އީރާނުގެ ރައީސް ހަސަން ރޫހާނީ: ނިއުކްލިއާ އެއްބަސްވުމުން ވަކިވެދާނެކަމުގެ އިންޒާރު ދެއްވި. --ފޮޓޯ:ރޮއިޓާސް
15 އޯގަސްޓް 2017 - 14:21
ތެހެރާން (އޮގަސްޓް 15) - އެމެރިކާ އިން އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ގޮތުން އިތުރު އެއްވެސް ފިޔަވަޅެއް ދެން އަޅައިފި ނަމަ 2015 ވަނަ އަހަރު ގާއިމް ކުރި ނިއުކްލިއާ އެއްބަސްވުމުން ވަކިވާނެ ކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ހަސަން ރޫހާނީ ދެއްވައިފި އެވެ.
"އެމެރިކާ އިން ދެން އިތުރު ފިޔަވަޅެއް އަޅާތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި އީރާނުން ނިއުކްލިއާ އެއްބަސްވުން ދޫކޮށްލާނަން،" ޕާލަމެންޓުގެ ބައްދަލުވުމެއްގައި ރޫހާނީ މިއަދު ވިދާޅުވި އެވެ.
އީރާނުން ބުނީ އެމެރިކާ އިން ކުރިން ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅަމުން ދަނީ 2015 ވަނަ އަހަރު ޗއިނާ، އެމެރިކާ އަދި ރަޝިޔާއާ އެކު ގާއިމްކުރި އެއްބަސްވުމާ ޚިލާފަށް ކަމަށެވެ.
މިދިޔަ ޖުލައި މަހު އެމެރިކާ އިން ވަނީ އީރާނުގެ ހަ ކުންފުންޏަކާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެމެރިކާ އިން އެޅީ އދ. ގެ ގަރާރާ ޚިލާފަށް ބެލެސްޓިކް މިސައިލް ޓެސްޓްކޮށްފައިވާ ކަމަށް ބުނެ އެވެ. އީރާނުން ބުނެފައި ވަނީ އދ. ގެ ގަރާރާ ޚިލާފަށް މިސައިލް ޓެސްޓެއް ކޮށްފައި ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލޭއަލި
16 August 2017
ސުލްޙަ ޤާއިމް ކުރެވޭނީ އިޒްރޭލުގާ ހުރި ވަރަށް ވުރެ ގަދަ ނިއުކުލިއަރ ހަތިޔާރު އުފައްދައިގެން. އެކަން އޮތީ ޢިރާޤު މައްސަލައިން ސާފުވާން.
ސަޅިބައިސާ
16 August 2017
ޔަހޫންނާއި ނަޞާރާއިންގެ އަހުދުނާމާއަކީ ބިލާހެއްކަން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްމުއާ މެދު އެމީހުން ޢަމަލުކޮށްފައިވާ ގޮތުން ސާފުކޮށް އެއޮތީ ފެންނާށެވެ. ރޫހާނީ މެންވެސް މިކަންކަން ދެނެގަންނާނެ ކަމަށް ހީކުރަމެވެ. އަމިއްލަ ފައިމައްޗަށް ތެދުވަން އިރާނުގެ ސަރުކާރުން ތިއަކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަހެވެ.