އީރާންގެ ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައި
އީރާނުން ރޭ ދިން ވަރުގަދަ ހަމަލާއެއް އަމާޒުވި އިޒްރޭލުގެ އިމާރާތެއްގެ ތެރެއިން މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތްކުރަނީ: މިތަނުން އަދިވެސް ބައެއް މީހުން ނުފެނޭ. -- ފޮޓޯ: އޭއެފްޕީ
15 ޖޫން 2025 - 08:56
އިޒްރޭލުން އިސްވެ އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގެ ބަދަލު ހިފުމަށް އީރާނުން ވެސް ހަމަލާ ދެމުން ދާއިރު ރޭގެ ހަމަލާތަކުގައި އިޒްރޭލުން، މަދުވެގެން 10 މީހަކު މަރުވެ 130 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ބުނެފި އެވެ.
އިޒްރޭލުގެ އިމަޖެންސީ ހިދުމަތްތަކުން ބުނި ގޮތުގައި އީރާންގެ ހަމަލާތަކުގައި ގެއްލުންވި އިމާރާތްތަކުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
އީރާންގެ ހަމަލާތަކާ އެކު އިޒްރޭލުގެ އެތައް މިލިއަން ބަޔަކު އެ މީހުންގެ ރައްކާތެރިކަމުގެ ބަންކަރުތަކަށް ވަދެ ހިމާޔަތް ހޯދަން ޖެހި އަދިވެސް ތިބީ ބިރުވެރިކަމުގަ އެވެ.
"މެދުތެރޭ ސަރަހައްދަށް އަމާޒުވި ރޮކެޓް ހަމަލާއެއްގައި 10 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ހަތަރު މީހަކު މަރުވެ ގާތްގަނޑަކަށް 100 އެއްހާ މީހުން ޒަހަމްވެފައިވެ،" މެގެން ޑޭވިޑް އަޑޮމް (އެމްޑީއޭ)ގެ ތަރުޖަމާނަކު ބުނެފައިވެ އެވެ.
އީރާންގެ ހަމަލާއެއްގައި އިޒްރޭލުން ހަލާކުވި އިމާރާތެއްގެ ކައިރީ ސިފައިންގެ ބަޔަކު މަޑުކޮށްލައިގެން: ރޭގެ ހަމަލާތަކުގައި އެތައް ބަޔަކު އިޒްރޭލުން މަރުވި އިރު އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފައި. -- ފޮޓޯ: އޭއެފްޕީ
އޭނާ ބުނީ ޝަފެލާ ސަރަހައްދުގައި އިތުރު 37 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.
އިޒްރޭލު ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތެލްއަވީވް ޑިސްޓްރިކްޓަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.
އިޒްރޭލުގެ ހުޅަނގު ގަލީލީ ސަރަހައްދުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދިން ހަމަލާއެއްގައި ތިން ބުރީގެ އިމާރާތެއް ވެސް ވެއްޓިފައިވެ އެވެ. އެ އެމްޑީއޭ އިން ބުނީ އެ ހާދިސާގައި ތިން އަހަރުގެ ކުއްޖަކު މަރުވި ކަމަށެވެ.
އީރާންގެ ހަމަލާއެއްގައި ހަލާކުވި އިޒްރޭލުގެ އިމާރާތެއްގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތުގައި ޑްރޯންއެއް ބޭނުންކުރަނީ. -- ފޮޓޯ: އޭއެފްޕީ
"އެތަނުން ދެ އަންހެނެއްގެ ހަށިގަނޑު ނެރުނު އިރު ވެސް ފުރާނަ ހުރި ކަމަކަށް ނުބެލެވޭ. ހަމަ އެތަނުގައި އެ މީހުން މަރުވި ކަމަށް ވަނީ ނިންމާފައި،" އިމަޖެންސީ ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެހެން އަންހެނަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވެފައިވާ ކަމަށެވެ.
އިމަޖެންސީ ސާވިސަސް އިން ބުނީ ހޮނިހިރު ދުވަހު ހައިފާ ސަރަހައްދުގެ ގެއަކަށް އީރާނުގެ މިސައިލެއް އަމާޒުވެ، އުމުރުން 20 އަހަރުގެ އަންހެނަކު މަރުވެ، އިތުރު 14 މީހަކު ޒަހަމްވި ކަމަށެވެ.
އެމްޑީއޭގެ ތަރުޖަމާނަކު އިޒްރޭލުގެ ޗެނަލް 12 އަށް ބުނި ގޮތުގައި އީރާނުން ރޭ ދިން މިސައިލް ހަމަލާތަކުގައި ގާތްގަނޑަކަށް 200 އެއްހާ މީހުން ޒަހަމްވެފައިވެ އެވެ.
އީރާންގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކާއި އަސްކަރިއްޔާގެ އިސް މީހުންނަށް އަމާޒުކޮށް އިޒްރޭލުން އެތައް ސަތޭކަ ހަމަލާއެއްދީފައި ވާއިރު ރޭ ވެސް އީރާންގެ މުހިންމު ތަންތަނަށް ހަމަލާ ދީފައިވެ އެވެ. ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޞިލްމް
15 June 2025
އިރާން ނެތިކޮށްލަން ސައުދީން ފަންޑުކުރާނެ
raajje
15 June 2025
އިސްވެހަމަލާދީފައިތިވަނީ އިޒުރޭލުން، މީ އިރާނަށް ލިބުނުރަނުގެފުރުސަތެއް، އިޒުރޭލެވެކިޔޭ ބަލާ މެދުއިރުމަތިން ނައްތާލާ ނުވަތަ ސައިޒުކޮށްލާ، އަވަސްހަމަލާތަކެއްދޭންޖެހޭ، ހޭކެންތިއްބާ ތިޔަކަމުގެ ތެރެއަށް އެމެރިކާވަދެ އިރާނަށް ނުރައްކާކުރާނެކަން ހަމަޔަގީން، ބޮޑެތިވަރުގަދަހަމަލާތަކެއް އަވަހަށްދީ އިޒުރޭލު ބިމާހަމަކޮށްލާ
ބައެއް މީހުންގެ ވާހަކަ ހުންނަ ގޮތް
15 June 2025
އީރާނުން ހައެއްކަ ސައިބޯނި ބޮކި ފޮނުވާލީމަ އޭގެން ދެތިން ބޮކި ގޮވާ އިމާރާތްތައް ހަލާކުވެ މީސްކޮޅެއް މިފަހަރު މަރުވެއްޖެދޯ؟
އިސްމާލި
15 June 2025
އިޒްރޭލުގެ އިމާރާްތްތައް ފުނޑު ފުނޑު ވެފައިވާތަން ފެނުނީމައި ހިތައް ލިބޭ ފިނިކަން ބުނެދޭންވެސް ނޭނގޭ.
ފުރޭތަ1
15 June 2025
ދިވެހިން އީރާނުގެ ވެރިން ދެކެ މާ ލޯބިވެގެން މިއުޅެނީ. އީރާނުގެ ގިނަ ރަށްޔިތުންވެސް ރުޅިއަރާ ބައެއް އެއީ. އަދި ގިނަ ދުވަހެއް ނުވޭ ސީރިޔާގެ އަސަދާ ގުޅިގެން 6 ލައްކައަށް ވުރެ ގިނަ މުސްލިމުން މެރުމުގަ ބައިވެރިވި ދައުލަތެއް އީރާނުގަ އޮތީ. އިޒްރޭލުން 50 އަކަށް އަހަރު ތެރޭ މެރި މުސްލިމުންނަށްވުރެ ގިނަ މުސްލިމުން މިމީހުން މަރައިފި. ދެން ކިހިނެތްބާ މިމީހުންނާ ދޭތެރޭ އަރަބި އިސްލާމީ ގައުމުތަކުން ހިތް ހެޔޮ ކުރާނީ
ޗަކްބެރީ
15 June 2025
އީރާނުގެ ގިނަ ރައްޔަތުން އެތާގެ ވެރިން ދެކެ ރުޅިއަންނަނީ ހުޅަނގުން ހަންފަތުރާތީ. ޢަންހެނުންގެ ބުރުގާއާއި ހެދުމާއި މިކަހަލަ ކަންކަމުގައި އީރާނު ސަރުކާރު ހަރުކަށި ކަމަށް ދެކިގެން. އެކަމަކު މިހަމަލާތަކުގައި އީރާނު ރައްޔަތުން އެތާގެ ވެރިންނަށް ތާއީދު އެބަކުރޭ. އެއީވެސް ބެންޖަމީން ނަތަންޔާހޫ ހަދާ ދޮގުތައް ފަޅާ އެރުމުން. ނަތަންޔާހޫ ބުނެފައިވަނީ ހަގުރާމަކުރަނީ އީރާނު ރައްޔަތުންނާ ނޫންކަމަށް. އެކަމަކު އިޒްރޭލްގެ ހަމަލާތަކުގައި އެންމެ ގެއްލުންވީ އާންމުން
އަހުމަދުބޭ
15 June 2025
އީރާނަށް ދިވެހީން ތާއީދުކޮއް ސަޕޯޓްކުރަނީ އީރާން މާރަނގަޅުބަޔަކަށް ވެގެންނެއްނޫން، ކޮބައިތޯ ތިޔަބުނާ ރަގަނޅުބަޔަކީ؟ ދިވެހީން މިވަގުތު އީރާނާއެއްކޮއް މިތިބީ އިޒްރޭލަށް ހަމަލައިދޭތީ، އިޒުރޭލުން ފަލަސްތީނުގެ ކުށެއްނެތް އެތަށް ރައްޔިތުން އަދި ކުޑަކުދީން ކޮންމެ ދުވަހަކު މަރަމުންދަތީ، ފަލަސްތީން ވަށައިގެންވާ އަރަބި ގައުމުތަކުން އިޒްރޭލަށް އެހީތެރިވަމުންދާތީ އީރާން އެކަނިމައި އެކަނި އިޒްރޭލަށް ހަމަލަދޭތީ އެކަމުގެ ހިއްހަމަޖެހުން ދިވެހީން އެފާޅުކުރަނީ
ރަބަރޭ.
