ޕާކިސްތާނުގައި ރޭޕްކޮށް މަރާލި ކުޑަ ކުއްޖާ ޒައިނަބުގެ ބައްޕަ އަންސާރީ.
12 ޖެނުއަރީ 2018 - 21:17
އިސްލާމްއާބާދު (ޖެނުއަރީ 12) - އުމުރުން އެންމެ އަށް އަހަރުގެ ޕާކިސްތާނުގެ ޒައިނަބް އަންސާރީ ރޭޕްކޮށް މަރާލުމާ ގުޅިގެން އެ ކުއްޖާގެ ބައްޕަ އަމީން އަންސާރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިއްޖެ އެވެ.
ޒައިނަބުގެ ހަށިގަނޑު އަންގަރާ ދުވަހު ފެނިފައި ވަނީ ކުނިގޮނޑަކުންނެވެ. ޒައިނަބުގެ ހަށިގަނޑު ފެނުނު އިރު އެ ކުއްޖާ ގެއްލިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ރޭޕް ކުރުމަށް ފަހު ޒައިނަބް މަރާލާފައި ވަނީ ކަރުގައި ހިފައިގެންނެވެ.
ޒައިނަބުގެ ޕޯސްޓްމޯޓަމް ރިޕޯޓް ދައްކާ ގޮތުން އެ ކުއްޖާ އަށް ވަނީ ވަރަށް އަނިޔާކޮށްފަ އެވެ. ހަށިގަނޑަށާއި މޫނަށް އަނިޔާދީފައިވާ އިރު ކަނދުރާ މަތިން ކަށިގަނޑެއްގައި ވަނީ ރެނދުލައިފަ އެވެ.
ޒައިނަބް ގެއްލުނު އިރު އޭނާގެ ބައްޕަ އަންސާރީ ވަނީ އުމްރާއަކަށް ގޮހެވެ. އޭނާ ބުނީ ޒައިނަބް ގެއްލުމާ އެކު އެ ކުއްޖާ އަވަހަށް ހޯދުމުގެ މަސައްކަތް ފުލުހުން ފެށި ނަމަވެސް ޒައިނަބް ފެނުނީސް ކަމަށެވެ.
ޒައިނަބުގެ މަރާ ގުޅިގެން ކަސޫރް ސިޓީގައި ދަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ. ފުލުހުންގެ ވާޖިބު އަދާ ނުކުރާ ކަމަށް ބުނެ އިއްޔެ ވަނީ ސަރުކާރުގެ ބައެއް އިމާރާތްތަކަށް ގެއްލުން ދީފަ އެވެ.
ޕާކިސްތާނުގައި ރޭޕްކޮށް މަރާލި ކުޑަ ކުއްޖާ ޒައިނަބް އަންސާރީ.
ކަސޫރުގެ ފުލުހުން ބުނީ ވޭތުވެދިޔަ ދެ އަހަރު ތެރޭ މި ގޮތަށް 12 ކުއްޖަކު މަރާލާފައިވާ ކަމަށެވެ. މީގެ ތެރޭން ފަސް ކުއްޖެއްގެ މަރަށް ތުހުމަތު ކުރަނީ އެކެއްގެ މައްޗަށެވެ. އޭނާ ހޯދަން އެތައް ސަތޭކަ ފުލުހުންނެއް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ތުހުމަތު ކުރެވޭ 90 މީހެއްގެ ޑީއެންއޭ ސާމްޕަލް ވަނީ ނަގައިފަ އެވެ.
ޒައިނަބުގެ މަރާ ގުޅިގެން ހިންގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ ދެ މީހުން މަރުވެފަ އެވެ. ކަސޫރު ސިޓީގެ އިތުރުން ޕާކިސްތާނުގެ އެހެން ސިޓީތަކުގައި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. ފުލުހުންގެ އިތުރުން ސިފައިން ނުކުމެގެން ވެސް ޒައިނަބުގެ ގާތިލް ހޯދުމަށް ދަނީ ގޮވާލަމުންނެވެ.
ޕަންޖާބު ސަރުކާރުން މިހާރު ވަނީ ޒައިނަބުގެ ގާތިލް ހޯދަން މަގުފަހިވާ ފަދަ މައުލޫމާތެއް ދިން މީހަކަށް 10 މިލިއަން ރުޕީސް (90،000 ޑޮލަރު) ގެ އިނާމެއް ހުށަހަޅައިފަ އެވެ.
