އިޒްރޭލަށް މިރޭ އީރާނުން މިސައިލް ހަމަލާތައް ދެނީ: އެ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޒަހަމްވެފައި --- ފޮޓޯ/އޭޕީ
14 ޖޫން 2025 - 03:00
އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން މިރޭ ވަރުގަދަ ހަމަލާތަކެއް އިޒްރޭލަށް ދީފި އެވެ.
އިޒްރޭލުން ރޭ ފަތިހު ދިން މިސައިލް ހަމަލާތަކުގައި އީރާންގެ ސިފައިންގެ އިސްވެރިންތަކެއް ވަނީ އަވަހާރަވެ، އާންމުންގެ ތެރެއިން ވެސް ބަޔަކު ވަނީ މަރުވެފަ އެވެ. އަދި އީރާންގެ ނިއުކްލިއާ ބައެއް މަރުކަޒުތަކަށް ވެސް އިޒްރޭލުން ހަމަލާދިނެވެ.
އެ ހަމަލާތަކުގެ ރައްދުގައި އީރާނުން މިރޭ ދޭން ފެށި މިސަައިލް ހަމަލާތަކުގައި އިޒްރޭލްގެ ތެލްއަވީވަށް އެކިވަރުގެ ގެއްލުންތައް ލިބި އަދި ބައެއް މީހުންނަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެގޮތުން މިހާތަނަށް އިޒްރޭލްގެ 40 ވަރަކަށް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
"އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3" ގެ ނަމުގައި އީރާނުން މިރޭ ދޭން ފެށި އެ ހަމަލާތަކުގައި އިޒްރޭލްގެ ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
އެ ހަމަލާ ދިނުމުގައި އީރާނުން ބޭނުންކުރީ ދުރު ރާސްތާގެ މިސައިލްތަކެކެވެ. އޭގެ ތެރެއިން ގިނަ މިސައިލްތައް އިޒްރޭލްގެ އެއާ ޑިފެންސް ސިސްޓަމް ކަމަށްވާ އަޔަން ޑޯމްއިން އިންޓަސެޕްޓްކޮށް، ވައްޓާލި ނަމަވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވެސް މިސައިލް ހަމަލާތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ތެލްއަވީވްގެ ބައެއް އިމާރާތްތަކަށް ހަމަލާތައް އަމާޒުވާ މަންޒަރުތައް ވެސް ވަނީ އާންމުވެފަ އެވެ. އަދި އޭގެ ތެރެއިން ބައެއް އިމާރާތްތަކުގެ ދަށުގައި ތިބި މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މިއީ ފަހުގެ ތާރީހެއްގައި އިޒްރޭލަށް އީރާނުން ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.
އީރާންގެ އިތުރު ހަމަލާތަކެއް އަނެއްކާވެސް އައިސްދާނެ ކަމަށް ބެލެވޭތީ، އިޒްރޭލްގެ އެކި ސަރަހައްދުތަކުގައި އާންމުން ބޭރަށް ނުނިކުތުމަށް ދަނީ އިލްތިމާސް ކުރަމުންނެވެ.
އެ ހަމަލާތަކާ ގުޅިގެން ރައްދުގައި އަނެއްކާވެސް ހަމަލާތައް ދޭނެ ކަމަށް އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިރޭ ވަނީ ބުނެފަ އެވެ.
އެ ހަމަލާތަކާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވެސް މިހާރު ދަނީ ހިނގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
14 June 2025
ޔަހޫދިން ތިބީ އަރަބި ގައުމުތަކުގައި. ސަޢުދީގައި އެމެރިކާގެ 2000 ސިފައިން. ގަތަރުގައި 10000 މީހުން. ޔޫއޭއީގައި 5000 މީހުން. ކުވައިތުގައި 10000 މީހުން. ބަހުރައިނުގައި 10000 މީހުން. އިރާގުގައި 2000 މީހުން. ޖޯޑަންގައި 3000 މީހުން. ލުބުނާނުގައި 75 މީހުން. މިސްރުގައި 700 މީހުން. ތުރުކީގައި 2000 މީހުން. ސީރިއާގައި 900 މީހުން. މީ ހައްތާވެސް އެމެރިކާގެ ޔަހޫދީން ސިފައިން އުޅޭގައުމުތަކުގައި އުޅޭވަރު. ކީއްކުރަން ތިބޭ މީހުން. އީރާނާ ދިމަކާކުަރަން.
