އެއާ އިންޑިއާ ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކޮމިޓީއެއްގެ ބެލުމުގެ ދަށުން. --ފޮޓޯ:ގެޓީ އިމޭޖަސް
29 ޖޫން 2017 - 12:48
ނިއު ދިއްލީ (ޖޫން 29) - އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާ ޕްރައިވެޓައިޒް ކުރަން އެ ގައުމުގެ ކެބިނެޓުން ނިންމައިފި އެވެ.
މިހާރު ވެސް ގެއްލުމާ އެކު ހިންގާ އެއާލައިނަށް ވަނީ އަގުހެޔޮކޮށް ޚިދުމަތްދޭ އެއާލައިންތަކާ ވާދަކޮށް ފައިދާ ނެރެން ދަތިވެފަ އެވެ. އެހެންވެ އެއާ އިންޑިއާ ޕްރައިވެޓައިޒް ކުރުމުގެ ޚިޔާލު ގެންގުޅޭތާ އެތައް ދުވަހެއް ވެއްޖެ އެވެ.
ފައިނޭންސް މިނިސްޓަރު އަރުން ޖައިޓްލީ ވިދާޅުވީ އެއާ އިންޑިއާގެ ހިއްސާ ވިއްކާލުމާ ބެހޭ ގޮތުން ސަރުކާރުން މިހާރު ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ. އަދި ގައުމީ އެއާލައިނުގައި އިންޑިއާގެ ހިއްސާ އަކީ ކިހާވަރެއްތޯ ކަނޑައެޅުމަށް ކޮމިޓީއެއް އުފައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއާ އިންޑިއާގައި މިހާރު އޮތް 520 ބިލިއަން ރުޕީސް (އަށް ބިލިއަން ޑޮލަރު) ގެ ދަރަނި މައާފް ކުރާނީތޯ ނުވަތަ ނޫންތޯ ވެސް ކޮމިޓީން ނިންމާނެ އެވެ.
ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ވަނީ އެއާ އިންޑިއާ ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް ހަލުވިކޮށްފަ އެވެ. ގައުމީ އެއާލައިން ޕްރައިވެޓައިޒް ކުރަން މީގެ ކުރިން ކުރި މަސައްކަތްތަކަށް ވަނީ އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިވެފަ އެވެ.
ޚިދުމަތުގެ ފެންވަރު ދަށްވުމާއި ފްލައިޓްތައް ކެންސަލްވުން ފަދަ ކަންކަން ދިމާވާތީ އެއާ އިންޑިއާގެ މަގްބޫލްކަން ވަނީ ކުޑަވެފަ އެވެ. އެތެރޭގެ އުދުހުންތަކުގައި އެއާ އިންޑިއާގެ މާކެޓް ހިއްސާ އަކީ 14.6 ޕަސެންޓެވެ. ނަމަވެސް ބައިނަލްއަގުވާމީ އެންމެ ބޮޑު މާކެޓެއް އަދި ވެސް އޮތީ އެއާ އިންޑިއާ އަށެވެ. އެ އެއާލައިނުން 41 ބޭރުގެ މަންޒިލަށް ދަތުރު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ސުޖާ
29 June 2017
މިގައުގަވެސް އެތޭރޭގެ އުދުންތަކުގެ ޓިކެޓު ބޭނުންއަގަކައް ވިއްކެނީ އިތުރު އެހެންބަކައް އެވިއަފާރި ތެރެޔައް ވަނުމުގެ ފުސަތުނެތީމަ، ޓުރިސްޓެއްގެ އަތުން ގަޑިއަކަވުރެ މަދު އުދުހުމަކައް ދެކޮޅު ޓިކެޓު 400 ޑޮލަރައްވުރެބޮޑު، ޔޫރަޕުގައުމަކުން ދިހަގަޑިއިރު އުއުދުހުމެއްގަ ރާއްޖެއައްއާދެވޭ 700 ޑޮލަރާ 460 ޑޮލަރާދެމެދު އަގެއްގަ!