ޒައިނަބު ގެއްލިފައި ވަނީ ގުރުއާން ކްލާހަކަށް ދިޔަ މަގު މަތީގަ އެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ގެއާ ދެ ކިލޯ މީޓަރު ދުރުންނެވެ. ޒައިނަބުގެ އާއިލާ އިން ބުނެފައި ވަނީ އެ ކުއްޖާ ގެއްލިގެން ރިޕޯޓް ކުރި ނަމަވެސް އެ ކުއްޖާ ހޯދަން ފުލުހުން އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. ޒައިނަބު ދިޔަ މަގު އެނގޭ ސީސީޓީވީ ފުޓޭޖް ހޯދާފައި ވަނީ ތިމާގެ މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެ ފުޓޭޖުން ޒައިނަބް އަތުގައި ހިފައިގެން ފިރިހެނަކު ދާ މަންޒަރު ފެނެ އެވެ. އެ މީހާގެ ފޮޓޯ ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ރަޝީދު
13 January 2018
ތިހެންވާތީޥެޔޭ މަބުނަނީ، އަރަބިންނައް ލާރިކޮޅު ފޮނުވާފަ، ގޭގަ ކުޑަކުދިން ސަލާމަތުން ތިބިތޯ ބެލުން މާ ރަގަޅު ވާނެޔޭ!
ނާލީ
14 January 2018
ބަލަ ގަމާރުމީހާ... ޒައިނަބް ގެ މައިންބަފައިން ތިބީ ހައްޖުކުރަންގޮއްސަ.. ކާކަށް އިނގޭނީ މިކަހަލަ ކަމެއް ދިމާވާނޭކަމަށް.. މާދަމާ ކަލޭގެ ތިމާގެ މީހަކަށްވެސް މިކަހަލަ ކަމެއްޖެހިދާނެ. އޭރުންވެސް ބުނާތީ ކީއްކުރަން ކުރާ އަޅުކަމެއްހޭ... ގޭގައި ތިބޭށޭ ކައިކައިގެން ދަރިންނަށް ބަލަން... ބޯ ގޯސް...
ސަޅިބައިސާ
13 January 2018
އާއިލާއަށް ކެތްތެރިކަން ދެއްވާށި. ތިއަ ތަނުގަވެސް މިހާރު ރަނގަޅު މީހުނަށްވުރެ ނުބައި މީހުން ގިނަ. ދީންވެސް ފަސާދަކުރުމުގާ ތިއަތަނުގާ ވަނީ ހައްދުން ނެއްޓިފަ.
އިޙްސަ
13 January 2018
ތިކުއްޖާ ބަލަން ހަވާލުކުރި މީހުންގެ އިހުމާލު ވެސް އެބައޮތް. މަންމަ އަކާ ބައްޕައަކު ބަލަން ހަވާލުކުރި އަމާނާތެއްތީ. އެކަމަކު ކުލާހަކަށްދިޔައީ އެކަނިކަމަށް މިވަނީ.
ކުއްޖާ
13 January 2018
އެކުއްޖާ އެކަނި ތަނަކައް ދިޔައޭ ކިޔާފަ ބެހޭކައް ނުޖެހޭ މަރާލާކައް ނުޖެހޭ، ވަހުށީ ކަމުންގޮސް ހައްދުން ނައްޓާފަ،
ްަޒޒ
15 January 2018
އިހުމާލު އެބައޮތް. އެކަމަކު އެދަރިފުޅު ދިޔައީ އެކަނިއޭ ކިޔާފަ އިނގިލި ކުރިވެސް ޖައްސާ ނުލެވޭނެ..އެކަނި ދިޔައިމަ ލިބެންވީ އެހެންމީހުންގެ ހިމާޔަތް. އެކަން ކުރި މީހަކަށް ދެ ދުނިޔޭގެ އެންމެ ވޭން ދެނެވި އަޒާބު ދެއްވާތޯ ދުޢާ ކުރަން.
ދުންޏާ
12 January 2018
އެހާ ކުޑައިރު އެކަނިނުފޮނުވާންވީ އެހެންވެ
އެކަނި
13 January 2018
އެކަނި ފޮނުވުމަކީ މައްސަލައެއްް ނޫން، ނުޖެހޭނެ ގަޔައް އަތްލާކއް ބެހޭކައް މަރާލާކއް، މުސްކުޅި ފިރިހެނެނުން ކާފަރުކަމުން ގޮސް ހައްދުން ނައްޓާފަ
ޕިޝާވަރު
12 January 2018
ޕާކިސްތާނަކީ ނިކަން ފާޑެއްގެތަނެކެވެ.....ތިޔަ ތަނުގެ ކިބަޅި ފަރާތުގެ މަދަރުސާ ތަކުން ކިޔަވައިގެން އުޅޭ ބަޔަކު މިރާއްޖޭގަ ވެސް އެބަ އުޅޭ.
ސީރިއަސް
12 January 2018
ހައްދަވާ ގެންގުޅުއްވާ އިލާޚް އެ ޝައިތާނާ އެންމެނަށް ހާމަ ކުރަށްވާންދޭ.. ތި ޝައިތާނާ ހުރި ތަނަކުން އޭނާ މެރުމަށް ތާއީދު..
ކުޅަދު މަދު އަހުމަދު
13 January 2018
ވިޔަނުދިން ނަމަ މާރަނގަޅުވީސް.