15 June 2025
ފުރޭތައަކަށް ނުފެނުން ދޯ ސައުދީން ޔަމަނަށް ބޮންއަޅާ އެތާގެ އިމާރާތްތައް ތަޅާ ކުޑަކުދިންނާ އަންހެނުންނާ މެރިއިރު. މިލިއަނުން މިލިއަނުން މެރިބައެއް. މަށަކީ ސުންނީ ލިބާހެއް ވެސް ސަލަފީ ލިބާހެއްވެސް ޝީޢީ ލިބާހެއްވެސް ލައިގެންހުރި މީހެއްނޫން. މުސްލިމެއް. މަށަށްފެނުނު އެންމެ އަނިއާވެރިބަޔަކީ ސައުދީ ވައްހާބީން.
މައްކޫ
15 June 2025
ކަލޯ ތިހިރީ ވެސްޓަރން ޕްރޮޕެގެންޑާގަ ޖެހިފަ، މުޅިން އޮޅިފަ ތިހިރީ
ޑެތެ
15 June 2025
އަހަރެން އީރާނަށް ތާއީދު ކުރަނީ ދުނިޔެ އަތްދަށުލައިގެން އުޅޭ ބަޔަކުގެ އަރަބި ކަރައިން ބިން އަތުލައިގެން ގެންގުޅޭ ޙަރާމް ދަރިއަކު ތިތިކުރާތީ.
ރާވެރިބެ
15 June 2025
އިޒްރޭލަކީ ގައުމެެއް ނޫން. އެއީ ހުޅަގުން އުފެއްދި ކެންސަރެއް. މި ކެންސަރު ޖެހެނީ ނައްތާލަން. މައްސަލައަކީ އީރާނާ ބައިވެރިވެ މެދުއިރުމަތިން މި ކެންސަރު ނައްތާލަން އަރަބި ބޮޑެތި ގައުމުތަކުން ބައިވެރިނުވާކަން. މިހާރު ބޮޑެތި އަރަބި ގައުމުތަކަށް މުހިއްމީ ޑޮލަރު. އެހެންވީމަ އީރާނަށް މިޖެހެނީ އެކަނި ހަގުރާމަ ކުރަން. މަފަހަރު ކާމިޔާބު ނުވިއަސް މިކަން އާޙިރުގަ ނިމޭނީ އިޒްރޭލް ޗާޓުން ފޮހެވިގެން. އެކަން ޔަގީން!
އަހްމަދު ހަމްބަލް
15 June 2025
އީރާނުގެ އިސްލާމިކް ރެވަލޫޝަނަަރީ ގާޑް ކޯ އަކީ ޓެރަރިސްޓް ޖަމާއަތެއް. އިޒްރޭލަކީވެސް ޓެރަރިސްޓް ޖަމާއަތެއް. ހަމާސް އަކީ ވެސް ޓެރަރިސްޓް ޖަމާއަތެއް. މިއީ ދިވެހިންނާ ބެހޭ ހަނގުރާމަ ތަކެއް ނޫން. ދިވެހިން އުފާ ކުރަންވީ އެއްވެސް ސަބަބެއް ނެތް. ފުރަތަމަ ރާއްޖެ ކުރިއެރުވޭތޯ ބަލާ. ފަލަސްތީނުގެ ހަނގުރާމަ އަކީ ސިޔާސީ ކަމެއް. ދީނީ ކަމެއް ނޫން.
