އާއްމުންގެ ބަޔަކަށް އަނިޔާކުރި ސައުދީ ޕްރިންސް ހައްޔަރުކޮށްގެން ގެންދަނީ.
20 ޖުލައި 2017 - 16:07
ރިޔާޒް (ޖުލައި 20) - އާއްމު ރައްޔިތުންތަކަކަށް ހުތުރު ބަހުން މުއާމަލާތްކޮށް އަދި ޖިސްމާނީ އަނިޔާކުރި ސައުދީ ޝާހީ އާއިލާގެ މެންބަރަކު ރަސްގެފާން ސަލްމާންގެ އަމުރަށް ހައްޔަރުކޮށްފި އެވެ.
ސައުދީ ޕްރިންސް ސައުދު ބިން އަބްދުލް އަޒީޒް ބިން މުސައިދު ބިން ސައުދު ބިން އަބްދުލް އަޒީޒް އަލް ސައުދުގެ އަނިޔާވެރި އަމަލުތަކުގެ ވީޑިއޯ ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ސޯޝަލް މީޑިއާގައި ވަރަށް ހަލުވިކަމާ އެކު ދައުރުވާން ފަށައިފަ އެވެ. ސައުދީގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ރަސްގެފާނު ވަނީ އަނިޔާ ލިބުނު މީހުންގެ ހެކި ބަސް ނަގާ ނިމުމުން ނޫނީ ޕްރިންސް ދޫކޮށްނުލުމަށް އަންގަވައިފަ އެވެ.
ޕްރިންސް ބިރު ދައްކާ އަނިޔާކުރި މަންޒަރު ފެންނަ ވީޑިއޯގައި ތިބި ބައެއް މީހުންގެ ހެދުމުން ލޭ ވެސް ފެންނަން ހުއްޓެވެ. ކަޅު ޓީޝާޓެއް ލައިގެން ހުރި ޕްރިންސް ގޮނޑިއެއްގައި އިށީނދެ އިން މީހެއްގެ ގައިގައި ކޮޅުފައިން ޖަހާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ. އަނެއް ވީޑިއޯއެއްގައި ޕްރިންސްގެ ގޭ ކައިރީ ޕާކް ކުރި މީހަކަށް އަނިޔާކޮށްފައިވާ މަންޒަރު ފެނެ އެވެ. މީގެ އިތުރުން ޕްރިންސްގެ ރަހުމަތްތެރިން މަސްތުވެގެން އުޅޭ މަންޒަރު ވެސް ފެނެ އެވެ. ޕްރިންސްއާ އެކު ވަނީ އަނިޔާކުރުމުގައި ބައިވެރިވި އޭނާގެ ރަހުމަތްތެރިން ވެސް ހައްޔަރުކޮށްފަ އެވެ. ކޯޓުން އަންގައިގެން ނޫނީ މި އެންމެން ދޫނުކުރުމަށް ރަސްގެފާނުގެ އަމުރުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޑޫ ކުއްދާ
23 July 2017
ޙައްޔަރުކޮށްގެން އެއުޅެނީ ތިޔަ ވީޑިއޯއެއް އާއްމު ވީމަ އެހެން ނޫންނަމަ އަޅާވެސް ނުލާނެ
ސުމްބުލި
20 July 2017
ސާހީ މީހަކަސް އާޢިލާ މީހަކަސް ކުށެއްކޮށްފިއްޔާ ހައްޔަރުކޮށް އަދަބު ދޭންޖެހޭނެ
އަހުމަދު
20 July 2017
ޝާހީ ބޭފުޅުންގެ އަމަލުތައް މިހާހާމަކަންބޮޑުކޮށް ފެންނައިރު އަދި ނުފެންނަ ހާދަކަމެއް ހިނގާނެއޭދޯ. އިހައްދުވަހު މިސުރުގަ ޖުވާކުޅެގެންވެސް ތިއިން ޕްރިންސަކު 300 މިލިޔަންޑޮލަރާ 9 އަނބިން ދޫކޮށްލަންޖެހުުނު ވާހަކައެއްވެސް އެހިން. ކީކޭބުނާނީ.
މިހެންވާނެނަމަ
20 July 2017
ދިވެހި ވެރިންވެސް މިހެން ވާނެނަމަ ދޯ!
ސަތީޝް
20 July 2017
މިވަނީ އެހެން ނޫންތަ. ވެރިމީހާޔަށް ބޮޑުބޭބެ ކިޔާ މީހަކު އިއްޔެ އެހައްޔަރުކުރީ. ކޮންތާކުން މިވަރުގެ އިންސާފުވެެރި ވެެރިޔަކު ހޯދާނީ؟؟
Mishy
20 July 2017
ދެން ކީއްވެގެންނޯ ފާރިޝް މާފުށީ ޖަލަށް ބަދަލު ކުރީ.
ހަސަން
20 July 2017
މިހާރު އެބަ ކަމުދޭ!
ދެފުއް ކެހެރި
21 July 2017
ފާރިޝް މާފުށީ ޖަލަށް ބަދަލު ކުރީ ވަކީލް އެދިގެން ނޫން ތޯއެވެ؟ މައުމޫނު ހަމީދު ވިދާޅުވީ ދޫނިދޫ ޖަލަކީ ޖަލެއް ނޫން ކަމަށެވެ.