އީރާންގެ ޗީފް އޮފް ސްޓާފާއި ސިފައިންގެ އިސް ކޮމާންޑަރަކާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި ބައެއް ސައިންސްވެރިން މި ހަމަލާގައި އަވަހާރަ ވެފައިވާ ކަމަށް ބެލެވޭ
އިޒްރޭލުން އީރާނަށް ދިން ހަމަލާއެއްގައި ގެއްލުންވި ސަރަހައްދެއް
13 ޖޫން 2025 - 06:03
އީރާންގެ އަސްކަރީ މަރުކަޒުތަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ވަނީ ހަމަލާ އަމާޒުކޮށްފަ އެވެ. އަދި ފުރަތަމަ ދިން ހަމަލާތަކަށް ފަހު ދެ ވަނަ ފަހަރަށް ވެސް ހަމަލާތަކެއް ދިން ކަމުގެ ރިޕޯޓްތަކެއް ވެސް އާންމުވެފައިވެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާ ދިނީ އިޒްރޭލުގެ ޖެޓްތަކުން ކަމަށާއި އަސްކަރީ އެކި ތަންތަނަށް ދިން ހަމަލާތަކުގެ ތެރޭގައި، އީރާނުން އެ ގައުމުގެ އެހެން ސަރަހައްދެއްގައި ހިންގާ ނިއުކްލިއާ ޕްރޮގްރާމަކާ ގުޅޭ ތަންތަން ވެސް ހިމެނޭ ކަމަށެވެ.
އީރާނަކީ "އިޒްރޭލާއި ދުނިޔެއަށް ނުރައްކަލެއް" ކަމަށާއި އީރާން އޮތީ ނިއުކްލިއާ ހަތިޔާރު ލިބިގަތުމާ ކުރިއަށްވުރެ މާ ގާތުގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
މި ބަޔާނުގެ ފަހުން އިޒްރޭގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ހަމަލާދިނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ "ހިތަށް" ކަމަށެވެ. އީރާނަކީ އިޒްރޭލު ދެމިއޮތުމަށް އޮތް ނުރައްކަލެއް ކަމަށާއި އެ ނުރައްކާ ނައްތާލެވެންދެން، ކުރިއަށް އޮތް އެތައް ދުވަހަކަށް މި ހަމަލާތައް ކުރިއަށް ދާނެ ކަމަށް ވެސް ބުންޏެވެ.
އީރާންގެ ޗީފް އޮފް ސްޓާފާއި ސިފައިންގެ އިސް ކޮމާންޑަރަކާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި ބައެއް ސައިންސްވެރިން މި ހަމަލާގައި އަވަހާރަ ވެފައިވާ ކަމަށް ބެލެވޭ ކަމަށް އިޒްރޭލުގެ އޮފިޝަލުން ބުނެ އެވެ. އަދި އީރާންގެ ބައެއް މީޑިއާތަކުން ވެސް މިގޮތަށް ބުނެފައިވެ އެވެ.
އީރާންގެ މީޑިއާއިން ބުނާ ގޮތުގައި އިޒްރޭލުގެ ހަމަލާތައް އާންމުންގެ އިމާރާތްތަކަށް އަރާފައިވެ އެވެ.
އީރާންގެ ދައުލަތުގެ މީޑިއާއިން ބުނީ އާންމުންގެ އިމާރާތަކަށް ހަމަލާ ދިނުމުގެ ސަބަބުން ބަޔަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
އީރާނުން ބުނީ ފަތިހު ދިން ހަމަލާތަކުން ދިފާއުވާން ވައިގެ ދިފާއީ ނިޒާމު "100 ޕަސެންޓް ކެޕޭސިޓީގައި މަސައްކަތްކުރި" ކަމަށެވެ.
އީރާންގެ ވެރިރަށް ތެހެރާންގައި ހުންނަ އީރާން އަސްކަރިއްޔާގެ ކޮމާންޑް ސައިޓަކަށް ވެސް ހަމަލާ ދީފައި ވާއިރު އެތަނުގައި ވަނީ ރޯވެފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވެސް ހަަމަލާއާ ގުޅިގެން ބަޔާނެއް ނެރެފައިވާއިރު އޭގައި ބުނެފައި ވަނީ މިއީ އެމެރިކާގެ ބައިވެރިވުމެއް ނެތި، އިޒްރޭލުން "އަމިއްލަ ދިފާއުގައި ދިން ހަމަލާއެއް" ކަމަށެވެ. އެމެރިކާއިން މިވަގުތު އިސްކަން ދެނީ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ ރައްކަލަށް ކަމަށާއި އީރާނުން މި ހަމަލާގެ ރައްދުގައި އެމެރިކާގެ މަސްލަހަތު ހިމެނޭ އެއްވެސް ތަނަކަށް ހަމަލާ ދީގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.
އީރާނަށް ހަމަލާ ދިނުމަށް ފަހު އިޒްރޭލު މިހާރު އޮތީ އީރާންގެ ހަމަލާއަކަށް ތައްޔާރުވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެންނެވެ.