ދައްކާ ވާހަކަ
15 June 2025
އެމެރިކާއިން ލިޔެދީފަ އޮތް ފޮޅުވަތް ހަމައެގޮތަށް ތި ލިޔަނީ އަޅެ ފަހެ ބުއްދިއެއްވެސް ނެތީތަ؟؟ފަލަސްތީނުގެ މުސްލިމުން މަރާ ހުސްކުރާއިރުވެސް ދިވެހިންނާ ބެހޭ ކަމެއް ނޫނޯ؟ ދިވެހި ރާއްޖޭގަވެސް މިއުޅެނީ އިސްލާމްދީނަށް ނިސްބަތްވާ މުސްލިމުންނެއް ނޫންތަ؟
ޚކކކކ
15 June 2025
ކަލޭ ކޮން ތާކުން ކިޔަވައިގެން ފަތުވާ ނެރެނީ ކޮން
ހަބްލް ސެޓަަން ޔާހޫގެ ކޮމެންޓަށް
15 June 2025
ލދހޔ. އަހަރެން އަގަޔަށް އައި ހުރިހާ އެއްޗެއް ދިރުވާލައިފިން ވަރަށް މައިތިރިކޮށް މިބުނަނީ. ފަލަސްތީނު މައްސަަލައިގައި ހައްގު ބަސް ބުނާކަށް މުސްލިމަކަށް ވާކަށް ނުޖެހޭ އިންސާނަކަށް ވާންޖެހެނީ. ޖިނޯސައިޑަލް ކޮލޯނިއަލް އެތްނޯ ސްޓޭޓެއް މުޅިތަން ހިފާ ތެލާ މިނަރަލް އަށް ވެރިވަންގަންނަން ގައުމެއްގެ ނަންދީގެން ތިޔަ ސަކަރާތެއް ނުޖެހޭނެ. މިބުނީ ނުޖެހޭ. ފުރތަމަ ކަލޭމެެންގެ ގައުމުގެ ތިބި އިންސާނުން ހައްގު މަގުހޯދަން ނިކުމެ އުއެޅެނީ. އިންސާނުންނަށް އެނގޭނެ.
އެޑަމް..
15 June 2025
ޓެރަރިސްޓް އެއްވެސް ޖަމާއަތަކަށް ތާއީދެއް ނުކުރަން .. އެކަމަކު ފަލަސްތީގައި މަރުވެގެން އެދިޔަ ކުދިންނަނީވެސް ޓެރަރިސްޓުންތޯ ؟
ދެން ތިބޭ ސެންސަރުކޮށްގެން
15 June 2025
ބޯހަލާކު ވެދާނެ. އީރާނަށް ނިއުކުލިއަރ ހަމަލާއެއް ދީފިނަމަ ދުންގަނޑު ރާއްޖެއާ ހިސާބަށް ފޯރަނެތީ އެކަމުން ސަލާމަތް މިގައުމުން ކުރާނެ ކަމެއް ހަދާނެ ގޮތެއް ރައްޔިތުންނަށް ކިޔާނުދީ ހަމަ ވައްކަން ކުރުމގުައި ވަރަށް ބުރަކޮށް. ދެން މިޖެހޭ ހަނގުރާމައިގައ މަމެން ކާނީ ޓުއަރިސްޓޫން ޖެހިގެން އޮންނަ ރަށްގަޑާ އަދި ފަޅުވެސް ރިސޯޓް ހަދަފައި ބަހައްޓާ. މަސްނުލިބުނަސް ހާސްވާނެ ކަމެއްނެއް. ޓުއަރިސްޓޫން ކެވޭނެ.
ކަންނެލި
15 June 2025
ނިއުކްލިއަރ ބޮމެއްގެ ހަމަލާގެ އަސަރު ފޯރާނީ "ދުންގަޑެއް"ގެ ސިފައިގަ ނޫން. ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުމުން ޖައްވަށް ފެތުރިގެންދާނީ ި ރޭޑިއޭޝަން. ވަކި ހިސާބެއް ކައިރީ ހުރި ހުރިހާ އެއްޗެއް ދާނީ ވިރިގެން. ރޭދިއޭޝަންގެ އަސަރު އެތަށް ޒަމާނަކަށް ދެމިގެންދާނެ. އޭގެ ސަބަބުނުް އެތަށް ޖެނެރޭޝަނަކަށް ދާންދެން ލިބޭ ދަރިންނަށް އެކިކަހަލަ ބައްޔާ ގުނަވަންތަކުގެ އައިބު ފެންނާނެ.
ހުށޭނު
15 June 2025
ސޮރީ އެކަމު ނޭނގެ ކީއްެވޭ ކަމެއް.. ހިތައް ހިތް ހަމަ ޖެހުމެއް ލިބިއްޖެ!
ގެދާނޯމޮސް
15 June 2025
ގާޒާއާއި އެއްވަރަށް އިމާރާތް ތަށް ސައިޒްވާއިރުވެސް ޔަހޫދީން ވީމާ 40 މީހުން ވަނީ ޒަޚަމް މުސްލިމުން ވީމާ 40 ހަކަށް މީހުން ވަނީމަރެވެ. މަރުވާ އަދަދު ހާމަނުކުރަނީ ދިނިޔެއަށް ލަދުންނެވެ!!!