ދުނިޔެ / އިޒްރޭލް

އަނެއްކާވެސް އިޒްރޭލަށް އީރާންގެ އާ ހަަމަލާތަކެއް

މި ހަމަލާތަކުގައި އިޒްރޭލުން މަދުވެގެން އެކަކު މަރުވެ އެތައް ބަޔަކު ޒަހަމްވި

15 ޖޫން 2025 - 05:48

17 comments

އިޒްރޭލުން އިސްވެ އީރާނަށް ދެމުން ގެންދާ ހަމަލާތަކުގެ ތިން ވަނަ ދުވަހު އީރާނުން ވެސް ރައްދުގައި އާ ހަމަލާތަކެއް އިޒްރޭލަށް ދީފި އެވެ.

އީރާންގެ ގައުމީ ޓީވީން ބުނީ "އޮޕަރޭޝަން އޮނެސްޓް ޕްރޮމިސް 3" ގައި ގިނަ އަދަދެއްގެ މިސައިލް އިޒްރޭލަށް އަމާޒުކޮށް ފޮނުވަން ފެށީ ޖީއެމްޓީ ގަޑިން ރޭ 11:40 ގައި އެހާއިރު ކަމަށެވެ. އެއީ އީރާން ގަޑިން ފަތިހު 3:10 ހާއިރު އެވެ.

އޭގެ އިރުކޮޅެއް ފަހުން އިޒްރޭލުން ވަނީ ރައްކާތެރި ތަންތަނަށް އާންމުން ވަނުމަށް އަންގައި ގިނަ ސަރަހައްދުތަކެއްގައި ސައިރަން އަޅައި ކުއްލި ހާލަތަށް ގެންގޮސްފަ އެވެ. އޭއެފްޕީން ބުނީ ގޮތުގައި އީރާނުން ހަމަލާތައް ފޮނުވާލި ކަމަށް ބުނިތާ ގަޑިއެއްހާއިރު ފަހުން ގުދުސް އާއި ތެލް އަވީވުން ވަނީ ގަދަ އަޑުތަކެއް އިވިފަ އެވެ.

އެކި ހިސާބުތަކަށް މިސައިލްތައް އަމާޒުވެފައި ވާއިރު ހައިފާއިން އަންހެނަކު މަރުވިކަން ވެސް އިޒްރޭލުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ ހަމަލާގައި އިތުރު 13 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް ބުންޏެވެ.

އީރާންގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އީރާނުން ވާނީ އިޒްރޭލުގެ ހަނގުރާމަމަތީ ޖެޓްތަކަށް ތެޔޮ އަޅާ ސައިޓްތަކަށް ހަމަލާ ދީފަ އެވެ.

އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އީރާންގެ ބައެއް މިސައިލްތައް އިންޓަސެޕްޓު ނުކުރެވި އިޒްރޭލުގެ މުހިންމު ހިސާބުތަކަށް އަމާޒުވެފައިވެ އެވެ. ބައެއް "ޑައިރެކްޓް ހިޓް" ތަކާ އެކު ބޮޑެތި ގޮވުންތައް ގޮވާ މަންޒަރު އެ ވީޑިއޯތަކުން ފެނެ އެވެ.

އީރާނުން ރޭ ދިން ހަމަލާތަކުގައި ވެސް އިޒްރޭލުގެ މުހިންމު ސިޓީތަކުގެ ބޮޑެތި ބައެއް އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އިޒްރޭލުން ރޭ ވަނީ އީރާންގައި ތެޔޮ ރައްކާކުރާ ބޮޑު ދެ ތަނަކަށް ހަމަލާދީފަ އެވެ. އީރާންގެ އޮއިލް މިނިސްޓްރީން ބުނީ ތެހެރާނުގެ ހުޅަނގު އުތުރުގައި އޮންނަ ޝަހްރާނުގައި ތެޔޮ ރައްކާކުރާ ފެސިލިޓީތަކާއި އެ ސިޓީގެ ދެކުނުގައި ހުރި އެހެން ސްޓޯރޭޖް ސައިޓަކަށް ހަމަލާ އަމާޒުވެފައިވެ އެވެ.