އިޒްރޭލާއި އީރާނުން މިދިޔަ އަހަރެއްހާ ދުވަސް ދެ ފަހަރެއްގެ މަތިން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީފަ އެވެ. އެކަމަކު އެއިން އެއްވެސް ހަމަލާއެއްގައި ނިސްބަތުން ބޮޑު ގެއްލުމެއް އެއްވެސް ބަޔަކަށް ނުވެ އެވެ. މިފަހަރު ހަމަލާ ދީފައި މި ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެންނަން އެމެރިކާ އާއި އީރާނުން މަޝްވަރާތައް ވެސް ކުރިއަށް ގެންދަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
13 June 2025
ވައިގެ ދިފާއީ ނިޒާމެއް ނެއްކަން އިޒުރޭލައް އެގޭތި ހަމަލާދިނީ އަދި އިރާނުނައްްްްް ރައްދުގަ މާބޮޑު ކަމެއް ނުކުރޭވޭނެކަން އިޒުރޭލައް އެނގޭ! ޒަމާނީ ހަނގުރާމައެއް ކުރެވޭ ފެންވަރުގެ ގައުމެއް އަރަބިން ތެރޭގަނެއް! މުސްލިމުންގެ އެންމެ ވަރުގަދަ ހަތިއާރު ކަމައް ދީނީ އެމުވެރިންބުނަނީ ދުވާކަމައް މިވަގުތަކީ ދުވާގެ ބޭނުން ފުރިހަމަޔައް ހިފަން ވީވަގުތު ކަމުގަ ދެކެން
ބެއްޔާއަށް
14 June 2025
ހަމަލާ ދިނީ ހަނގުރާމަ އިއުލާނު ނުކޮށް ވަގަށް. މިއީ ޔަހޫދީންގެ ގޮތަކީ. ކޮންމެވެސް މަކަރަކުން ސީދާ ކުރިމަތިލާން ބިރުން މި ގޮތަށް ހަމަލާ ދީގެން އެމީހުން ބޭނުންވާ ގޮތަށް ކުރީބައިގަ ބޭނުންވާ ތަންތަނަށާއި މީހުންނަށް ހަމަލާ ދިނީ އެތެރޭގެ ބައެއްގެ އެހީތެރިކަމާއި އެކު..ހަނގުރާމަ ކުރެވޭނެ ފެންވަރުގެ ގައުމެއް އޮވެދާނެތީ ބިރުން އިރާނާ ދެކޮޅަށް އަޅާފަ އޮތް ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުރާ ޖެއްސުން ނުފެންނަނީތަ؟
އައިވީސ
13 June 2025
އެމެރިކާނުން ކުރާ ހަނގުރާމަ މާ ރަނގަޅުހެދިފަ ފަރުދާގެ ފުރަގަހުގަ ތިބެނީ ބޭނުމަކީ މުޅިދުނިޔޭގަ އަނގަޖަހައިގެންތިބުން އެތައްގައުމެއް ސުންނާފަތިކޮށްގެން
އިޒް
13 June 2025
އިޒްރޭލުގެ ދާޚިލީ ކަންކަން ގޯސްވެ ވެރިކަން ވެއްޓުމުގެ ނުރައްކާ ބޮޑުވީމަ މިއޮތީ އަނެއްކާވެސް އެތިވަރެއް ހަދާފަ
ޗަކްބެރީ
13 June 2025
އީރާނު ތެރެއިން ސިއްރު މައުލޫމާތު ފޯރުވައިގެން ނޫނީ ތިހާވަރުގެ ކާމިޔާބެއް އިޒްރޭލަކަށް ނުލިބޭނެ. މުސްލިމުންގެެ އެންމެ ބޮޑު މައްސަލަޔަކީ ފައިސާޔަށް ފަސޭހައިން ވިކޭ ކަން.
ހުޅަނގު
13 June 2025
މިފަހަރު އެގޭނެތާ އިރާނުގެ ހުރި ވަރެއްވެސް. މިވަރު ބޮޑު ލަދެއްގައި ބައްދާލީމާ ކިހާވަރެއް ވާނެބާ؟ ޢަރަބި އެހެންގައުމުތަކޭ އެއްފަދައިން އަންގަ އެކަނިބާ އޮންނާނީ؟
ރުޅި ބޮކި
13 June 2025
ހަމަލާ ދިނީ ވަގުން ވައްކަން ކުރާ އުސޫލުން. އިންސާނުންގެ ދަރަޖައިން ބޭރުވެފަތިބި ބަޔަކަށް އެއްވެސް ކަމެއްގަ ހަމައެއް ލަމައެއް ނޯންނާނެ. ސީދާ ކުރިމަތި ލުމަކަށް ނުގޮސް އެންމެން ނިދާފަ ތިއްބާ މިގޮތައް ހަމަލާ ދިނުމަކީ އުސޫލާ ޚިލާފުކަމެއް. މިއީ އިންސާނުން ހަނގުރާމަ ކުރާ ގޮތެއް ނޫން..މި ގޮތަށް ހަނގުރާމަކޮށްގެން ކޮންމެ ބަޔަކުވެސް މޮޅުވެދާނެ. މިއީ މުޅި ދުނިޔޭގަވާ އެންމެ ނުބައި ގޮތެއް ފޮތެއްނެތް ރައްބެއް ރަސޫލަކަށް ގަދަރުނުކުރާ ބައިގަނޑެއް.
