން
27 March 2025
ދުނިޔޭގެ ސަލާމަތަށް ޖެހިފަ އޮތް އެންމެ ބޮޑު ނުރައްކަލަކީ ތިޔަ އެމެރިކާގެ އަސްލު މީހުންތައް މަރައި އެތަނަށް ވެރިވެގެން އުޅޭ ޔުނައިޓަޑް ސްނޭކްސް އޭ ކިޔާ އިނގިރޭސި ދަރިކޮޅުގެ ބައިގަނޑު!