އިޒްރޭލުގެ ކުރީގެ ޚާރިޖީ ވަޒީރު ލިވްނީ.
04 ޖުލައި 2016 - 14:38
ގުދުސް (ޖުލައި 4) - ގާޒާގައި 2008-2009 އަށް ހިންގި އުދުވާނާ ގުޅިގެން އިޒްރޭލުގެ ކުރީގެ ޚާރިޖީ ވަޒީރު ޒިޕީ ލިވްނީއާ އިނގިރޭސި ވިލާތުގެ ފުލުހުން ސުވާލު ކުރަން އުޅުމުން އިޒްރޭލުން ރުޅިގަދަވެއްޖެ އެވެ.
އިޒްރޭލުގެ ޚާރިޖީ ވުޒާރާ އިން ބުނެފައި ވަނީ ލިވްނީއާ ސުވާލު ކުރަން އުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
މި މައްސަލަ ހޫނުވެފައި ވަނީ ލަންޑަނުގައި އޮންނަ ކޮންފަރެންސަކަށް ލިވްނީ ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށް ސްކޮޓްލެންޑް ޔާޑުގެ ވޯ ކްރައިމް ޔުނިޓުން ލިވްނީއާ ސުވާލު ކުރަން ހަމަޖެހިފައިވާ ކަމަށް އިޒްރޭލުގެ ނޫހަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ. ގާޒާގައި 2008-2009 އަށް އިޒްރޭލުން އުދުވާނު ހިންގި އިރު ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުންނެވީ ލިވްނީ އެވެ.
އިޒްރޭލުގެ ނޫހުން ބުނީ ލިވްނީއާ ސުވާލު ކުރާ މައްސަލާގައި ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން ހީނަރުވުމުން ފަހުން ވަނީ ސުވާލު ކުރަން ހުށަހެޅި ހުށަހެޅުން ކެންސަލްކޮށްފައި ކަމަށެވެ.
ގާޒާގައި އިޒްރޭލުން ހިންގި އުދުވާނުގައި ވަނީ ފަލަސްތީނުގެ 1،440 މީހުން ޝަހީދުކޮށްލައިފަ އެވެ. އިޒްރޭލުން މަރުވެފައި ވަނީ 13 މީހުންނެވެ. އުދުވާނުގައި ޚާރިޖީ ވަޒީރުގެ ރޯލާ ގުޅޭ ގޮތުން ފަލަސްތީނުގެ އެކްޓިވިސްޓަކު ހުށަހެޅި މައްސަލައަކާ ގުޅިގެން އިނގިރޭސި ވިލާތުގެ ކޯޓަކުން 2009 ވަނަ އަހަރު ވަނީ ލިވްނީ ހައްޔަރު ކުރަން އަމުރެއް ނެރެފަ އެވެ. އެ އަހަރު ވެސް ލިވްނީ އިނގިރޭސި ވިލާތަށް ކުރައްވަން އޮތް ދަތުރެއް ވަނީ ކެންސަލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔު
04 July 2016
މިހިރީ ދުނިޔެހިނގާގޮތް އެމީހުން ރުޅިގަދަވީމާ އެހުއްޓުވީ، އިންސާފު މީ ކޮންތާކުން ހޯދޭނެއެއްޗެއްބާ؟
ޗަކޮއި
04 July 2016
ދިވެހިންނަށް ރަނގަޅި އިނގިރޭސި އިންސާފެއްނު! އެވިލާތުން އިންސާފު ހޯދަން ނިކުމެ މިތިބީ.
އަލީ
04 July 2016
އިންސާފްލިބޭނީ ޔާމިން އަށް ވޯޓް ދިީމަ،،، ހެ ެހެ ެެހެހހަަސހަސހހެހްއެ