ނެތް ގައުމެއްގެ ނަމުގައި ފޭކް އެމްބަސީއެއް ހަދައިގެން އުޅުނު އިންޑިއާ މީހާ އާއި އޭނާގެ "އެމްބަސީ"
28 ޖުލައި 2025 - 06:02
އިންޑިއާގައި މީހަކު އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެން އެތަނުގައި ފޭކް އެމްބަސީއެއް ހަދައި ގައުމުން ބޭރުން މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ނަގަމުން ދަނިކޮށް ހައްޔަރުކޮށްފި އެވެ.
ހަރްޝް ވަރްދަން ޖެއިން، 47، ހައްޔަރުކުރީ ވެރިރަށް ނިއު ދިއްލީ ކައިރީގައި އޮންނަ އުއްތަރަ ޕްރަދޭޝްގެ ގާޒިއާބާދުގައި "ގެއެއް ކުއްޔަށް ހިފައިގެން ވެސްޓް އާކްޓިކް އެމްބަސީ" ނަމުގައި ސައްހަ ނޫން ތަނެއް ހިންގަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ޖެއިންއާ ހަވާލާދީ ބުނީ އޭނާ އަކީ ވެސްޓް އާކްޓިކް، ސަބޯރްގާ، ޕޮލްވިއާ އަދި ލޮޑޯނިއާ ފަދަ ހިޔާލީ ގައުމުތަކުގެ "އެމްބެސެޑަރު" ކަމަށެވެ.
ޖެއިން ތަމްސީލުކުރާ ކަމަށް ބުނާ ގައުމުތަކުގެ ތެރޭގައި ވެސްޓާޓިކާ ކިޔާ ތަނެއް އޮތް އިރު އެއީ ހުޅަނގު އެންޓާޓިކާގެ އެ ސަރަހައްދު ދިރާސާކޮށް ހިމާޔަތް ކުރުމަށް ހާއްސަވެގެން އެމެރިކާގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޖައިން އެ ކުންފުންޏަށް "ދީލަތި އެހީއެއް ދިނުމުން" އެ ޖަމިއްޔާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ "އޮނަރަރީ ކޮންސުލް" ގެ މަގާމަށް ހަމަޖެއްސި ކަމަށެވެ.
"އެމްބެސެޑަރެއްގެ މަގާމަކަށް ނުވަތަ އެ ބާރުތަކެއް ވެސް އޭނާއަކަށް ނުދެން،" ބަޔާނުގައިވެ އެވެ.
އޭނާ ވަނީ ވަގު ޑިޕްލޮމެޓިކް ލައިސަންސް ޕްލޭޓްތައް ޖަހާފައިވާ ވެހިކަލްތައް ބޭނުންކޮށް، އިންޑިއާގެ ލީޑަރުންނާ ބައްދަލުކޮށްފައިވާ ކަމަށް ދެއްކުމަށް ހަދާފައިވާ ފޮޓޯތައް ވެސް ގެންގުޅެފަ އެވެ.
"އޭނާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ގައުމުން ބޭރުގައި ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމާއި ޝެލް ކުންފުނިތައް މެދުވެރިކޮށް ހަވާލާ (މަނީ ޓްރާންސްފާ) އޮޕަރޭޝަނެއް ހިންގުން ވެސް ހިމެނެ އެވެ." މިދިޔަ ހަފްތާގައި އޭނާ ހައްޔަރު ކުރުމަށް ފަހު ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ވަނީ މި މީހާގެ މައްޗަށް، މަނީ ލޯންޑަރިންގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ޖައިން އުޅޭ ތަންތަން ބަލައި ފާސްކުރިއިރު ވަގު ޕާސްޕޯޓާއި އިންޑިއާގެ ފޮރިން މިނިސްޓްރީގެ ފޭކް ތައްގަނޑު ޖަހާފައިވާ ލިޔުންތަކާއި 53،500 ޑޮލަރު ފެނިފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު....
29 July 2025
ކަޑަ؟
ރާއްޖެ
28 July 2025
ފޭކް ޒާވީ އެއް މެއިލް ކުރުމުން ވެސް އިންޑިއާ ފުޓްބޯޅަ އެސޯސިއޭޝަނަށް ނޭނގުނު. ޢިންކްޜެޑިބަލް ތިންގްސް.
