އިޒްރޭލުން ޔަމަން އެއާޕޯޓަށް އިއްޔެ ދިން ހަމަލާތަކުގައި، މަތިންދާބޯޓުތަކެއްގައި ރޯވެ އަނދަނީ: އެއާޕޯޓަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ވަނީ ބުނެފައި.
07 މެއި 2025 - 14:54
ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައިވާ ވެރިރަށް ސަންއާގެ އެއާޕޯޓަށް އިޒްރޭލުން ދިން ހަމަލާގައި ޓާމިނަލް އިމާރާތްތައް ހަލާކުވެ 500 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް އެއާޕޯޓުގެ ޑިރެކްޓަރު ޚާލިދު އަލްޝައިފް މިއަދު ވިދާޅުވެއްޖެ އެވެ.
ހޫތީ މީޑިއާއަށް އޭނާ މިހެން ވިދާޅުވުމުގެ ކުރިން އެކްސްގައި ނެރުއްވި ބަޔާނެއްގައި ޚާލިދު ވަނީ އިޒްރޭލުގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ވަކި ގޮތެއް އަންގަންދެން ހުރިހާ ފްލައިޓްތަކެއް މެދުކަނޑާލާފައިވާކަން ވެސް އިއުލާނުކޮށްފަ އެވެ.
މި ހަމަލާތައް ދިނީ މިދިޔަ އާދީއްތަ ދުވަހު ތެލްއަވީވްގެ ބެން ގުރިއަން އެއާޕޯޓު ކައިރިއަށް ހޫތީ މިސައިލަކުން ހަމަލާ ދިނުމާ ގުޅިގެން ބަދަލުހިފުމަށެވެ.
"ސަންއާ އެއާޕޯޓަށް އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައިވޭ،" ހޫތީންގެ އަލް މަސީރާ ޓީވީއަށް ޚާލިދު ވިދާޅުވި އެވެ.
"ދުޝްމަނުން ސަންއާ އެއާޕޯޓުގެ ޓާމިނަލްތައް، ހުރިހާ ސާމާނާއި ޑިވައިސްތަކާ އެކު އެއްކޮށް ވަނީ ހަލާކުކޮށްލާފައި،" އޭނާ ވިދާޅުވި އެވެ.
އިޒްރޭލުން އިއްޔެ ޔަމަން އެއާޕޯޓަށް ދިން ހަމަލާގައި ޓާމިލްތައް ހަލާކުވެފައި.
ހަމަލާތަކުގައި ޔަމަނިއާ އެއާވޭސްގެ ތިން މަތިންދާބޯޓެއް ހަލާކުވި އިރު އެހެން ތިން ބޯޓެއް ވެސް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަގުތީ ގޮތުން އެއާޕޯޓު ހުޅުވަން އެހެން ގޮތްތަކެއް އެބަހުރި. އެތަން މަރާމާތުކޮށް އޮޕަރޭޝަންތައް އަލުން ފަށަން ދިގު މުއްދަތެއް ބޭނުންވޭ،" ޚާލިދު ވިދާޅުވި އެވެ.
ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ސަންއާގެ އެއާޕޯޓު ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލީ 2022 ވަނަ އަހަރު އެވެ. އެ އެއާޕޯޓުން އާންމުކޮށް ދަތުރުކުރަމުން ދިޔައީ ގައުމީ އެއާލައިން ޔަމަނިއާއިން އުރުދުންގެ ވެރިރަށް އައްމާނަށެވެ. ގިނައިން މީހުން ދަތުރުކުރަނީ ގައުމުން ބޭރުން އިމަޖެންސީ ސިއްހީ ފަރުވާ ބޭނުންވާ މީހުންނެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދެމުން ދާއިރު އެކަމާ ދެކޮޅުހަދައި، ފަލަސްތީނާ އެކުގައި ތިބިކަން ހާމަކުރުމަށް ހޫތީން ގެންދަނީ މިސައިލާއި ޑްރޯނުން އިޒްރޭލަށް ހަމަލާތައް އަމާޒުކުރަމުންނެވެ. އަދި ރަތްކަނޑުގައި ވެސް ދަނީ އިޒްރޭލާ ގުޅުން އޮންނަ ކަމަށް ބެލެވޭ އުޅަނދުތަކަށް ހަމަލާ ދެމުންނެވެ. އެހެންވެ އިޒްރޭލުން ކުރިން ވެސް ވަނީ ޔަމަނަށް ހަމަލާ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
09 May 2025
ހަމާސް ހޫތީން މީހުސްހަޑިހާވާމީހުން، އަތުގާހަތިޔާރާބާރުނެތިއްޔާ ކީއްކުރަންހޭ ހޭކެނީ؟ އިޒުރޭލުގެ އެއަރޕޯޓެއްކައިރިއަށް ހޫތީންކީއްކުރަން މިސައިލެއްފޮނުވަންވީ ކުރިމަތިވެދާނެ ރައްދަކުން ސަލާމަތްވެވޭނެ ނުވަތަ ރައްދުގާރައްދުދެވޭނެ ގާބިލުކަންނެތިއްޔާ؟
ރަދީފްއޮފިޝަލް / ހޫތީން
07 May 2025
އިޒްރޭލުގެ އެތެރެއިން ދެން ހޫތީން ހަމަލަދޭނީ.މީގަ ދެރައީ އިންވެގެން އޮތް ސައުދީއަށް މިމަންޒަރު ނުފެނި މިމީހުންނާ އެތައް ހާސް މޭލެއް ދުރުގަ ހުންނަ ހަނދު ނުފެންނަން ޖެހޭ ދުވަހު ފެނި މިމީހުންގެ ބަހަށް އަހަރުމެން ތަބާވާންޖެހޭ މައްސަލަ.ވ.ވެދުން
އިތުރުން1
08 May 2025
އަނެއްކާ ނުވިތާކަށް އިކޮނޮމީއަށް މިލިއަނުން ޑޮލަރު އަޅާދޭންޖެހޭ އަހަރުމެން. އަޖައިބެއް.
މީވާ
07 May 2025
ރާކަނިމަސް ކެވިއްޖެދޯ؟
ރާކަނިމަސް
07 May 2025
ރާކަނިމަސް ކެވިއްޖެތޯ ބަލަން ކަލޭމެން ތިބެބަލަ.
raajje
09 May 2025
ރާކަނިމަސް: ރާކަނިމަސްކެވިފައެއޮތީ ހޫތީންނަށް އިތުރަށްބަލާނެއެއްޗެއްނެތް، ހޫތީންނާއި ހަމާސްއިން ކީއްމިކުރަނީ؟ ހަނގުރާމައެއްކުރަނީކީނޫން ނުވަތަ ކުރެވޭނެ ގާބިލުކަމެއްހުރީކީނޫން، ދެންކޮންކަމެއްމީ؟