ފަލަސްތީނުގެ ހަތަރު މީހުން ހަމަލާދީ މަރާލި އިޒްރޭލުގެ ދެމަފިރިން.
23 ޖޫން 2016 - 12:54
ގުދުސް (ޖޫން 23) - އިޒްރޭލުގެ ދެމަފިރިއަރު ހުޅަނގު އައްސޭރީގައި މަރާލި ފަލަސްތީނުގެ ހަތަރު މީހަކަށް އިޒްރޭލުގެ އަސްކަރީ ކޯޓަކުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އިޒްރޭލާއި ފަލަސްތީނުގެ މެދުގައި އެންމެ ފަހުން ހަމަނުޖެހުން އުފެދުމުގެ އަސްލަކީ އޮކްޓޯބަރު 1 ވަނަ ދުވަހު ދުއްވާ އެއްޗެއްގައި ދިޔަ ބަޔަކު ހަމަލާދީ އިޒްރޭލުގެ ދެމަފިރިން، އެ މީހުން ހަތަރު ދަރިންގެ ކުރިމަތީގައި މަރާލުމުންނެވެ. އިޒްރޭލުން ބުނެފައި ވަނީ ހަމަލާދީފައި ވަނީ ހަމާސް ޖަމާއަތުގެ ބައެއް ކަމަށެވެ. އެކަމަކު މި ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ފަތަހަ ޖަމާއަތަށް ނިސްބަތްވާ އަގްސާ މާޓިއާސް ބްރިގޭޑްސް އިންނެވެ. އޭގެ ފަހުން ދިން ހަމަލާތަކުގައި ވަނީ އިޒްރޭލުގެ 31 މީހުން މަރާލައިފަ އެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ 200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ.
އިޒްރޭލުން ބުނެފައި ވަނީ ދެމަފިރިން މަރާލާފާއި ވަނީ އެ މީހުން ވަގަށް ނަގަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށެވެ. މި ހަމަލާ އަށް ފަހު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޒްރޭލު މީހުންނަށް ހަމަލާދޭ ފަލަސްތީނު މީހުންނަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ ތެރޭގައި އިޒްރޭލު މީހުންނަށް ހަމަލާދޭ ފަލަސްތީނު މީހުންގެ ގެދޮރު ހަލާކު ކުރުން ވެސް ހިމެނެ އެވެ. އެންމެ ފަހުން ހުކުމް ކުރި ހަތަރު މީހުންގެ ގެ ވަނީ މިދިޔަ ނޮވެމްބަރު މަހު ތަޅާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީނާ
23 June 2016
އެހެންތަ. އެއީތަ ހަމަ ނުޖެހުން ހިގި ސަބަބަކީ،. ؟؟ އިޒްރޭލުން އެ ހިންގާ އުދުވާނުތައް ނުހުއްޓެނި ކީއްވެ އަދިވެސް..