މީގެ އިތުރުން ތެހެރާންގައި ހުންނަ ޑިފެންސް މިނިސްޓްރީ އިމާރާތާއި ނިއުކްލިއާ ޕްރޮޖެޓްތައް ހިންގާ އެކި އޮފީސްތައް ހުންނަ ތަންތަނަށް ވެސް ހަމަލާ ދީފައިވާނެ ކަމަށް އިޒްރޭލުން ބުންޏެވެ. އީރާނުން އިއްޔެ އިޒްރޭލަށް ދިން ހަމަލާތަކެއް އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގެ އިމާރާތަކަށް އަމާޒުވި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

17 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 4%
icon angry icon angry 7%
icon wow icon wow 4%
icon inlove icon inlove 57%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސދަސދ

15 June 2025

"އިންޓަސެޕްޓު" ގެ މާނައަކީ މަތަކުރުން، ދިފާޢުކުރުން.

The name is already taken The name is available. Register?

21321

15 June 2025

ފޯޅަވަހީގައިހުރި އެމެރިކާ އަސްކަރީސްޓޭޝަނަކީ މިއޭރިއާގެ ކޮންޓްރޯލް އެމެރިކާއަށް ލިބޭނެކަމެއް. އިސްރައިލްގެ މަސްލަހަތަށް ބޭނުންކުރަނވެސް

The name is already taken The name is available. Register?

2145ދޗ

15 June 2025

ފޯޅަވައްސާ ހަމަޔަށް ދާކަށް ނުޖެހޭ އަދި. ސައުދީ، ސަތަރު، ކުވައިތު، ޖޯޑަން ގައި އެބަހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް.

The name is already taken The name is available. Register?

ޞިލްމް

15 June 2025

ސަޢޫދީ ޢަރަބިއްޔާއިން ރަސްމީކޮށް އިސްރާއީލަށް ތާއީދެއް ނުކުރެއެވެ. ނަމަވެސް، ގިނަފަހަރަށް އީރާނާ ދެކޮޅަށް، އިސްރާއީލާއެކު ސިއްރުން ބައެއް ސްޓްރެޓެޖިކް ވިލަރެސްކުރުންތައް ކުރިއަށްގެންދެއެވެ.

The name is already taken The name is available. Register?

ފުނޑާލާ

15 June 2025

ރަނގަޅު ތިވަރު މާކުޑަ. ނިއުކްލިއަރ އެކަތިން ފުނޑާލާ. ހަނގުރާމައިގައި ކެސަލްޓީވެސް ހުންނާނެ. ގައްޒާ ކެސަލްޓީ ވީތާ ކިތަންމެ ދުވަހެއްނުއް

The name is already taken The name is available. Register?

1206

15 June 2025

ޔަހޫދީ ނުލަފާ ބައިގަނޑު މުލުން ލުހެލުމަށް އީރާން ކިބައިން އެދެން.

The name is already taken The name is available. Register?

ކާމިޔާބު ކާމިޔާބު

15 June 2025

އީރާނުގެ ދިފާއުގައި ކިތަންމެ ވަރުގަދަ ހަމަލާއެއްވެސް އިޒްރޭލާ ދެކޮޅަށް ދިނުމުގެ ފުރިހަމަ ހައްގު ލިބިގެންވޭ. ތިމާމެން އެހެން މީހުންގެ މިނިވަންކަމާއި އިސްތިގްލާލާއި ބިންތަކަަށް އަރާ، ފޭރިގަތީމާ، އަމިއްލަ މިނިވަންކަމުގެ ދިފާއުގައި އެއްލާ ގާބުރިވެސް އެއީ އެޓޮމް ބޮމެއްހާ ނުރައްކާތެރި އެއްޗެއްގެ ގޮތުގައި ދުނިޔެއަށް ވިސްނައިދީގެން އުޅޭ އިޒްރޭލާއި އެމެރިކާއަށް އެކަނި ލިބިފަ އޮންނަ އެއްޗެއް ނޫން އަމިއްލަ ދިފާއަކީ.

The name is already taken The name is available. Register?

އެޗް އެމް

15 June 2025

އީރާނަށް ހިން ދެމިލެވޭ ވަރެއް ވާނެހެނެއް ހީނުވޭ. އެއިރަކު ބާރުގަދަ ބަޔަކު އަބަދުވެސް ބާރުގަދަވާނެ. ނަސްލީ މަޒުހަބީ އިސްކުރުން ކުރިއެރުވުން ނައްތާލައި އިންސާނިޔަތު ދިރުވައި ކުރިއަރުވަން މަސައްކަތް ނުކުރާނަމަ އަބަދުވެސް ހަގުރާމައިގެ ބަލިމަޑުކަން އޮންނާނެ.

