އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ. --ފޮޓޯ:އޭޕީ
10 ޖެނުއަރީ 2018 - 14:42
ތެހެރާން (ޖެނުއަރީ 10) - އީރާން ސަރުކާރާ ދެކޮޅަށް ހަމަނުޖެހުން ހިންގުމުގެ ފަހަތުގައި ވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތް ކަމަށް ތުހުމަތުކޮށް، އެ ގައުމުތަކުގެ ކިބައިން ބަދަލު ހިފާނެކަމުގެ އިންޒާރު އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ދެއްވައިފި އެވެ.
އީރާނުން ބުނެފައި ވަނީ ސަރުކާރު ވައްޓާލަން ހަމަނުޖެހުން ހިންގުމުގެ ފަހަތުގައި ވަނީ ބޭރުގެ ގައުމުތައްކަން އަންގައިދޭ ވަރުގަދަ ހެކިތައް އެބަހުރި ކަމަށެވެ.
"އެމެރިކާގެ އޮފިޝަލުންނަށް އެންމެ ފުރަތަމަ ކަމަކަށް އެނގެން ޖެހޭނެ އެ މީހުންގެ މަގްސަދު ހާސިލެއް ނުވިކަން. ދެ ވަނަ ކަމަކަށް އެ މީހުން ވަނީ އީރާނަށް ގެއްލުން ދޭން މިފަހުން މަސައްކަތް ކޮށްފައި. އަދި އެމެރިކާ އަށް އެނގެން ޖެހޭނެ އެއީ އަދަބު ނުލިބި ނުދާނެ ކަމެއްކަން،" ޚާމަނާއީ ޓްވީޓް ކުރައްވާފައިވެ އެވެ. "އީރާނުގެ އިސްލާމީ ދައުލަތް ވައްޓާލަން އިނގިރޭސި ވިލާތާއި އެމެރިކާ އިން ކުރި މަސައްކަތް މި ވަނީ ފޭލްވެފައި. ދެން ވެސް ވާނީ ފެއިލް."
އީރާން ސަރުކާރާ ދެކޮޅު ހަމަނުޖެހުންތައް ފުރަތަމަ ފެށިގެން އައީ މިދިޔަ މަހު 28 ވަނަ ދުވަހު މަޝްހަދު ސިޓީންނެވެ. ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 22 މީހުން މަރުވެފަ އެވެ. އަދި 3،700 މީހުން ވަނީ ހައްޔަރުކޮށްފައި ކަމަށް ޕާލަމެންޓުގެ މެންބަރަކު ވިދާޅުވި އެވެ.
ހަމަނުޖެހުންތަކުގެ އަޑީގައިވާ ކަމަށް އީރާނުގެ އޮފިޝަލުން ތުހުމަތު ކުރަނީ އެމެރިކާގެ ސީއައިއޭ އާއި އިޒްރޭލުގެ މޮސާޑް ކަމަށެވެ. އަދި އެ އޮޕަރޭޝަނަށް ފަންޑުކޮށްފައި ވަނީ ސައުދީ އަރަބިއާ އިން ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. އެކަމަކު ސީއައިއޭގެ ޑިރެކްޓަރު މައިކް ޕޮމްޕިއޯ ވިދާޅުވީ އީރާނުގެ ހަމަނުޖެހުންތަކުގެ އަޑީގައިވާ ކަމަށް ބުނާ ބުނުންތަކަކީ ދޮގެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިބައިސާ
11 January 2018
ޙަޤީޤީ މުސްލިމުން ތިބޭނީ މިގޮތަށް. ޣައިރު މުސްލިމުންގެ ކުރިމަތީ ކުޑަކަކުލެއް ނުޖަހާނެ. ޢަރަބިވެރިން ތިބޭހެން ޔަހޫދީންނަށް ވިކަފައެއް ނުތިބޭނެ.
ޖީމް
11 January 2018
ތި ބުނުއްވީ ހަމަ ހެޔޮކޮށް !
ރަބަރު
10 January 2018
ސީއައިއޭ އަކީ ކަންތައް ސިއްރުން ކޮށްފައި ފުރަތަމަ އެކަން ދޮގުކުރާބައެކެވެ. އެކަމަކު އަހަރުތަކެއްފަހުން ފަޚުރުވެރިވެފައި އެވާހަކަ ދައްކާ އެކަމަށް އިޢުތިރާފުވާ ބައެކެވެ.