01 ޖުލައި 2025 - 05:57
އިޒްރޭލާ އެކު 12 ދުވަސް ވަންދެން ކުރި ހަނގުރާމާގައި އީރާނުން އެންމެ މަދުވެގެން 935 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ޖުޑީޝަރީން ބުނެފި އެވެ.
"ޒަޔަނިސްޓް ސަރުކާރުން އަޅުގަނޑުމެންގެ ގައުމާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައިގައި 935 ޝަހީދުން ދެނެގަނެވިފައިވާ،" ޖުޑިޝަރީގެ ތަރުޖަމާނު އަސްގަރް ޖަހަންގީރު ވިދާޅުވި އެވެ.
މަރުވި މީހުންގެ ތެރޭގައި 132 އަންހެނުންނާއި 38 ކުޑަކުދިން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތެހެރާންގެ އެވިން ޖަލަށް އިޒްރޭލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 79 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި ގައިދީންނާއި އެ މީހުންނަށް ޒިޔާރަތްކުރާ އާއިލާގެ މެމްބަރުންނާއި އިދާރީ މުވައްޒަފުން ހިމެނޭ ކަމަށެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު އިޒްރޭލުން ވަނީ އީރާނަށް އަމާޒުކޮށް ބޮމުގެ ވަރުގަދަ ހަަމަލާތަކެއް ފަށައި، އަސްކަރިއްޔާގެ އިސް ވެރިންނާއި ނިއުކްލިއާ ސައިންސްވެރިން ޝަހީދުކޮށްފަ އެވެ.
އިޒްރޭލުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި އީރާންގެ ރައްދު ހަމަލާގެ ތެރޭގައި އިޒްރޭލުގެ 28 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
01 July 2025
935 އަކާއި 28. މިއީ ތަފާތުހުރިވަރު.
ގޮނުއަނގަ
01 July 2025
އިޒްރޭލަކީ މީހުން މަރާބައެއް. އެމީހުން ހަމަލާ ދޭނީ މަދަނީ ތަންތަނަށާ ޢާންމުން ގިނައިން ދިރިއުޅޭތަންތަން ހޯދައިގެން. މިއަމަލަކީ އެމެރިކާއިން ދީފައިވާ ސެޓްފިކެޓަކަށް ކުރާކަންކަން. ދުނިޔޭގެ ޞުލްޙައުފެއްދުގެ ނަމުގައި ކޮންމެތަނަކު ހަނގުރާމައެއް ކުރިޔަސް އެތަނެއްގެ ސަރުކާރާ އިދިކޮޅު ބަޔަކަށް ހަތިޔާރުދީގެން ފަސާދަކުރާނެ.