The name is already taken The name is available. Register?

ބުޅި

15 June 2025

ހަނގުރާމަ ކުރާ ހިތުން ލޮލަށް ނިދި ނައިސްގެން އުޅޭ މީހުން މިދުނިޔޭގަ އުޅޭހާ ހިނދަކު ހަމަ ޖެހުމެއް ދުވަހަކުވެސް ނުލިބޭނެ. އަސްލު މައްސަލައަކީ ނުބައި ބައެއްގެ އަތްމަތީގަ ދުނިޔޭގެ ކޮންޓުރޯލް އޮތުން.

The name is already taken The name is available. Register?

ދސފސދފދ

15 June 2025

ނަސާރާއިންނާއި ޔަހޫދީންނަކީ ނަސްލީ މަޒުހަބީ ތަޅާފޮޅުން އެންމެ ބޮޑު މީހުން. ޔަހޫދީން ގަބޫލެއް ނުކުރޭ އެމީހުން ނޫން ބަޔަކީ އިންސާނުން ކަމަށް ވެސް. ދޮން ނަސްލުގެ މީހުންނާއި ކަޅު ނަސްލުގެ މީހުންގެ މެދުގައި ކޮންމެ ދުވަހަކު ވެސް އެމެރިކާގައި ތަޅާފޮޅައި ހަދާ. ފިހާރައަކަށް ކެފޭއަކަށް ކަޅުނަސްލުގެ މީހެއް ވަދެފިއްޔާ ވައްބަހުން ޖެހުމާއި ދިމާކުރުން އަބަދުވެސް އޮވޭ. ޔޫޓިއުބު ބަލާލަބަލަ. ޔަހޫދީ ނަސްލުގެ ބަޔަކަށް ނުވާތީ ފަލަސްތީނު މީހުން ކޮންމެ ދުވަހުވެސް މަރާ.

The name is already taken The name is available. Register?

951753

15 June 2025

ކިތައް ދިވެހިންނަށް ބާ އެނގެނީ އިޒްރޭލަކީ ރާއްޖެއަށް ޑިރެކްޓް ތެރެޓެއްކަން. އީރާނަށް ނިއުކުލިއަރ ހަމަލާއެއް ދީފިނަމަ ފުނޑޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން. ނޭނގޭނަމަ އެއީ މިހަރަ ކަންނެތް މީޑިއާގެވެސް މައްސަލައެއް

The name is already taken The name is available. Register?

ކިއުރިޔަސް

15 June 2025

އެ ކިހިނެއްކަން ކިޔައިދީބަލަ

The name is already taken The name is available. Register?

ފދސފގރގ

15 June 2025

ދިވެހިންނަކީ 2000 އަހަރުވީ އަމިއްލަ ވެރިކަމެއް ކުރާ ބަޔަކަށްވާތީ ދޭދޭ ގައުމުތަކުގައި ހިނގާ ހަނގުރާއިން ރެކެން ދިވެހިން ދަނޭ. ސްޕަރ ޕަވަރުތަކުގެ އަތްދަށުގައި ނުވެ އުޅެން ވެސް އެނގޭ. ހިޔެއް ނުވޭ ރާއްޖެއަށް އަސަރެއް ކުރާނެހެން ކޮންމެ ކަހަލަ ހަމަލާއެއް އީރާނަށް ދިޔަސް.

The name is already taken The name is available. Register?

މަބުނާނީ

15 June 2025

މާގިނައެއްޗެހި ވައްޓަން ހަދާނެކަމެއްނެތް. އެކަތިން ނިންމާލާ. ތިޒަޔަނިސްޓުންގެ ކަންތައް ނިންމާލައިގެން ދުނިޔެއަށް ނޭވާއެއްލެވެންއޮތީ.

The name is already taken The name is available. Register?

ފަލީލަތު

15 June 2025

ކީއްވެހޭ ގުނޫތު ކިޔަން ނުފަށާ މިއުޅެނީ. ގާޒާ ހަގުރާމައިގަ ކީ ގޮތަށް މިހާރުވެސް ކިޔަންވީ.

The name is already taken The name is available. Register?

ަސދަދަދ

15 June 2025

ކާކު ބުނީ ނުކިޔާށޭ. ކިޔާ މީހުން މިހާރު ވެސް ކިޔާ. އެކަން މިހާރު އޮންނަނީ މުދިމުގެ އަތްމައްޗަށް ދޫކޮށްފައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454