މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ ގައުމާ މުޚާތަބް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
19 ސެޕްޓެމްބަރ 2017 - 16:02
ލަންޑަން (ސެޕްޓެމްބަރު 19) - މިއަންމާގެ ރަކީން ސްޓޭޓުގައި މުސްލިމުންނަށް އެ ގައުމުގެ ސިފައިން ބޮޑެތި އަނިޔާތައް ދޭ އިރު ވެސް ގައުމުގައި މާބޮޑު ކަމެއް ނެތް ކަމަށް ދެއްކުމަށް ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ މިއަދު ދެއްވި ބަޔާނަށް އެމްނެސްޓީ އިންޓަނޭޝަނަލުން ވަރަށް ހަރުކަށިކޮށް ފާޑު ކިޔައިފި އެވެ.
ގައުމީ ޓީވީ މެދުވެރިކޮށް ސޫކީ ދެއްވި ބަޔާނުގައި ސިފައިންގެ ޖަރީމާތައް ކުށްވެރި ކުރައްވައިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެކަމަނާ ވިދާޅުވީ ރަކީން ދޫކޮށް ހުރިހާ މުސްލިމުން ނުދާ ކަމަށާއި އޭގެ މާނައަކީ އެ ސްޓޭޓުގައި މާބޮޑު ހަމަނުޖެހުމެއް ނެތްކަން ކަމަށެވެ. އަދި އެ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ގޮތުން އަމާޒުކުރާ ފާޑުކިޔުންތަކަށް ޖެހިލުން ނުވާ ކަމަށް ވެސް އިނގިރޭސި ބަހުން ދެއްވި ބަޔާނުގައި ސޫކީ ވިދާޅުވި އެވެ. އެކަމަނާ ވަނީ އިންސާނިއްޔަތާ ޚިލާފު އަމަލެއް ހިންގި ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަން ސަން ސޫކީ އާއި އެކަމަނާގެ ސަރުކާރުން މިއަދު އެ ވަނީ ރަކީން ސްޓޭޓުގައި ހިންގަމުން ގެންދާ ބިރުވެރި އަމަލުތަކާ މެދު 'ވެލިގަނޑަށް ބޯ ބާނަމުންދާކަން' އިތުރަށް ހާމަކޮށްދީފައި. ތަގްރީރު ބިނާ ކުރެއްވީ ހަގީގަތާ ޚިލާފު ވާހަކަތަކާއި އަނިޔާ ލިބޭ މީހުން ބަދުނާމު ކުރުމުގެ މައްޗަށް،" އެމްނެސްޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން ޖަރީމާތައް ހިންގަމުން ދިޔަ އިރު މިއޮތްހާ ދުވަހު ހިމޭނުން ހުންނެވޭތީ އެމްނެސްޓީން ވަނީ ސޫކީ އަށް ފާޑު ކިޔައިފަ އެވެ. ބައިންއަގުވާމީ އޮބްޒާވަރުން މިއަންމާ އަށް ދިއުމަށް ސޫކީ ދެއްވި ދައުވަތަށް ވެސް އެމްނެސްޓީން ވަނީ ފާޑު ކިޔައިފަ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތުން ވަނީ މިއަންމާ ސަރުކާރުން ކަންކަން ފޮރުވަން ބޭނުން ނޫން ނަމަ އދ.ގެ ފެކްޓް ފައިންޑިން މިޝަނަށް ހުރަސް އަޅަންވީ ކީއްވެތޯ ސުވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންމަތީ
20 September 2017
އެމެނެސްޓީއަކީ ޤައުމުތަކުގައި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރާ ބައެއް، އެމީހުންނަކަށް އިތުބާރެއް ނުކުރެވޭނެ، އެއްވެސް ދީނެއް ޤަބޫލު ނުކުރާ ބަޔަކު ކިހިނެއް ރަގަޅުވާނީ، އަމިއްލަ އެދުމުގައި ނޫންތޯ އެމީހުން އަވަދިނެތިވެ އުޅޭނީ، މުސްލިމުންގެ ކަންކަމުގައި ވަރަށް ފިނި ޖަވާބު މެނުވީ ނުދޭ ބައެއްމިއީ.
ހަކީދަރި
20 September 2017
ސޫކީ އެކޭ ޔާމީނެކޭ ތަފާތެނެއް. 00
ސޮކްތެރެޕީ
20 September 2017
ސޫކީ އެކޭ ނަޝީދެކޭ ތަފާތެނެއް.
ބޯއީ
19 September 2017
އެމްނެސްޓީ ކަހަލަ އެންޖީއޯތަކަކީ ވަކިމީހަކުވީމަ ތަފާތުކުރާނެ ބައެއްނޫން! އުސޫލުތައް ޤަބޫލުކުރާނީ، ކޮންމެ ދީނަކަސް، ތަފާތު ނަސްލަކަސް އަނިޔާ ލިބެންޏާ އެކަންކަން ހާމަކޮށް ސަމާލުކަމަށް ގެންނާނެ!
އެމްނެސްޓީ
19 September 2017
އެމްނެސްޓީ އެބަ ރަނގަޅުވޭ