އަބްޑޫޅް +
14 June 2025
"ޢަރަބި އެހެންގައުމުތަކޭ..." އީރާނަކީ އަރަބި ރަށެއް ނޫން.
ކޮރަލް
13 June 2025
އިރާން އިން ޑްރޯން ތަކެއްވަނީ އިޒްރޭލް އަށް ފޮނުވާލާފަ އެވެ . އެދަނި އުރުދުން މަތީންނެވެ . އުރުދުން އިން އިޒްރޭލް އަށް ދިއުމުގެބކުރީން އެ ޑްރޯން ތައް ވައްޓާލާނެ ކަމަށް ވަނީ ބުނެގަ އެވެ . ގާޒާ އަށް އެހީވާން އުޅުނު އެތައް ސަތޭކަ ބަޔަކު މިސްރުން ވަނީ ހައްޔަރު ކޮށް ފަ އެވެ. ސައުދީ ، ގަތަރު ، ޔޫއޭއީ އިން އެމެރިކާ އަށް ވަނީ 800 އަށް ވުރެ ގިނަ ބިލިއަން ދޭން އެއްބަސް ވެފަ އެވެ . ގާޒާ ގަ ދުވާލަކު އެތައް ބަޔަކު ޝަހީދު ކުރަނީ އެވެ .
މުލޭ
13 June 2025
ޢަރަބި އިސްލާމީ ގައުމުތަކުން އެކައްޗެއް ކިޔައި އިޒްރާއީލް ނައްތާލަން ޢަމަލީ ގޮތުން މަސައްކަތްކުރަން ޖެހޭ ވަގުތު އައިސް ޖެހިއްޖެ. ގާނޫނަކަށް ގަވައިދަކަށް އެހެން މީހުންގެ މިނިވަންކަމަށް އިޒްރޭލު ބަލަން ނުޖެހެންޏާ އެހެން މީހުން ވެސް ބަލާކަށް ނުޖެހޭނެ. އެމެރިކާ ސައިޒްކޮށް އިޒްރޭލު ނައްތާލަންޖެހޭ ވަގުތު ޖެހިއްޖެ.
އައްބެ
13 June 2025
އިސްލާމީ ކޮރަޕްޓް ވެރިން ބަދަލުކުރި ދުޗަހަކުން ތިކަންވާނީ
ކަކުނިބޯ
13 June 2025
ތިއީ އެމެރިކަގެ މަކަރު އަދި އެމަކަރުގައިޖެހި އެމެރިކާގެ މަނަވަރުތަކާ އަދި ސަރަހައްދބޭސްތަށް އިޒްރޭލަށް ހަމަލާދިނުމުގެކުރިން ނުވަތަ އެކުއެކީ ނުކޮށްފިނަމަ ދެންޖަހާއެތިފަހަރުވަރުގަދަވާނެކަން މަ ނުބުންޔަސް އެގެންވާނެ ދޯ.
ރަދީފްއޮފިޝަލް / އިރާން ޒިންދާބާދް
13 June 2025
މިފަހަރު އިރާނުން ޖެހޭނެ އިޒްރޭލް ގިއްގަޅުވާލަން.މިހެން އަބަދު މަމޮޅު ހެދިގެން އުޅެން ފުރުސަތު ދީފިނަމަ މިކަމުގެ ނަތީޖާ ވަރަށް ގޯސްވާނެ.އެމެރިކާގެ ކޯޑިނޭޝަން ނެތި އިޒްރޭލުން މިކަހަލަ ހަމަލައެއް ނުދޭނެ.އިރާން ޒިންދާބާދް ، އިޒްރޭލް މުރްދާބާދް.
ހަމަލާ
13 June 2025
އިޒްރޭލުން ބޭނުންވަނީ އިރާނާ އެމެރިކާ ހަނގުރާމައެއްތެރެއައްވެއްދުން އެއީ ދުނިޔޭގެ ހުރިހާ ހިސާބެއްގަވެސް އިޒްރޭލައްއޮތް ތާއީދު އާންމު ރައްޔިތުން ކައިރީ ވަރައްބޮޑުތަނުން ވެއްޓެމުންދަނީ އާޙިރު ނަތީޖާއަކައްވާނީ އެގައުމުތަކުގެ ސަރުކާރުތަކައްވެސް މިކަން ގަބޫލުކުރުމައް މަޖުބޫރުވުން. މިފަދަ ހަނގުރާމައަކުން އަނެއްކާވެސް އިޒްރޭލުކޮޅައް ބައެއްކަންކަން އަނބުރާލުމައް އެމީހުންނައް ފުރުސަތުލިބޭނެ. އެހެންވިޔަނުދޭން އިރާނުންވެސް ބޭނުންވާހެންހީވަނީ.