ކިމް
28 July 2025
ލޮޑޯނިއާ ހެހެ
ކަންސީ
28 July 2025
މިޔަކަހަލަ ޔުނިކް ވިސްނުމުގެ ޒުވާނުން ރާއްޖެ އަށް ބޭނުންވަނީ. މަސްތުވާ ތަކެތީގެ ވިޔަފާރި އަދި ސިޔާސީ މަގާމެއް އަދާ ނުކޮށް، ލާރި ހޯދަން ދިވެހި ޒުވާނުން ދަސްކުރަން ވެއްޖެ.
ކިއްލި ބޭޑްޝާހް
28 July 2025
ދެން ރާއްޖޭމީހަކު މީނާ ކޮޕީނުކުރާނެބާ؟ ރާއްޖެމީ އުޅެން ހެޔޮވާވަރުތަނެއްނޫން. ރާއްޖެ ފިޔަވާ އެހެންކޮންމެ ތަނެއްވެސް މަށަށް އޯކޭ. ލޮޑޯނިއާ ރަނގަޅުވާނެކަމަށް ފެންނަނީ.
ރަދީފްއޮފިޝަލް / ގެރި
28 July 2025
އިންކްރެޑިބްލް އިންޑިޔާ.
އެމްބެސެޑަރ
28 July 2025
އިންކްރެޑިބްލް އިންޑިޔާ. އާލިމުންނާއި ޖާހިލުންވެސް ގިނަ ތަނެެއް ތީ. އާ ހިޔާލާއި، ބުއްދިވެރި ރޭވުންތެރިކަމާ، ޖެހިލުންކުޑަކަމުގެ އެވޯޑެއް ދީ ތިޔަ މީހާއަށް. ނޫނީ މަތީ ދަރަޖައަކަށް މި ގާބިލުކަން ބޭނުންވާ ދާއިރާއަކުން ރަނގަޅު މަގާމެއް ދޭންޖެހޭ ތި މީހާއަށް.
މޯދީ
28 July 2025
ތި މީހާ ތިވަނީ މޮލީވްޑްގެ ސްޓޭޓް މިނިސްޓަރަކަށް ކުފޫ ހަމަވެފަ
ޖިމޯ5
28 July 2025
ރާއްޖޭގަ ވެސް ފޭކު ލިޔަން ހަދައިގެން އެޕާޓްމަންޓް ހޯދާ މީހުން ދުވަސްކޮޅަކުން ފެންނާނެ
ކީމޯ
28 July 2025
މިހާރު ނުފެނޭ؟ ހިޔާ ފްލެޓްގެ %61.1 މީހުންނަކީ ފޭކު ދޮގުލިޔުން ހުށަހަޅައިގެން ފްލެޓް ހޯދާފައި ތިބި މީހުން. މިހާރު އެ ކިޔާ 4000 ފްލެޓުގެ %60.3 މީހުންނަކީ މިފަދަ މީހުން. ހިޔާ ފްލެޓުގެ ފޭކު %61.1 ގެ ތެރެއިން %11 މީހުން އަލަށްވެސް މާލެ ވައްޓާލީ ފްލެޓަށް ވަންނަން. %73 މީހުންނަކީ މާލޭގެ ބޮޑެތި ގެދޮރުގައި ގަނޑުވަރު ހަދައިގެން އުޅޭމީހުން. އޭގެ %83 މީހުން ފްލެޓު ކުއްޔަށްދީފަ. %17 ފްލެޓަކީ އެމީހުންގެ ވީކްއެންޑް ހައުސް. %ތައް އަދިވެސް ކިޔާދެވިދާނެ.
ޖުމްހޫރިއްޔަތުލް މަހަލްދީބު.
28 July 2025
ބޭރު ޤައުމުތަކުގައި ރަށްވެހިވެގެން އެ ޤައުމު ތަކުގައި ދިރިއުޅެމުން ބިމާއި ފުލެޓް ހޯދި މީހުންގެ ޕަސެންޓޭޖް ނެތީ ކީއްވެ؟