ސައުދީ ރަސްގެފާން ސަލްމާން މަތިންދާ ބޯޓުން ފައިބައިވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
05 އޮކްޓޯބަރ 2017 - 17:51
މޮސްކޯ (އޮކްޓޯބަރު 5) - ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ރަޝިޔާ އަށް ރޭ ވަޑައިގެން، މަތިންދާ ބޯޓުން ފައިބައިވަޑައިގަންނަވަން އާއްމުކޮށް ރަސްގެފާން ބޭނުން ކުރައްވާ ކަރަންޓް ސިޑި ވަކި ހިސާބަކުން ހުއްޓިއްޖެ އެވެ.
މޮސްކޯގެ ވުނުކޯފް-2 އެއާޕޯޓުގައި 81 އަހަރުގެ ރަސްގެފާން ދަތުރުކުރެއްވި ސައުދީ އެއާލައިންސްގެ ޚާއްސަ މަތިންދާ ބޯޓު ޖެއްސުމާ އެކު ކަރަންޓް ސިޑިން ރަސްގެފާން ފައިބައިވަޑައިގެން މެދަކާ ހިސާބުން ސިޑި ހުއްޓުނެވެ. އެ ވަގުތު ކުޑަ އިރުކޮޅަކު ރަސްގެފާން މަޑުކުރެއްވި އެވެ. ދެން ހެދުންކޮޅު ރަނގަޅު ކުރެއްވުމަށް ފަހު އެންމެ ފަހުން ޖެހިވަޑައިގަތީ ހިންގަވާފައި ސިޑިން ފައިބައި ވަޑައިގަންނަވާށެވެ. އޭރު ރަސްގެފާނަށް އެހީތެރިވާން އަރިހުގައި މީހުން ތިއްބެވެ.
ސަލްމާން ރަސްގެފާން ބޯޓުން ފައިބައިވަޑައިގަތުމާ އެކު އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ ރަޝިޔާގެ ބޮޑު ވަޒީރުގެ ނައިބް ދިމިތުރީ ރޮގޮޒިން އެވެ.
ރަޝިޔާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ސަލްމާން ރަސްގެފާން ވަޑައިގެންނެވީ ހާހަކަށް ވުރެ ގިނަ މީހުންގެ ބޮޑު ވަފުދަކާ އެކު އެވެ. ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކު ސަލްމާން ރަސްގެފާން މަޝްވަރާ ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި ސައުދީ އަށް ހަތިޔާރު ވިއްކުން ހިމެނެ އެވެ. ހަތިޔާރު އެއްބަސްވުން ތިން ބިލިއަން ޑޮލަރަށް އަރާ ކަމަށްވެ އެވެ.
ރަޝިޔާގެ އެޖާނީ މިނިސްޓަރު އެލެގްޒެންޑާ ނޮވަކް ޓާސް ނިއުސް އެޖެންސީ އަށް ވިދާޅުވީ ރަޝިޔާގައި އެއް ބިލިއަން ޑޮލަރުގެ ހަކަތައިގެ މަޝްރޫއަކަށް އިންވެސްޓް ކުރަން ސައުދީން ޝައުގުވެރިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަލަލް އިކުރަމް
07 October 2017
ކަރަންޓު ސިޑިއަށްވެސް އެނގޭ އެއީ ސަޢޫދީ ރަސްގެފާނުކަން. އަދަބާއެކު އިޙްތިރާމް އަދާކުރަން ޖެހޭނެކަން. ނުކޮށްފިއްޔާ ސިޑިއަށް ޖެހޭނީ މުއަދަތެއްނެތް ގޮތަށް މަޑުކޮށްލަން ނޫނީ ޖަލަށްދާން. ބެލެވެނީ އެހެން ހުއްޓިލީ ކަމަށް
މުސާފިރު ޚާނާ
07 October 2017
ކަރަންޓް ސިޑި ހުއްޓުނީ ރަސްގެފާނަށް އަދަބު އިޙްތިރާމް އަދާކުރުމުގެ ގޮތުން ނުހިގަންވެގެން.
ސަޅިބައިސާ
06 October 2017
އަބަދުވެސް ހަތިއާރުގަތުން. އެހެންކަމެއް ނެތް. އެމެރިކާއިން ސަތޭކަ އެތައް ބިލިއަން ޑޮލަރެއްގެ ހަތިއާރު. ރަސިޔާއިން އެހާވަރަށް. ކީއްކުރާނީ ދައްކަވަންހުރި ތަނެއް ދައްކަވާފަ ގެންދަވާނީ. ތިއަ ހަތިއާރުތައްވެސް ގެންގޮސް އޮއްސާލާނީ ޔަމަނުގެ ނޫނީ ސޫރިއާގެ ނޫނީ ކޮންމެވެސް މުސްލިމު އެހެން ގައުމަކަށް.
ހެހެ
07 October 2017
ސޫރިޔާގަޔާއި ޔަމަނުގައި ބޮން އަޅަނީ ޝިއީން ބޮލަކަށްނު. މަ ހީކުރީ އެއީ މުސްލިމުން ނޫންކަމަށް. އެހެންވީމަ އޯކޭ ވާނެކަމަށް.
ބިއްލޫރިއެއާޕޯޓު
06 October 2017
މަވެސް ވަރައްބޭނުން ކުޅުދުއްފުށި އެއާޕޮޓައް ފައިބަން ތީގެ ސިޑިޔެއް ޔާމިނު އެދަނީ 3 ވަނަ އެއާޕޯޓު އަޅަން ތައްޔާރުވަމުން މިހާރު އެކަމައް ބަލިވެއިންތާ 4 އަހަރު ވެއްޖެ 2018 ވިހަންވާއިރައް ރަސްގެފާނު ތީގެ ބޯޓެއް ދީބަލަ
ގޮއިތަކުރު
06 October 2017
ސިޑިހުއްޓިގެންނުވާވަރުގެ މީހެއްކަން ސޑިއަނޭގުނު
އެންދެމޭ ބޭބެ
05 October 2017
ތި ސިޑީގެ ދުވަސް ތިދިޔައީ. ދެން ލާހިކެއް ނޫން ސަލާމަތް ވާކަށް.
ހުލާފަ
05 October 2017
ތިމީހުން ކީއްތަވާނީ މުސްލިމު ފަގީރު ގައުމުތަކަށް ބޮޑެތި އެހީވީޔާ... ލާރިމަތީ އުދުހޭ މީހުންވީޔާ....
ނުވޭތަ
07 October 2017
އެހީ ނުވޭތަ؟ ވޭ..
ދޮން އަލީ
05 October 2017
ޢަސްތާ ރަސްގެފާނު ސިޑިވެސް ހުއްޓުނީ ފާފު އަތޮޅު ޕްރޮޖެކްޓް ހުއްޓުން ގޮތައް.....
އެހެން
05 October 2017
އޭނަޔަށް ނޯމަމްކޮށް ފޭބުމަށް ގޮންޖެހުން ތަކެއް ހުރީތަ؟
އުދުހޭ
05 October 2017
މިއީވެސް ހަނދާންކޮށްދިނުމަކަށް ފުދޭ ކަމެއް. ކިތަންމެ ގިނަ ފައިސާއެއް ހުއްޓަސް ކަންކަން ނިންމަވާ މާތް ﷲ ގެ އަމުރުފުޅަކަށް ނުފިލޭނެ.