މެސެޗޫސެޓްސްގެ ކެމްބްރިޖްގައި ހުންނަ ހާވާޑް ޔުނިވަސިޓީގެ ކެމްޕަސް ބޭރުގައި ބަޔަކު ފޮޓޯ ނަގަނީ: އެ ޔުނިވަސިޓީއާ ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތަކުގައި މިއަދު ވަނީ ބިދޭސީ ދަރިވަރުންނަށް ފުރުސަތު ދިނުން މަނާކޮށްފައި. -- ފޮޓޯ: އޭއެފްޕީ
23 މެއި 2025 - 06:03
އެމެރިކާގެ ހާވާޑް ޔުނިވަސިޓީން ބިދޭސީ ދަރިވަރުންނަށް ފުރުސަތު ދިނުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.
މިކަން ކުރީ ޔަހޫދީންނާ ދެކޮޅު ފިކުރުތައް ހުއްޓުވަން އަޅާ ފިޔަވަޅުތަކަށް އެ ޔުނިވަސިޓީން އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައީސް ޑޮނަލްޑް ޓްރަމްޕު އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.
މެސެޗޫސެޓްސްގެ ކެމްބްރިޖްގައި ހުންނަ ޔުނިވަސިޓީން ބުނީ ސަރުކާރުގެ މި އަމަލު ގާނޫނާ ހިލާފު ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު ޔުނިވާސިޓީއަށާއި ގައުމަށް ވެސް ކުރާނެ ކަމަށެވެ.
ނޮބެލްގެ އިނާމު ހާސިލްކޮށްފައިވާ 162 ޝަހުސިއްޔަތެއް އުފެއްދި ހާވާޑް ޔުނިވަސިޓީއާ މެދު ޓްރަމްޕު ހިތްހަމަނުޖެހިގެން އުޅެނީ ޔަހޫދީންނާ ދެކޮޅު އަދި ތަފާތުކުރުުގެ ފިކުރެއް ގެންގުޅޭ ކަމަށް ތުހުމަތުކޮށެވެ. އެ ޔުނިވަސިޓީން ވަނީ އެޑްމިޝަން އާއި ވަޒީފާތައް ދިނުމުގައި ޓްރަމްޕުގެ ސަރުކާރުން އެދުނު ކަންކަމަށް ދެކޮޅުހަދައި، ޔުނިވަސިޓީ ހިންގަންޖެހޭ ގޮތާއި ކިޔަވައިދޭންޖެހޭ ގޮތް އެހެން ބަޔަކު ކިޔައިދޭން ނުޖެހޭނެ ކަމަށް ބުނެފަ އެވެ.
ބިދޭސީ ދަރިވަރުންނަށް ފުރުސަތު ދިނުން މަނާކުރި އެ ޔުނިވަސިޓީގައި މިހާރު ވެސް 25 ޕަސެންޓަށް ވުރެ ބޮޑު އަދަދަކީ ބިދޭސީ ދަރިވަރުންނެވެ. އެހެންވެ، ދަރިވަރުންގެ އަތުން އަހަރަކު އެތައް ހާސް ޑޮލަރެއް ޓިއުޝަން ފީގެ ގޮތުގައި ނަގަމުން އަންނަ ޔުނިވަސިޓީއަށް މިއީ މާލީ ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ. އެއީ ސަރުކާރުން މިހާރުވެސް އެ ޔުނިވަސިޓީގެ 2.2 ބިލިއަން ޑޮލަރުގެ ފަންޑު ހިފަހައްޓާފައި ވާތީއާ އެކުގަ އެވެ.
"ހާވަޑް ޔުނިވާސިޓީގެ ސްޓޫޑަންޓް އެންޑް އެކްސްޗޭންޖް ވިޒިޓާ އިންފޮމޭޝަން ސިސްޓަމް (އެސް.އީ.ވީ.އައި.އެސް)ގެ ސެޓްފިކެޓް މި ވަގުތުން ފެށިގެން ބާތިލުކޮށްފިން،" އެމެރިކާގައި ކިޔެވުމަށް ބޭރުގެ ދަރިވަރުންނަށް ހުއްދަދޭ ޕްރައިމަރީ ސިސްޓަމަށް ހަވާލާދެއްވައި ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމް އައިވީ ލީގް އިންސްޓިޓިއުޝަނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވެ އެވެ.
ހާވާޑާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް މިހާރު ވެސް ކޯޓަށް މައްސަލަ ހުށަހަޅާފައި ވާއިރު އެ ޔުނިވަސިޓީން ބުނީ މި ނިންމުން ގާނޫނާ ހިލާފު ކަމަށާއި ބައިނަލްއަގްވާމީ ދަރިވަރުންނާއި އިލްމުވެރިން ހޯސްޓް ކުރުމުގެ ބާރު ހާވަޑްގައި އޮތް އޮތުން ދެމެހެއްޓުމަށް ފުރިހަމައަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި މިކަމާ ގުޅިގެން ދަރިވަރުންނަށް އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޔުނިވަސިޓީގެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުފުރާލާ
24 May 2025
ހާވަޑުން ދެން ހަދަންވީގޮތަކީ އެމެރިކާ ނޫން އެހެން ގައުމަކައް އެމީހުންގެ ޔުނިވަރސިޓީ ބަދަލުކޮއްލުން. އޭރުން ހުރިހާ ގެއްލުމެއް ހަމަވާނީ އެމެރިކާއައް. އެމީހުންއަތުގަ މިހާރު ހަމައެކަނި ބާކީ އޮތްއެއްޗަކީ ހާވާޑް ކަހަލަ ތައުލީމުއުގަންނައިދޭ ތަންތަން. އެވެސް އޭރުން ބީވީ.
ހާސަރު
23 May 2025
އެމެރިކާ އަކީ މިހާރު ޖޯކަކަށް ވެއްޖެ.
ހުސެއިންބެގޯތީކަޅުސޮރު
23 May 2025
ކަލާގެ މިންވަރުފުޅުން އޯގާތެރިކަމާއި ރިޒުގު ދެއްވަނީ ހަމައެކަނި އީމާންވި މީހުންނަށްކަމަށް ވީނަމަ ޓްރަމްޕުމެން ޔަހޫދީކަލޭގެމެން އުޅޭނީ އޮރިޔާންނިވާނުވެ މަގުމަތިވެފަ. ސޭކުބޭމެނަކަށްނޭގޭ ޒަމާން ބަދަލުވެ ޓެރަޓަރީވެގެން އުޅުނު ރޯމަންއެމްޕަޔަރުން ގްލަޑިއޭޓަރުން، ވައިކިންގުން ސްޕާޓަނުންގެ ޒަމާގޮސް ދުނިޔެ ގްލޯބަލައިޒު މިކިޔާ ސިސްޓަމެއްގެ ތެރެއަށްފެތި އެކަކު އަނެއްކާ އަތުގައިހިފައިގެން ނޫނީ ކުރިއެރުމެއް ހަމަޖެހުމެއް ނުލިބޭ ހިސާބަށް ހިގައްޖެކަން.
ާއަހުމަދުު
23 May 2025
މޮޔަ މީހެއް ޓްރަމްޕް އަކީ، ދުނިޔޭގަ ހުރި އެންމެ ބޯބޮޑު ސައިންސްވެރިންނާ، އިންޖީނިއަރުން އެންމެން ހާވަޑަށް ކިޔަވަން އައިސް އެމެރިކާގަ ވަޒަންވެރިވެ ގައުމި ތަރައްގީކޮށް ކުރިއަރުވަނީ، މުޅި ސިލިކޮން ވޭލީ ފުރާ އުޅެނީ ބޭރުމީހުން، ޗައިނާ، އިންޑިޔާ، ރަޝިޔާ މީހުން. އެމީހުން ދެން ގައުމުގަ މަޑުކުރާނީ ނޫނީ އެހެން ގައުމަކަށް ދާނީ، އަމިއްލަ ފަޔަށް މީނަ ބަޑި މިޖަހަނީ ހަހަހަހާ
ސަސި
23 May 2025
މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުމަށްވުރެ މާ ބޮޑަށްވެސް ގޯސްކޮށް މި އުޅެނީ