ޗައިނާ ސަރުކާރުން ދިން އެހީގެ ބައެއް ތަކެތި ސަފީރު ހަވާލުކޮށްދެނީ.
22 އޯގަސްޓް 2017 - 19:03
ކޮލަމްބޯ (އޮގަސްޓް 22) - ކުރިއަށް އޮތް 15 އަހަރު ތެރޭ ސިންގަޕޫރާ އެއް ފެންވަރަށް ސްރީ ލަންކާ ގެންދިއުމަށް ކުރާ މަސައްކަތަށް ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމަށް ޗައިނާގެ ސަފީރު ޔީ ޒިއަންލިއަން ވިދާޅުވެއްޖެ އެވެ.
ޓަންގާލޭގެ ސްކޫލެއްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ސަފީރު ޔީ ވިދާޅުވީ ލަންކާ އަކީ ޗައިނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި ދެ ގައުމުގެ މި ގުޅުން އޮންނަތާ 70 އަހަރު ވެއްޖެ ކަމަށެވެ. ސަފީރު ވަނީ ލަންކާގެ އިންފްރާސްޓްރަކްޗާ މަސައްކަތްތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ޗައިނާ އިން އެހީވެދީފައިވާކަން ފާހަގަ ކުރައްވައިފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ލަންކާގެ ތަރައްގީ އަށް އެހީވެދޭނެ ކަމަށް ވިދާޅުވި އެވެ.
"ލަންކާގެ ތަރައްގީގައި ރައްޔިތުން ވެސް ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭ،" ސަފީރު ޔީ ވިދާޅުވި އެވެ.
ލަންކާގައި ޓެކްނޮލޮޖީ ޔުނިވާސިޓީއެއް ގާއިމްކުރުމަށް ޗައިނާ އިން އެހީވާނެ ކަމަށް ޔީ ވިދާޅުވި އެވެ. މި ގޮތުން ޗައިނާ-ސްރީ ލަންކާ ފްރެންޑްޝިޕް ފައުންޑޭޝަނުގެ ދަށުން 13،00 ސްކޮލާޝިޕް ލަންކާ އަށް ދީފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ސްކޮލާޝިޕުގެ އަދަދު 2،000 އަށް އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަންކާގެ ސްޓޭޓް މިނިސްޓާ އޮފް ފިޝަރީޒް ދިލިޕް ވެދާރަޗީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް ޗައިނާގެ އެހީގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯބޯ
23 August 2017
ކޮބާ ފެނޭތޯ.... އެތަނުގެ އެންޑީޕީ އެކަމާ ޗުއްޕުވެސް ނުބުނޭ
ސޮކްތެރެޕީ
23 August 2017
މިރާއްޖެވެސް ތަރައްގީ ވަނީ ޗައިނާގެ ސަބަބުބް ﷲއިރާދަކުރެއްވީއާ މިއައްވުރެވެސް ޗައިނާއާ ގުޅުން ބަދަހިވާނެ ކުރިއަތްތާގައްވެސް އިންޑިއާގުޅިގެން މިރާއްޖެ ތަރައްގީ ނުވާނެ ނަޝީދު ކިތަމްމެ ޖޭވިއަސް.
އަލިބެ
23 August 2017
ހުވާކުރި ދުވަހު ރ. ޕަކުސަރ ބުނީ ތިމަންނާ ޚާރިޖީގުޅުން ބާއްވާނީ ގައުމުތަކަށް ހަމަހަމަ އަށޭޭ. މިހާރު ތިޔަދަނީ އޭރު ދެއްކި ހުރިހާ ވާހަކަަކެއް ނުދައްކާ ވާހަކައަށް ވެގެން. ތަރައްޤީ ކުރެވޭނީ ބޮޑެތި ގައުމުތަކާ ގުޅުން ބަދަހިކޮށްގެން. އިންޑިޔާ އަކަށް އެހީއެއް ނުދެވޭނެ. އެއަށްވުރެ މާ ފަގީރު ގައުމެއް އެއީ.
ރަދީފް އެންޑް ރަފައިދާ
22 August 2017
އެއީ ޗައިނާއަށް ދަރަނި އުމުރަށް ދައްކާގޮތަށް.
ސަޅިބައިސާ
22 August 2017
ކޮބާ ސިރިސޭނާ މަސްކާށި ކެވިއްޖެތަ؟ ޗައިނާއާނުލާ ތަމެންނަށް މިއަދު ރަނގަޅަށް ނޭވާވެސް ނުލެވޭނެ. ރާޖަޕަކްސާއާ ދިމާއަށް ވަގަށް ދިގަށް ގޮވާފަ ހަމަ ތިއަހިނގަނީ ރާޖަޕަކްސަ ހިނގިމަގުން.