ޖިއޯޕޮލިޓިކަލް ހިޕޮކްރަސީ
14 June 2025
އިޒްރޭލުން ގާޒާ އާއި އަވަށްޓެރި އަރަބި ޤައުމުތަކާ އީރާނަށް ދޭޙަމަލާތަަކަކީ ސީދާ އެމެރިކާއާ މުނާފިޤު ޔޫ.ކޭ އަޑީގަ އޮވެގެން ކުރާކަމެއް. އީރާނަކަށް ސަލާމަތެއްނެތް. އީރާނުގެ މިސައިލްތަކާ ރާޑަރތަކަށް ގެއްލުންދީފަ ވާތީ، ޔަހޫދީ ބޯޓުތަށް ވައްޓާލެވޭނެގޮތެއްނެތް. އީރާނުން ކިަތަންމެ ބާރުގަދަ މިސައިލތަކާ ނުރައްކާތެރި ޑްރޯން ފޮނުވިއަސް، އެތަކެތި ވައިގެތެރޭގައި ނައްތާލުމަށް އެމެރިކާ އާ ޔޫ.ކޭ އިން އިޒްރޭލަށް އެހީވޭ. އަރަބިން އީރާނަށް އެހީނުވާނެ ޝިއައީންވީމަ.
މަޒްހަބް
14 June 2025
އިސްލާމްދީނުގެ ހައްގުގައި ދުޝްމަނުންނާއި ކުރިމަތިލާން ކެރޭ ހަމައެކަނި ގައުމަކީ އިރާން. އެއީ ހަގީގީ މުސްލިމުން.
ހައްދު
14 June 2025
މިހަނގުރާމައިގައި ހުރިހާ މުސްލިމުން އެއްބައިވާންއެބަ ޖެހޭ. އޭރުން މި ޔަހޫދީން ބަލި ކުރުމަކީ އުނދަގޫކަމަކަށް ނުވާނެ
ދަލޭކަ ދައިތަ
14 June 2025
ޢީރާނަށް ކުރިވަރަށްވުރެން ބޮޑުވަރުކުރިނަމަ ބުނެވުނީސް ވަރުގަދައޭ. ރައްދުހަމަލާ ވާންވާނީ ތިމާމެންނަށް ލިބުނުވަރަށްވުރެން ގެއްލުންބޮޑު ތިމާމެންގެތެރެއިން މަރާލެވުނުވަރަށްވުރެން އެމީހުންގެ ތެރެއިންވެސް މަރާލެވުނު ހަމަލާއަކަށް. ބޮޑު ސުރުހީއަކާ އަގަޔަކުން މިކަމެއްނުވާނެ. އިޒުރޭލުން ޝަހީދުކުރަމުންދާ މުސްލިމުންގެ ހައްގުގައިވެސް ލިބުނު ފުރުސަތުގައި ތިހެން ފެންބަޑިޖަހާނެ ކަމެއްނެތް. އީރާނުގެ ހުރިވަރެއް ޔަހޫދީން ޓެސްޓްއެކުރަނީ.
މާލު
15 June 2025
ވަރަށް ރަނގަޅު ވާހަކަ ކޮޅެއް، އިރާނަކީ އަބަދުވެސް އަމަލަށް ވުރެ އަނގަގަދަ ބައެއް، އިޒްރޭލުން ދިން ގެއްލުމާ ގާތްކުރާ ވަރަށްވެސް އަދި އިރާނަކަށް ރައްދެއް ނުދެވޭ
ސަލީމު އިދުރީސް
14 June 2025
އިޒުރޭލުން އިރާނައް ދިނީ ޓެރަރިސް ހަލާތަކެއް މިގޮތައް ހަމަލާދޭން އިޒުރޭލައް ކެރުނީ އެމެރިކާގެ ވެރިކަމައް ދުވަހަކު ނުދެކޭފަދަ ޖައްބާރު ވެރިއަކު އައުމުން! ޓުރަންޕަކީ ގިނަދިވެހިން ތާއީދު ކުރާމީހެއް! އިރާނުގަ ބާރެއް ހުރިއްޔާ އިޒުރޭލުގެ ދިފާއީ ނިޒާމު ފޫއަޅުވާލެވެން ވާނެ
ޗޯޕްޅާ
14 June 2025
އިޒުރޭލުން ހަމަލާދެނީ ކުއްލިއަކަށް ނާންގާ ތިބެ. އީރާނުް ހަމަލާ ދެނީ ބުނެލާފަ. އެހެންވީމާ ރެކެން ރެޑީގަ ތިއްބާ އިޒުރޭލަށް ހަމަލާ އެދެނީ: ވީމާ އީރާން ގެ ވަރުގަދަ ދޭހަވަނީ. އީރާނުން ވެސް ވީ އެހެންބަޔަކަށް ނާންގާ ހަމަލާ ދޭން .
ސަލީމު އިދުރީސް
14 June 2025
އައިރާންވެއްޖެ ދިވެހިންގެ ވިސްނުން ކޮށިވީމާމެދު! ޗޯޕުޅާގެ ތާކުންތާކު ނުޖެހޭ ކޮމެއްޓައް ހުރިހާ އެންމެއް ލައިކުދިނީ މިޒަމާނުގަ ހަތިއާރުން ހަމަލަދޭގޮތާ ދިފާއުވާގޮތުގެ ޒައްރެއްގެ މިންވަރު ނޭގޭތިތޯ! މިޒަމާނުގަ ދިފާއީ ނިސައްކަތް ކުރާނީ އޮމެޓިކިން ވައިގެ ސަރަހައްދުގަ ނުރައްކާ އުޅެންޏާ ދުރާލައި ދެނެގަނޭ
މާލު
15 June 2025
އިރާނަކީ އަނގަ ފޮޑިއެއް އެހެންވީމަ ވާގޮތް އެއީ
ހަސަންބޭ..
14 June 2025
އަރަބި ޤައުމުތަކުން ވެސް މިހާތަނަށް ފޮނު
ވޯރ މޮނިޓަރ
14 June 2025
ނަތަންޔާހޫ ފަތިހު ޖެޓެއްގަ ފުރައިގެންގޮސް ގްރީސްގެ ބަންކަރަަކަށް ވަދެ ފިލައިފި
ފަލަކީ123
14 June 2025
އިރާންއަކީ ޝީއީން. ސުންނީން ގަބޫލުރާގޮތުގައި ޝީއީންނަކީ ކާފަރުން. އިޒްރޭލްއާ ދެކޮޅަށް ތެދުވަނީ ޝީއީން އެކަނި. މީ ކިހިނެއްވާކަމެއް؟
ބެންޒީން
14 June 2025
ސުންނީ ގައުމުތަކުގެ ވެރިންނަށްތިބީ ފުރަތަމަ ބޮޑު ހަނގުރާމަ ނިންމާފަ އިނގިރޭސި އަދި ފްރާންސް ބާރުގެ ދަށުގަ ހުރި ގައުމަތައް ހިފައިގެން ތިބުމަށްފަހު، އަނބުރާ އެމީހުން ޔޫރަޕަށް ދަމުން އެމީހުންގެ އެހެންޓުންގެ ގޮތުގަ ވެރިކަމުގަ ބޭތިއްބި ޔަހޫދީ އެޖެންޓުން! ޢެމީހުން ފުރަތަމަ ކުރި ކަމަކީ އިސްލަމީ ހަޟާރަތް އެގައުމުތަކުން ފޮހެލީ، ރަސޫލާގެ ގެކޮޅާއި، ސަހާބީންގެ ގެކޮޅުތައް ތަޅާލީ ވައްހާބީން ލައްވާ ބިދުއަ އޭ ކިޔާފަ! މީ ރޭވިގެން ހިންގާފަހުރި ޖަރީމާތައް
އެހެން
14 June 2025
ސުންނީ ސައުދީ އުޅޭގޮތް ފެނެއެއްނު. އަހަރެމެންނަކަށް ނޭގޭ މިހާރު ތިޔަކު ޝީއީންނަކީ ނުބައި ބައެއްކަމެއް. އެމީހެއްގެ އަމަލު ތައް އޮތީ އެމީހަކު ނިޔަތުގެ މައްޗަށް. ބޭރު ފުށުން ފެންނަ ފެނުމަށް ޔަހޫދީންނާ ދެކޮޅަށް ހަމަލާދޭން ކެރެނީ ޝީއީންނަށް. ހޫތީން، ހިޒްބުﷲ، އީރާން. ސައުދީން، ޔޫއޭއީ، ގަތަރު، މިސްރު، އުރުދުން މީ އިޒްރޭލާ ދެކޮޅު ނުވާތާގަ އެމީހުންނަށް ވާގިވެރިވާ ގައުމުތައް. ސުންނީ މެޖޯރިޓީ،
ޖޭމް
14 June 2025
ހެހެ ތިޔައީ ތެދެއް ތެދުމަގުލިބިފަހުރި އަރަބިވެރިންނަށްވުރެ މަގުފުރެދިފަހުރި އީރާނުމީހުން މުސްލިމުންނާމާވައްތަރު
ނޭނގޭ ވާހަކަ
14 June 2025
ސުންނީން ގަބޫލެއް ނުކުރޭ ތިހެންނެއް. ދެޝަހާދަތް ކިޔައިގެން ނަމާދު ޤާއިމްކުރާ ބަޔަކަށް ކާފަރެކޭ ނުބުނެވޭނެ. އެހެން ނޫނަސް އަހަރެމެންނަށް ބައެއްގެ ހިތުގެ އީމާންތެރިކަން ހުރި މިންވަރެއް އެނގެނީއެއް ނޫން. ނޭނގޭ ހާލުގަ ތިފަދައިން ވާހަކަ ނުދެއްކޭނެ.