ފަލަސްތީނުގެ އާއިލާ ގެއިން ނެރެލުމާ އެކު ޔަހޫދިން ވަނީ އެ ގެއަށް ވެރިވެގެންފައި. --ފޮޓޯ:އޭއެފްޕީ
06 ސެޕްޓެމްބަރ 2017 - 23:57
ގުދުސް (ސެޕްޓެމްބަރު 6) - ބައި ގަރުނަށް ވުރެ ގިނަ ދުވަހު ފަލަސްތީނުގެ އާއިލާއެއް އިރުމަތީ ގުދުސްގައި ދިރިއުޅުނު ގެއިން އިޒްރޭލް ފުލުހުން ވަދެ ގަދަބާރުން ބޭރުކޮށްލައިފި އެވެ.
ފަލަސްތީނުގެ ޝަމަސްނާހު އާއިލާ ގެއިން ނެރެލީ އެ ގޭގެ ވެރި ފަރާތަކީ އެ މީހުން ނޫން ކަމާއި އެ ގޭގެ އަސްލު ވަޒަން ވެރިންނަކީ ޔަހޫދީންގެ ބައެއް ކަމަށް އިޒްރޭލުގެ ކޯޓުން ނިންމުމާ ގުޅިގެންނެވެ. އިޒްރޭލުގެ ގާނޫނު ބުނާ ގޮތުން އިރުމަތީ ގުދުސް އަށް ޖޯޑަން ސިފައިން އަރާ 1948 ވަނަ އަަހަރު އެ ތަން ހިފުމުގެ ކުރިން އިރުމަތީ ގުދުސްގައި ޔަހޫދީން ދިރިއުޅުނު ގެތަކަކީ އެ މީހުންގެ ތަންތަނެވެ. އިޒްރޭލް ސިފައިން 1967 ވަނަ އަހަރު ވަނީ އިރުމަތީ ގުދުސް އަލުން ހިފައިފަ އެވެ.
އިރުމަތީ ގުދުސްގެ ޝެއިޚް ޖަރާހު އަވަށުން ޝަމަސްނާހު އާއިލާގެ ހަ މެންބަރުން ގެއިން ނެރެލުމާ އެކު ޔަހޫދީން ވަނީ އެ ގެއަށް ވެރިވެގެންފަ އެވެ. ގެއިން ނެރެލި ފަލަސްތީނު މީހުންގެ ތެރޭގައި އުމުރުން 80 އަހަރުގެ މީހަކު ވެސް ހިމެނެ އެވެ.
"މިއަށް ވުރެ ބޮޑު ބޭއިންސާފެއް އޮންނާނެތަ؟ ފާތިމާ ޝަމަސްނާހު، 75، އޭއެފްޕީ އަށް ބުންޏެވެ. "ފަހަރެއްގައި އަހަރެމެން މަގުމަތީގައި ވެސް ނިދަން ޖެހިދާނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮކްތެރެޕީ
07 September 2017
މިހެންވަނީ ސައުދީ ވެރިކަން ހިމާޔައްކުރަން އުޅޭތީ ސައުދީ ރަސްކަލުންނަކީ އެމެރިކާގެ ޕަޕެޓުން.
އަދީބު
07 September 2017
ޔަހޫދީން އުފަން ވުމުގެ ކުރިން އެ ބިންތަކަކީ ކޮން ބައެއްގެ ބިންތަކެއްތޯ ބަލައި ތިޔަ ކޯޓުން ހުކުމް ކުރަން ކެރޭނެތޯ؟