މިއަންމާގެ ރޮހިންޖާ ބަޔަކަށް ބަންގްލަދޭޝްގެ ކޭމްޕެއްގައި ފަރުވާ ދެނީ. --ފޮޓޯ:އޭއެފްޕީ
23 ނޮވެމްބަރ 2017 - 15:14
ނޭޕީޑޯ (ނޮވެމްބަރު 23) - ރޮހިންޖާ ރެފިއުޖީން އަނބުރާ ރަކީން ސްޓޭޓަށް ގެންދިއުމަށް ބަންގްލަދޭޝް އާއި މިއަންމާ އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެއްބަސްވުމާ ބެހޭ އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ. މިއަންމާގެ ވެރިރަށުގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ބަންގްލަދޭޝް އިން ބުނެފައި ވަނީ "މިއީ ފުރަތަމަ ފިޔަވަޅު" ކަމަށެވެ. މިއަންމާ އިން ބުނެފައި ވަނީ ވީހާ ވެސް އަވަހަކަށް ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދާނެ ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް މިއަންމާ އަށް ވަޑައިގެންނެވި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރާ މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ މިއަދު ވަނީ ބައްދަލު ކުރައްވައިފަ އެވެ.
އެހީދޭ އެޖެންސީތަކުން ބުނެފައިވާ ގޮތުގައި ރެފިއުޖީން އަނބުރާ ރަކީން ސްޓޭޓަށް ދިޔަ ނަމަވެސް އެމީހުންގެ ސަލާމަތާ މެދު ގެރެންޓީއެއް ނެތެވެ.
އޮގަސްޓް މަހު ފަހުކޮޅު ރަކީން ސްޓޭޓުގައި ހަމަނުޖެހުންތައް ހިންގަން ފެށި ފަހުން ބަންގްލަދޭޝް އަށް ދިޔަ ރޮހިންޖާ ރެފިއުޖީންގެ އަދަދު ވަނީ ހަ ލައްކަ އަށް އަރައިފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން އިއްޔެ ނެރުއްވި ބަޔާނެއްގައި ވަނީ ރޮހިންޖާ މީހުންގެ ނަސްލު ނެތިކޮށްލަން މިއަންމާ ސިފައިން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާރަދުން
23 November 2017
ގެންދެވިގެން ނޫނީ އަތުލައިގަނެވިގެން ނައްތާލެވޭނީ އަތްދަށުން ދޫވި އެއްްޗެއް